ޔޫތު މުބާރާތުގައި ނިއު ރޭޑިއަންޓްގެ ކެޕްޓަނަކީ އީތަން

Jun 26, 2026, 5:32 PM
ކްލަބް ވެލެންސިއާ އަށް ކުޅުނު މެޗެއްގެ ތެރެއިން، އީތަން ބޯޅަ ފޮނުވާލަނީ.---- ފޮޓޯ: އިމޭޖަސް.އެމްވީ

ކްލަބް ވެލެންސިއާ އަށް ކުޅުނު މެޗެއްގެ ތެރެއިން، އީތަން ބޯޅަ ފޮނުވާލަނީ.---- ފޮޓޯ: އިމޭޖަސް.އެމްވީ

ފާއިތުވި ސީޒަނުގައި ކްލަބް ވެލެންސިއާގެ ކެޕްޓަންކަން ކުރި، 19 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ތަރި، އީތަން އިބްރާހިމް ޒަކީ، ކުރިއަށް އޮތް އެފްއޭއެމް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ކެޕްޓަނަކަށް ހަމަޖައްސައިފި އެވެ. 

ވެލެންސިއާ އިން ޔޫތު ޗެމްޕިއަންޝިޕްގައި ނުކުޅޭއިރު، އީތަން ފެންނާނީ ނިއުގެ ނޫ ޖޯޒީގަ އެވެ. 

ޒުވާން ގައުމީ ޓީމުތަކުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އީތަން އަކީ ފާއިތުވި ދެ ސީޒަނުގައި ވެސް ވެލެންސިއާ ސީނިއާ ޓީމުގެ ކުޅުންތެރިއެކެވެ. އީތަން ވަނީ ވެލެންސިއާ ސީނިއާ ޓީމުގައި ހިމެނުނު ސީޒަނުގަައި ރާއްޖޭގެ ފުޓްބޯޅައިގެ ރެކޯޑެއް ވެސް ހަދައިފަ އެވެ. އެއީ، 2023 ވަނަ އަހަރުގެ އޮގަސްޓް މަހު، ދިވެހި ޕްރިމިއާ ލީގުގައި، ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަތުން 2-1 އިން ކްލަބް ވެލެންސިއާ ބަލިވި މެޗުގައި ގޯލު ޖަހައިގެން، ޕްރިމިއާ ލީގުގައި ލަނޑެއް ޖެހި އެންމެ ހަގު ކުޅުންތެރިޔާގެ ރެކޯޑެވެ. 

ޒުވާން އުމުރުގައި އީތަން ވަނީ ބައިނަލްއަގުވާމީ ގިނަ ތަޖުރިބާތަކެއް ވެސް ހާސިލްކޮށްފަ އެވެ. އެ ގޮތުން، ލަންކާ އެކެޑަމީއެއް މެދުވެރިވެ އީތަން ވަނީ އިންގްލެންޑަށް ގޮސްފަ އެވެ. އަދި ތައިލެންޑުގެ ޔޫތު ޓީމަކާ އެކު ސްޕެއިނާއި ފްރާންސްގެ މުބާރާތްތަކެއްގައި ކުޅެފައިވެ އެވެ. އޭގެ އިތުރުން، ދުބާއީގައި ބޭއްވި އިންޓަ ކޮންޓިނެންޓަލް މުބާރާތުގައި ގައުމީ 13 އަހަރުން ދަށުގެ ޓީމުގައި ހިމެނިގެން އީތަން ވަނީ ދުނިޔޭގެ މަޝްހޫރު ޓީމުތަކާ ކުޅެފަ އެވެ. އޭގެ ތެރެއިން އީތަން އަށް ހާއްސަ ތަޖުރިބާ އަކީ އާސެނަލާ ދެކޮޅަށް ގައުމީ ޓީމު ކުޅުނު މެޗެވެ. އެ ދުވަހު ރާއްޖޭގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނީ އީތަން އެވެ.

ޕްރޮފެޝަނަލްކޮށް ފުޓްބޯޅައިގައި ކުރިއަށް ދިއުމުގެ ގޮތުން އާޖީލަކަށް ޕްރޮގްރާމްގައި ވެސް ބައިވެރިވި އީތަން ވަނީ 2019 ވަނަ އަހަރު ޓޫރިޒަމް ދުވަހު ބޭއްވި ކިޑްސް ފުޓްބޯލް ފިއެސްޓާގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނި ދުބާއީގައި ސްޕެއިނުގެ ކުރީގެ ޑިފެންޑަރު މިޝެލް ސަލްގާޑޯ ހިންގާ އެކެޑަމީގައި ތަމްރީން ހެދުމުގެ ފުރުސަތު ހޯދައިފަ އެވެ. އޭގެ ފަހުން 2019 ވަނަ އަހަރު ޑިސެމްބަރުގައި ޓީސީ އެކެޑަމީއާ އެކު ތައިލެންޑް އިންޓަނޭޝަނަލް ޔޫތު ކަޕްގައި ކުޅެ ރިހި މެޑަލް ހޯދި ޓީމުގައި ވެސް އީތަން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އަދި، ސްޕެއިނުގެ ދަ ނެކްސްޓް ޖެނެރޭޝަން ސްޕޯޓްސް (ޓީއެންޖީއެސް) އިން ކުރިއަށް ގެންދިޔަ ވާޗުއަލް ކޭމްޕްގެ ބެޗްގެ މަތީ ވަނައެއް ހޯދައި ސްޕެއިނަށް ޓްރެއިނިން ކޭމްޕެއް ދިއުމުގެ ފުރުސަތެއް ވެސް އީތަން ހޯދި އެވެ.

މި އަހަރުގެ މާޗް މަހު މާލޭގައި ކުޅުނު ސާފް 20 އަހަރުން ދަށުގެ ޓީމުގައި ވެސް އީތަން ވަނީ ހިމެނިފަ އެވެ. 

އެފްއޭއެމްގެ ޔޫތު ޗެމްޕިއަންޝިޕްގައި ވާދަކުރަނީ، ނިއުގެ އިތުރުން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ޓީސީ ސްޕޯޓްސް ކްލަބް، ކެޔޮދޫ، އޮޑި ސްޕޯޓްސް ކްލަބް އަދި، ބުރު ސްޕޯޓްސް ކްލަބް އެވެ. މުބާރާތް ފަށާނީ މާދަމާ ހަވީރު މާޒިޔާ އާއި ޓީސީ ކުޅޭ މެޗުންނެވެ. އަދި، މާދަމާރޭ ބުރު އާއި ކެޔޮދޫ ކުޅޭނެ އެވެ. އަދި، އާދިއްތަ ދުވަހުގެރޭ އޮޑި އާއި  ނިއު އިން ވާދަކުރާނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox