ޕީއެންސީގެ ނައިބު ރައީސްގެ މަގާމަށް އަސްމާ އާއި މުންދު ވެސް ކުރިމަތިލައްވަން ނިންމަވައިފި

Aug 1, 2026, 9:56 PM
 ދެމައިން؛ މުހައްމަދު ހުސައިން ޝަރީފު އޭނާގެ މަންމަ އަސްމާ ރަޝީދު

ދެމައިން؛ މުހައްމަދު ހުސައިން ޝަރީފު އޭނާގެ މަންމަ އަސްމާ ރަޝީދު

ވެރިކަން ހިންގާ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނައިބު ރައީސްގެ މަގާމަށް، ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު އާއި އޭނާގެ ދަރިކަލުން، ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ކުރިމަތިލައްވައިފި އެވެ.

އަސްމާ ވާދަކުރައްވާކަން އިއުލާނު ކުރެއްވީ ޕީއެންސީގެ މަޖިލިސް މެންބަރުންގެ ވަޓްސްއެޕް ގްރޫޕުގަ އެވެ.

"މާތް اللهގެ ވާގިފުޅާއެކު، ކުރިއަށް އޮތް ކޮންގްރެސް ޕާޓީގެ މަތީ މަޖިލީހުން އިންތިހާބު ކުރާ ޕާޓީގެ ނައިބުރައީސުންގެ މަގާމަށް، އަޅުގަނޑު އަސްމާއްތަ (އަސްމާ ރަޝީދު) ކުރިމަތިލުމަށް ޤަސްތުކޮށް، ޕާޓީގެ މަތީ މަޖިލީހުގެ އެންމެހައި ލޮބުވެތި މެމްބަރުންގެ ތާޢީދަށް އެދެމުން، އެކަން އިއުލާން ކުރަމެވެ،" އަސްމާ ވިދާޅުވެފައިވެ އެވެ. 

މިހާރު ވެސް ޕީއެންސީގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި މުންދު ވެސް އެ  މަގާމަށް އަލުން ކުރިމަތިލައްވާކަން ވަނީ "އަދަދު" ނޫހަށް ކަށަވަރުކޮށްދެއްވައިފަ އެވެ.

މި އަހަރު ބާއްވާ ޕީއެންސީގެ ކޮންގްރެސްގައި ހަ ނައިބު ރައީސުން އިންތިޚާބުކުރާއިރު، މިހާތަނަށް ވާދަކުރައްވާނެކަން އިއުލާން ކުރެއްވި ބޭފުޅުންގެ އަދަދު ވަނީ 6 އަކަށް އަރައިފަ އެވެ.

ކެންޑިޑޭޓްމިހާރު ހުންނެވި މަގާމުއިތުރު ތަފްސީލު
އިބްރާހިމް ޝުޖާއުބާރަށު ދާއިރާގެ މެންބަރުއެންމެ ފުރަތަމަ ނަން އިއުލާން ކުރެއްވި ބޭފުޅާ. ރައީސް މުއިއްޒުގެ ތާއިދާއެކު ވާދަކުރައްވާ ކަމަށް ވިދާޅުވި. އަދި ސުޖާއުއަކީ މިހާރު ވެސް ޕާޓީގެ ނައިބު ރައީސެއް.
މުހައްމަދު ސައީދުއިކޮނޮމިކް މިނިސްޓަރުމިހާރު ވެސް ޕީއެންސީގެ ނައިބު ރައީސެއް. ރައީސް މުއިއްޒުގެ އިތުބާރާއެކު ވާދަކުރައްވަނީ
ފާތިމަތު ސައުދާނިލަންދޫ ދާއިރާގެ މެންބަރުރައީސް މުއިއްޒުގެ އެއްބަނޑު ކޮއްކޮ. މީގެކުރިން ސިޔާސީ ޕާޓީއެއްގެ އިސް މަގާމެއް އަދާކުރައްވާފައިނުވޭ
އަބްދުالله ރާފިއުޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރުހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި ޕީއެންސީ ކެމްޕޭން މެނޭޖަރުކަން ކުރެއްވި. އަދި މުއިއްޒުގެ ވަރަށް އަރިސް މިނިސްޓަރެއް
އަސްމާ ރަޝީދުމާފަންނު މެދު ދާއިރާގެ މެންބަރުވަޓްސްއެޕް ގްރޫޕް މެދުވެރިކޮށް ކެންޑިޑެސީ އިއުލާން ކުރެއްވި. ކުރިން ރައީސް މުއިއްޒުއާ މައްސަލަ ޖެހި، މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މުގައްރިރުކަމުން ވަކިކުރި. އަދި މުންދު އާއި ސަލްމާ ރަޝީދު ސަފީރު ކަމުން ވަކިކުރެއްވި. ނަމަވެސް ފަހުން ސަލްމާ ވަކިކުރި ކަމުގެ ސިޓީ އަނބުރާ ގެންނެވި. އަދި އަސްމާގެ އަރިހުން މައާފަށް ވެސް މުއިއްޒު އެދިވަޑައިގެންނެވި ކަމަށް މައުލޫމާތު ލިބިފައިވޭ
މުހައްމަދު ހުސައިން ޝަރީފްސަރުކާރުގެ ތަރުޖަމާނުއަސްމާ ރަޝީދުގެ ދަރިކަލުން، އަދި ޕީއެންސީގެ މިހާރު ވެސް ނައިބު ރައީސެއް

ޕީއެންސީގެ ނައިބު ރައީސުންގެ މަގާމަށް ޝުޖާއު، ސައީދު، ރާފިއު އަދި ސައުދާ ވާދަކުރައްވަނީ

ޕީއެންސީގެ ނައިބު ރައީސުންގެ މަގާމަށް އިބްރާހިމް ޝުޖާއު، މުހައްމަދު ސައީދު، ފާތިމަތު ސައުދާ އަދި އަބްދުالله ރާފިއު ވާދަކުރައްވާނެކަން ވަނީ އިއުލާންކުރައްވާފަ. މީގެ ތެރެއިން ޝުޖާއު އާއި ސައީދު މިހާރުވެސް އެ މަގާމުގައި ތިއްބެވިއިރު، ހަތަރު ބޭފުޅުންވެސް ވާދަކުރައްވަނީ ރައީސް މުއިއްޒުގެ ތާއިދާއެކު.

ޕީއެންސީގައި މިހާރު ތިއްބެވި ނައިބު ރައީސުންގެ ތެރެއިން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް، ކުރީގެ ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން، އަދި އެލްޖީއޭގެ ސީއީއޯ މުހައްމަދު ނިމާލް މިހާތަނަށް ކެންޑިޑެސީ އިއުލާން ކުރައްވާފައެއް ނުވެ އެވެ. ނައިބު ރައީސުންގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް ވެސް ހިމެނިވަޑައިގަންނަވައެވެ. ޕާޓީގެ ނައިބު ރައީސްގެ މަގާމަށް އަލުން ކުރިމަތި ލެއްވުމުގެ ޝައުގުވެރިކަމެއް އެމަނިކުފާނު އަދި ފާޅެއް ނުކުރައްވަ އެވެ.

ޕީއެންސީގެ ކޮންގްރެސް ބޭއްވުމަށް ތާވަލުކޮށްފައި ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ މެދުތެރޭގައެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox