ޗާގޯސްގެ މިލްކުވެރިކަމާ މެދު މުއިއްޒު މިހާރު ވިދާޅުވަނީ އޮތް ގޮތަށް ބޭއްވުމަކީ މައްސަލައެއް ނޫން ކަމަށް

މުހައްމަދު މުއިއްޒު: އެމަނިކުފާނު މިހާރު ވިދާޅުވަނީ ޗާގޯސް އޮތް ގޮތަށް ބޭއްވުމަކީ މައްސަލައެއް ނޫން ކަމަށް  ---

މުހައްމަދު މުއިއްޒު: އެމަނިކުފާނު މިހާރު ވިދާޅުވަނީ ޗާގޯސް އޮތް ގޮތަށް ބޭއްވުމަކީ މައްސަލައެއް ނޫން ކަމަށް ---

އިނގިރޭސިވިލާތާއި އެމެރިކާގެ އަސްކަރީ ބޭސްއެއްގެ ގޮތުގައި ބޭނުންކުރަމުންދާ ފޯޅަވަހި [ޗާގޯސް] ދިވެހިންނަށް ހޯދަން ވައުދުވެގެން ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު، މިހާރު ވެސް އޮތްގޮތަށް އެ ތަން ބޭއްވުމަކީ މައްސަލައެއް ނޫން ކަމަށް ރައީސް މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވެއްޖެ އެވެ. 

ޕީއެސްއެމްގެ "ނޭޝަން ޗެޓް" ޕްރޮގްރާމުގައި މުއިއްޒު ވިދާޅުވީ ކުރީ ޒަމާނުއްސުރެ ދިވެހިންގެ ތަނެއް ގޮތުގައި އޮތް ޗާގޯސް އެއްވެސް ބަޔަކަށް ދޭނަމަ އެންމެ ހައްގީ ރާއްޖެއަށް ދިނުން ކަމަށެވެ. ނަމަވެސް، މިހާރު އޮތް ގޮތަށް އެ ތަން ބޭއްވުން އެއީ މައްސަލައެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

"އެއްވެސް އެހެން ގައުމަކަށް އެތަން [ޗާގޯސް] ދޫކޮށްލާނަމަ އެތަން ދޫކޮށްލެވެން ޖެހޭނީ ދިވެހި ރައްޔިތުންނަށް، ދިވެހިރާއްޖެއަށޭ. އެއީ އެއްވެސް ޝައްކެއްވެސް އޮތް ކަމެއް ނޫނޭ. އެ ތަނަކީ ކުރީ ޒަމާނުގައި ދިވެހި ރައްޔިތުންގެ ތަނެކޭ. ދިވެހިރާއްޖޭގެ ސަރަހައްދުގެ ތެރޭގައި ހިމެނިފައި އޮތް ތަނެއްކަން އެއީ ފެންނަން އޮތް ހަގީގަތެއް،" މުއިއްޒު ވިދާޅުވި އެވެ. 

"އެހެންވީމަ ފޯޅަވެހި އެހެން ގައުމަކާ ހަވާލުކުރާ ކަމަށްވަންޏާ ހަވާލުކުރުން އެންމެ އައުލާކަން ބޮޑުވާނީ ރާއްޖެއާއޭ. އެހެން ނޫނިއްޔާ ދެން މިހާރު އޮތްގޮތަށް ކުރިއަށްދިޔުން އެއީ ދެން މައްސަލައެއް ނޫން."

މި ސަރުކާރުން ވެރިކަމަށް އައީ ޗޯގާސްގެ އިތުރުން ރާއްޖޭގެ ސަރަހައްދުން ގެއްލުނު ކަމަށް ބުނާ ކަނޑުގެ ބައި ހޯދުމުގެ ވައުދާއެކުގަ އެވެ. ނަމަވެސް ކުއްލިއަކަށް މުއިއްޒުގެ ރާގު ބަދަލުވެ ޗާގޯސް އޮތް ގޮތަށް ބޭއްވުން މައްސަލައަކަށް ނުވި ސަބަބެއް ނޭނގެ އެވެ. 

ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސް އަށް ލިބޭ ކަމަށް ބައިނަލްއަގްވާމީ ކޯޓުތަކުން ކަނޑައަޅާފައި އޮއްވައި އަދި މޮރިޝަސް އާއި ރާއްޖެއާދެމެެދު ކަނޑުގެ ބޯޑަރު ބަހާފައި އޮއްވައި، އެ ނިންމުމަށް އަމަލު ނުކުރައްވާނެ ކަމަށް ފެބްރުއަރީ 5، ގައި މުއިއްޒު ވަނީ އިއުލާން ކުރައްވާފަ އެވެ.

މުއިއްޒު ވިދާޅުވީ، ބައިނަލްއަގްވާމީ ކޯޓުން މޮރިޝަސްއަށް ދީފައިވާ ކަނޑުގެ ބަޔަކީީ ރާއްޖޭގެ ބައެއް ކަމަށެވެ. އަދި އެތަން ދިވެހި ސަރުކާރުން ބަލަހައްޓާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. ކަނޑުގެ އެ ސަރަހައްދުގެ ކޮންޓްރޯލް ނެގިކަން އޭގެ ފަހުން ދިވެހި ސިފައިން އޭރު އިއުލާންވެސް ކުރި އެވެ. 

މިކަމާ ގުޅިގެން މޮރިޝަސް އިން ވަނީ ރާއްޖެއާ އޮތް ހާރިޖީ ގުޅުން ކަނޑާލާފަ އެވެ. އެއާއެކު މުއިއްޒު ވަނީ މޮރިޝަސްގެ ރައީސް ދަރަމްބީރު ގޮކޫލްއަށް ކުޑައިމީސްކޮށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

"މޮރިޝަސް އިން ރާއްޖެއާ ސިޔާސީ ގުޅުން ކަނޑާލުމަކީ ވަރަށް ތާކުންތާކު ނުޖެހޭ ވަރަށް އިމެޗުއާ، ނައީވް ކަމެއް. އެ ނިންމުން އެހެން ނިންމުމަކުންނެއް ހަގީގަތް ބަދަލެއް ނުވޭ. ރާއްޖެއާ ސިޔާސީ ގުޅުން ކަނޑާލިޔަސް މޮރިޝަސްއަށް ހައްގު ނޫން ތަނެއް މޮރިޝަސްއަށް ހައްގެއް ނުވާނެ،" މުއިއްޒު ވިދާޅުވި އެވެ.

ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއާ ހަވާލު ކުރަން އިނގިރޭސިވިލާތުން ވަނީ މިދިޔަ އަހަރު އެއްބަސްވެފަ އެވެ. މޮރިޝަސް އިން ޗާގޯސްގެ ސިޔާދަތީ ބާރަށް ދައުވާ ކުރަނީ، އަސްކަރީ ބޭސް އަޅަން ޗާގޯސްގެ 2000 އެއްހާ މީހުން މޮރިޝަސްއަށް ފޮނުވާލީމަ އެވެ.

އިނގިރޭސިވިލާތުގެ ސިޔާދަތީ ބާރެއް ޗާގޯސްގައި ނޯންނާނެ ކަމަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އިން ވަނީ 2021 ވަނަ އަހަރު ކަނޑައަޅައިފަ އެވެ. އެއިރު، އިޓްލޮސް އިން ވަނީ ދެކުނުން ރާއްޖޭގެ ބޯޑަރު ވެސް ކަނޑައަޅައިފަ އެވެ.

ރާއްޖެއިން ޗާގޯސްއަށް ދައުވާ ކުރުމުގެ އަޑުތައް އިވެން ފެށީ އިޓްލޮސްގެ އަޑުއެހުންތައް ކުރިއަށްދަނިކޮށެވެ. ޗާގޯސްއަށް ރާއްޖެއިން ދައުވާ ކުރަނީ މީގެ ކުރިން ރާއްޖޭގެ ބައެއް ރަސްރަސްކަލުން ޗާގޯސްއަކީ ރާއްޖޭގެ ބައެއްގެ ގޮތުގައި ބައެއް ސިޓީތަކުގައި ލިޔުއްވާފައިވާތީ އެވެ.

އިނގިރޭސިވިލާތުން އެއްބަސްވީ މޮރިޝަސްއަށް ޗާގޯސްގެ ސިޔާދަތީ ބާރު ދިނުމަށްފަހު އަހަރަކަށް 100 މިލިއަން ޑޮލަރަށް އެ ތަން ކުއްޔަށް ހިފުމަށެވެ. އެ މައްސަލައިގެ ތެރެއަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވަދެވަޑައިގަތީ، މޮރިޝަސްއަށް ޗާގޯސް ދޭން އިނގިރޭސިން ހެދި ޑީލަށް އެމަނިކުފާނު ފާޑުވިދާޅުވުމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox