ޖަނގިޔާ ތެރެއިން ޑްރަގް ފެނުނު ޕީއެންސީގެ މެންބަރަކު އުމުރު ދުވަހުގެ ޖަލު އަދަބަކުން ސަލާމަތްކޮށްދީފި

Aug 2, 2026, 8:45 PM
ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފު:

ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފު:

ލައިގެން ހުރި ޖަނގިޔާގެ ތެރެއިން މަސްތުވާތަކެތި ފެނިގެން، ސާބިތުވެއްޖެ ނަމަ އުމުރު ދުވަހުގެ ޖަލު އަދަބެއް ލިބޭ ދައުވާއަކާ ކުރިމަތިލާންޖެހުނު ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ މެންބަރަކު ސަލާމަތްކޮށްދީފި އެވެ. 

އެއްވެސް އަދަބެއް ނުލިބޭނެކަން ޔަގީންވާނެ ގޮތަށް ހއ. ހޯރަފުށީ، އިރުދޯދި، އައިޝަތު ފަހުދާ މިދިޔަ ބުދަ ދުވަހު ސަލާމަތްވީ އޭނާގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފް އުފުލި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އަނބުރާ ގެންދިޔުމުންނެވެ. 

ޕީއެންސީގެ މެންބަރުންގެ ދަފުތަރުގައި މިއަދު ވެސް ނަން އޮތް ފަހުދާގެ މައްޗަށް އުފުލާފައި އޮތް ދައުވާ އަނބުރާ ގެންދިޔަ ސަބަބެއް ކަމަށް އައްބާސްގެ ފަރާތުން ލ. ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގައި ބުނީ، ފަހުދާގެ ޖަނގިޔާ ތެރެއިން ފެނުނު މަސްތުވާތަކެއްޗާ އެހެން މީހަކު ހަވާލުވުމެވެ. 

Advertisement

"އައިޝަތު ފަހުދާގެ މައްޗަށް ހުށަހަޅާފައި މި ވާ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އެ އޮފީހުން މުރާޖައު ކުރިއިރު، މި މައްސަލައިގައި ފެނުނު މަސްތުވާތަކެއްޗަށް މި މައްސަލައިގައި ދައުވާ ލިބޭ އިބްރާހިމް އިމާދު ޒިންމާނަގައި އޭނާގެ މައްޗަށް ދައުވާ ސާބިތުވާ ކަމަށް ހުކުމްކޮށްފައިވާތީ އާއި މައްސަލައިގައި ވަށައިގެންވާ ކަންކަމަށް ރިއާޔަތްކޮށް މި މައްސަލަ އިތުރަށް ކުރިއަށް ނުގެންދިއުމަށް އެ އޮފީހުން ނިންމާފައިވޭ،" އެ މައްސަލައިގައި ފޮނަދޫ ކޯޓުން ބުނެފައިވެ އެވެ. 

ފަހުދާގެ ޖަނގިޔާ ތެރެއިން ފެނުނު މަސްތުވާތަކެއްޗާ ހަވާލުވީ ނޮވެމްބަރު 18، 2024، ގައި ފަހުދާ ހައްޔަރު ކުރިއިރު އޭނާއާއެކު ހުރި އިމާދެވެ. އެ ދެ މީހުން ހައްޔަރު ކުރީ މަސްތުވާތަކެތި ވިއްކަމުންދާ ކަމުގެ މައުލޫމާތު ލިބިގެންނެވެ. ފަހުދާ ހައްޔަރުކޮށް ޕޮލިސް ސްޓޭޝަނަށް ގެންދިޔުމަށްފަހު ބަލައި ފާސް ކުރީ ކޯޓު އަމުރެއް ހޯދައިގެންނެވެ. 

މަސްތުވާތަކެތި ފެނުނީ ފަހުދާ ލައިގެން ހުރި ޖަނގިޔަލުގައި ހަރުކޮށްފައި އޮތް ސެނިޓަރީ ޕެޑުގެ މަތީގައި ޓޭޕު އޮޅާފައި އޮތް ޖޫސްޕެޓީ ކޮތަޅެއްގެ ތެރެއިންނެވެ. އެ ކޮތަޅުން 9.2 ގްރާމުގެ މަސްތުވާތަކެތި ފެނުނެވެ. ފެނުނީ ބާރުގަދަ އަދި ރާއްޖޭގައި ވަރަށް ގަދަޔަށް ބޭނުން ކުރާ ހެރޮއިން (ހަކުރު)  އެވެ. 

ގާނޫނުގައި ބުނެފައިވާ ގޮތުން އެމީހެއްގެ އަތުން ހަތަރު ގުރާމަށްވުރެ ގިނައިން ހެރޮއިން ފެނިއްޖެ ނަމަ އަދަބަކީ އުމުރަށް ޖަލަށްލުމާއެކު އެއް ލައްކަ ރުފިޔާ އާއި 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ. 

ފަހުދާގެ މައްޗަށް ދައުވާ އުފުލުށްފަހު އޭނާއާ ދެކޮޅަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަރަށް ގިނަ ހެކި ހުށަހެޅި އެވެ. އޭގެ ތެރޭގައި މުއްދަތު މަޖިލީހަށް ހާޒިރު ކުރުމުން ކުށަށް އިއުތިރާފުވެ ފަހުދާ ދީފައިވާ ބަޔާން ވެސް ހިމެނެ އެވެ. 

އެ ދައުވާ އަނބުރާ ގެންދަން ބޭނުންވާ ކަމަށް ޕީޖީ އޮފީހުން ބުނިއިރު، މަދަނީ މިންގަނޑުން އެ މައްސަލަ ކުރިއަށްގެންދެވޭނެ ކަމަށް ކޯޓުން އޮތީ ކަނޑައަޅަައިފަ އެވެ. އެގޮތަށް ކަނޑައެޅީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހުށަހެޅި ހެކިތަކާއި ގަރީނާތަކަށް ބެލުމަށްފަހު ކަމަށް ކޯޓުން ބުނެ އެވެ. 

މައްސަލަ އަނބުރާ ގެންދިޔައީ އިބްތިދާއީ އަޑުއެހުންތަކަށްފަހު މައްސަލައިގެ ޝަރީއަތް ފަށަން ގާތްވެފައި އޮއްވަ އެވެ. މައްސަލައިގެ އަޑުއެހުންތައް ފެށުމުގެ ކުރިން އެ މައްސަލައެއް އަނބުރާ ގެންދިޔުމުގެ ބާރު ޕްރޮސެކިއުޓާ ޖެނެރަލްއަށް ލިބެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox