ހަމްޕު 7 އަހަރަށް ފަހު މާޒިޔާ ދޫކޮށްލަން ނިންމައިފި

ހަމްޒާ މުހައްމަދު (ހަމްޕު): މާޒިޔާއާ އެކު ގިނަ ކާމިޔާބީތަކެއް ހޯދާފައިވާއިރު، އަންނަ ސީޒަނުގައި ފެންނާނީ އެހެން ޓީމަކުން.--- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް

ހަމްޒާ މުހައްމަދު (ހަމްޕު): މާޒިޔާއާ އެކު ގިނަ ކާމިޔާބީތަކެއް ހޯދާފައިވާއިރު، އަންނަ ސީޒަނުގައި ފެންނާނީ އެހެން ޓީމަކުން.--- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް

ފާއިތުވި ހަތް އަހަރު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ އެކު ގިނަ ކާމިޔާބީތަކެއް ހޯދި ގައުމީ ފުޓްބޯޅަ ޓީމުގެ ތަރި، ހަމްޒާ މުހައްމަދު (ހަމްޕު) އެ ކްލަބް ދޫކޮށްލަން ނިންމައިފި އެވެ. 

ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ޔޫތު ޓީމުން 2014 ވަނަ އަހަރު ވިދާލި ހަމްޕު، އެންމެ ފުރަތަމަ ޕްރެކްޓިހަށް ނުކުތީ މާޒިޔާ އަށެވެ. އެކަމަކު އެ ޓީމާ އެކު އެއްބަސްވުމެއް ނުހެދިގެން އުޅެނިކޮށް އޭނާ ސޮއިކުރީ ނިއު އަށެވެ. ނިއުއާ އެކު ދިގު މުއްދަތުގެ އެއްބަސްވުމެއްގައި ސޮއިކޮށް 2018 ވަނަ އަހަރުގެ ނިޔަލަށް، ފަސް އަހަރު ހަމްޕު ވަނީ ނިއު އަށް ކުޅެފަ އެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް އިން ހޮވި އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ހަމްޕު، މާޒިޔާ އަށް ސޮއިކުރީ، 2019 ވަނަ އަހަރު އެވެ. އެ ޓީމާ އެކު، ހަތަރު ފަހަރު ލީގު ޗެމްޕިއަންކަން ހޯދައި، އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަން ވެސް ހޯދި ހަމްޕު އަކީ، 2018 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕާއި މިދިޔަ އަހަރު ސައުތު އޭޝިއަން ސުޕަ ކަޕްގެ ޗެމްޕިއަންކަން ހޯދި ގައުމީ ފުޓްބޯޅަ ޓީމުގެ މުހިންމު ކުޅުންތެރިއެކެވެ. 

Advertisement

ހަމްޕު، 31، ބުނީ މާޒިޔާ ދޫކޮށްލުމަކީ ފަސޭހަ ނިންމުމެއް ނޫން ކަމަށާއި އެ ކްލަބަކީ އޭނާގެ "ސެކަންޑް ހޯމް" ކަމަށެެވެ. އަދި، މިހާރު އޭނާ ހުރި ހިސާބަށް ވާސިލްވުމަށްޓަކައި، މާޒިޔާ އަކީ މުހިންމު ގިނަ ކަންތައްތަކެއް ފަހިކޮށްދިން ކްލަބެއް ކަމަށް ހަމްޕު ވަނީ ބުނެފަ އެވެ.

"އެންމެ ފުރަަތަމަ ދުވަހުން ފެށިގެން މި ކްލަބުން އަހަންނާ މެދު ބެހެއްޓި ގާތްކަން ކޮންމެ ޕްރެކްޓިހެއް އަދި ކޮންމެ މެޗެއްގައި ވެސް ފެނިގެންދިޔަ. އަހަންނަށް މި ކްލަބްގައި އެހީތެރިވެދިން ކްލަބްގެ މެނޭޖްމަންޓާއި ކޯޗުންނާއި އެންމެނަށް ވެސް ވަރަށް ޝުކުރު އަދާކުރަން. ވަރަށް ގަޔާވެގެން މި ކްލަބްގެ ކޮންމެ މީހެއް ވެސް އަބަދުވެސް ކޮށްދެމުން އަންނަ ހިދުމަތަށް އަބަދުވެސް ޝުކުރުވެރިވާނަން،" ހަމްޕު ބުންޏެވެ. 

ފުޓްބޯޅައިގެ މަޝްހޫރު ރަށެއް ކަމަށްވާ، ބ. އޭދަފުށްޓަށް ނިސްބަތްވާ ހަމްޕު ބުނީ، މާޒިޔާގައި ހޭދަކުރި ވަގުތުތައް އަބަދަށް ވެސް ހަނދާނުގައި ހުންނާނެ ކަމަށެވެ. 

"މާޒިޔާ އަށް އަބަދުވެސް އަހަރެން ހިތުގައި ހާއްސަ ޖާގައެއް އޮންނާނެ،" ހަމްޕު ބުންޏެވެ. 

"މާޒިޔާ ދޫކޮށްލުމަކީ ފަސޭހަ ނިންމުމެއް ނޫން. އެކަމަކު، މި ކްލަބް ދޫކޮށްލަން ޖެހޭ މި ވަގުތުން ފެށިގެން އަބަދަށް ވެސް މި ކްލަބުން ދަސްވި ކަންކަމާ ބެހެއްޓި އެކުވެރިކަމާ އެ ހަނދާންތައް ތާ އަބަދަށް އަހަންނާ އެކު ވާނެ،" 

އަންނަ ސީޒަނުގައި ގުޅޭނެ ޓީމެއް ކަނޑައެޅުމަށްޓަކައި، ހަމްޕު އަންނަނީ ކްލަބްތަކާ މަޝްވަރާ ކުރަމުންނެވެ. 

 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox