އޭއެފްސީގެ ފުރުސަތު ރާއްޖޭން ލިބުނީ މާޒިޔާ އަށް އެކަނި

Apr 25, 2026, 12:07 AM
މާޒިޔާގެ ކެޕްޓަން ސަމޫހު (ސަމުއްޓެ) ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

މާޒިޔާގެ ކެޕްޓަން ސަމޫހު (ސަމުއްޓެ) ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

އޭއެފްސީން އަންނަ ސީޒަނަށް މެމްބަރު ގައުމުތަކަށް ކްލަބް ފުޓްބޯޅަ މުބާރާތްތަކުން ލިބޭ ޖާގަތައް ކަނޑައެޅިއިރު، ރާއްޖޭން ލިބޭ ހަމައެކަނި ޖާގަ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެެކްރިއޭޝަނަށް ލިބިއްޖެ އެވެ. 

މި ފަހަރު ވެސް މާޒިޔާ އިން ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދީ މެޗަކުން ބަލިނުވެ އެވެ. މިއީ، މާޒިޔާ އިން ޖެހިޖެހިގެން ލީގު ޗެމްޕިއަންކަން ހޯދި ފަސް ވަނަ ފަހަރެވެ. 

އޭއެފްސީން މިއަދު އާންމުކުރި ގައުމުތަކަށް އޭއެފްސީގެ ކްލަބް މުބާރާތްތަކުން ޖާގަ ލިބޭ މިންވަރަށް ބަލާއިރު، ދެކުނު އޭޝިއާ ސަރަަހައްދުން އިންޑިއާ އަށް އޭއެފްސީ ޗެމްޕިއަންސް ލީގު ޓޫ އިން ދެ ޖާގަ ލިބޭއިރު، އެއް ޖާގަ އަކީ ގްރޫޕް ސްޓޭޖުގެ ޖާގަ އެކެވެ. ދެން، އޮތް ޖާގަ އަކީ ކޮލިފައިން ބުރުގެ ޖާގަ އެކެވެ. 

ރާއްޖެ، ބަންގްލަދޭޝް، ބޫޓާން، ނޭޕާލް، ސްރީ ލަންކާ އަދި ޕާކިސްތާނަށް ފުރުސަތު ލިބެނީ ކޮންމެ ގައުމަކަށް އެއް ޖާގަ އެވެ. މި ހުރިހާ ޖާގަ އަކީ ވެސް އޭއެފްސީގެ ތިން ވަނަ ފަންތީ ކްލަބް ފުޓްބޯޅަ މުބާރާތް، އޭއެފްސީ ޗެލެންޖު ލީގުގެ ކޮލިފައިން ބުރުންނެވެ. 

މީގެ ކުރިންް، އޭއެފްސީ ކަޕްގައި ރާއްޖޭން ކުޅުނުއިރު، ލީގު ޗެމްޕިއަނަށް ގްރޫޕް ސްޓޭޖުގެ ސީދާ ޖާގައެއް، އަދި އެފްއޭ ކަޕް ޗެމްޕިއަން އަށް ކޮލިފައިން ޖާގައެއް ދިނެވެ. އެކަމަކު، އޭއެފްސީން ކްލަބް ފުޓްބޯޅަ މުބާރާތްތަކުގެ ފޯމެޓް ބަދަލުކުރި ފަހުން، ގައުމުތަކުގެ ލީގުތަކުގެ ފެންވަރާއި ކޯއެފިޝަންޓް ޕޮއިންޓް ސިސްޓަމަށް ބަލައި، ފުރުސަތު ދޭން ފެށި ފަހުން ރާއްޖެ އަށް ލިބެނީ އެންމެ ޖާގައެކެވެ. 

އޭއެފްސީ ޗެެލެންޖު ލީގު ފުރަތަމަ ބޭއްވި އަހަރު މާޒިޔާ އިން ވަނީ ގްރޫޕް ސްޓޭޖުގައި ކުޅެފަ އެވެ. އެއީ، ކުވެއިތުގައި ސެންޓްރަލައިޒްކޮށް ބޭއްވި ގްރޫޕް ބީގެ މެޗުތަކުގަ އެވެ. އެ ފަހަރު މާޒިޔާ ވަނީ ފުރަތަމަ މެޗުގައި، ތުރުކުމެނިސްތާން ޗެމްޕިއަން، އަދި އެ މުބާރާތުގެ ވެސް ފުރަތަމަ ތަށި އުފުލާލި ޓީމު، އަކްރަޑަގް އަތުން 2-1 އިން ބަލިވެފަ އެވެ. ދެ ވަަނަ   މެޗުގައި، ކުވެއިތުގެ އަލް އަރަބިއާ ބައްދަލުކޮށް މާޒިޔާ ބަލިވީ 2-0 އިންނެވެ. ގްރޫޕް ސްޓޭޖުގެ ތިން ވަނަ މެޗުގައި، ކިރްގިސްތާންގެ އަބްދީޝް އަތުން މާޒިޔާ ބަލިވީ 3-0 އިންނެވެ. 

މިދިޔަ އަހަރު މާޒިޔާ އިން ކުޅެން ޖެހުނީ ޕްލޭއޮފް ބުރުގަ އެވެ. މާލޭގައި އޮގަސްޓް މަހު ކުޅުނު ޕްލޭއޮފް މެޗުން، އަލް އަރާބި އަތުން މާޒިޔާ ބަލިވީ 4-0 އިންނެވެ. 

ބޫޓާނުގެ ލީގު ޗެމްޕިއަނުންގެ ގޮތުގައި އަންނަ އަހަރުގެ ޗެލެންޖު ލީގުން ފުރުސަތު ހޯދީ ޕަރޯ އެވެ. ލަންކާ އިން ލީގު ޗެމްޕިއަން ރިނޯން އިން ޗެލެންޖް ލީގަށް ދާއިރު، ޕާކިސްތާން، ބަންގްލަދޭޝް އަދި ނޭޕާލުން ދާނެ ޓީމެއް ޔަގީންނުވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox