ޒިވާ، 200 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް އާ ކޮށްފި

Jul 29, 2026, 3:30 PM
ގައުމީ އެތުލެޓިކްސް މުބާރާތުގެ އިވެންޓެއްގެ ތެރެއިން ޒިވާ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ގައުމީ އެތުލެޓިކްސް މުބާރާތުގެ އިވެންޓެއްގެ ތެރެއިން ޒިވާ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ސްކޮޓްލެންޑުގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު ގޭމްސްގައި މިއަދު ވާދަކޮށް، ގައުމީ އެތުލެޓިކްސް ޓީމުގެ ޒިވާ މޫސާ ޝަފީއު، ރާއްޖޭގެ އަންހެނުންގެ 200 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް އާ ކޮށްފި އެވެ. 

މީގެ ކުރިން މި ރެކޯޑް އޮތީ 2022 ވަނަ އަހަރުގެ ގައުމި މުބާރާތުގެ 200 މީޓަރުގެ ރޭސް ކާމިޔާބުކުރި އައިޝަތު ހިމްނާ ހަސަން އަތުގަ އެވެ. ހިމްނާ އެ ފަހަރު ރެކޯޑް ހެދީ 24.90 ސިކުންތުން ރޭސް ނިންމައިގެންނެވެ. ހިމްނާ އަތުގައި ފާއިތުވި ހަތަރު ވަރަކަށް އަހަރު އޮތް މި ރެކޯޑް، ޒިވާ، އާ ކުރީ ކޮމަންވެލްތު ގޭމްސްގެ އަންހެނުންގެ 200 މީޓަރު އިވެންޓުގެ ހީޓު އެކެއްގަައި ވާދަކޮށެވެ. 

ޒިވާ، ރެކޯޑް އާ ކުރި ޓައިމިން އަކީ، 24.67 ސިކުންތުންނެވެ. ހީޓުގައި ހަތް އެތުލީޓުން ވާދަކުރަން އޮތްއިރު، ރޭހުގައި ވާދަކުރީ ހަ އެތުލީޓުންނެވެ. ޒިވާ، ފަސް ވަނަ އަށް ދިޔައިރު، އެއް ވަނަ ހޯދި ބްރިޓިޝް ވާޖިން އައިލެންޑުގެ ބިޔޯންސް ޑެފްރައިޓަަސްގެ ޓައިމިން އަކީ، 23.25 ސިކުންތެވެ. 

މިއަދުގެ އަންހެނުންގެ 200 މީޓަރު އިވެންޓުގައި ރާއްޖޭގެ އަހްނާ ނިޒާރު އާއި އައިމިނަތު ލަަޔާނާ ވާދަކުރި އެވެ. އަދި، ފިރިހެނުންގެ 200 މީޓަރު ހީޓުތަކުގައި ހަސަން ސާއިދު، ހުސެއިން ޒީކް ސުއާދު އަދި އާދަމް ރިއްފަތު ވެސް ވާދަކޮށްފައިވެ އެވެ. 

ދުއިސައްތަ މީޓަރު އިވެންޓުގައި އަހްނާ ވާދަކުރީ ހީޓު ހަތަރެއްގަ އެވެ. އަހްނާ ދިޔައީ، އަށް ދުވުންތެރިން ވާދަކުރަން އޮތް ހީޓުގެ ހަ ވަނަ އެވެ. އޭނާގެ ޓައިމިން އަކީ 24.75 ސިކުންތެވެ. މިއީ، އޭނާގެ މި އިވެންޓުގައި ޕާސަނަލް ބެސްޓް ޓައިމިން އެވެ. ހީޓު ފަހެއްގައި ވާދަކުރި ލަޔާނާގެ ޓައިމިން އަކީ 25.85 ސިކުންތެެވެ. އެ ހީޓުގެ ހަ ވަނައިގައި ނިންމި ލަޔާނާ އަށް ވެސް މިއީ، ޕާސަނަލް ބެސްޓް ޓައިމިން އެކެވެ.

ފިރިހެނުންގެ 200 މީޓަރު އިވެންޓަށް ބަލާއިރު، ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ، ހަސަން ސާއިދު ވަނީ ހީޓު އެކެއްގައި ވާދަކޮށް، 22.10 ސިކުންތުން ނިންމައި، އަށް ދުވުންތެރިން ވާދަކުރަން އޮތް މި ރޭހުގެ ހަތަރު ވަނަ ހޯދައިފަ އެވެ.

މި އިވެންޓުގެ ހީޓު ހަތެއްގައި ވާދަކުރި އާދަމް ރިއްފަތު ވަނީ 22.13 ސިކުންތުން ރޭސް ނިންމައިފަ އެވެ. ރިއްފަތަކީ، އެ ހީޓުގެ ހަތް ވަނަ އެވެ. އަދި، ހީޓު ނުވައެއްގައި، ހަތް ވަނަ ހޯދި ހުސެއިން ޒީކް ސުއާދުގެ ޓައިމިން އަކީ، 22.29 ސިކުންތެވެ.

ކޮމަންވެލްތު ގޭމްސްގައި ރާއްޖޭގެ އެތުލެޓިކްސް ގައުމީ ޓީމުގެ ކުރީގެ އިވެންޓްތަކަށް ބަލާއިރު، 400 މީޓަރު އިވެންްޓްތަކުގައި ރިއްފަތު، ޒީކް އަދި ލަޔާނާ ވާދަކުރިއިރު، 100 މީޓަރު އިވެންޓްތަކުގައި،، އައިޝަތު ޝަބާ ސަލީމް، ޒިވާ، އަހްނާ އަދި ސާއިދު ވަނީ ވާދަކޮށްފަ އެވެ. އަދި، ފަސޫހާ އަހުމަދު ވަނީ 800 މީޓަރު އިވެންޓްގައި ވާދަކޮށްފަ އެވެ. 

ފިރިހެނުންގެ 400 މީޓަރު އިވެންޓުގައި ހީޓު ދޭއްގައި ޒީކް ވާދަކުރިއިރު، ރިއްފަތު ވާދަކުރީ ހީޓު ތިނެއްގަ އެވެ. އެ ގޮތުން، ހީޓު ދޭއްގެ ހަތް ވަނައިގައި ނިންމި ޒީކްގެ ޓައިމިން އަކީ، 49.96 ސިކުންތެވެ. މިއީ،  މި އިވެންޓްގައި ވާދަކުރި ޖުމްލަ 46 އެތުލީޓުންނަށް ބަލާއިރު، 38 ވަނަ އެވެ. ރިއްފަތު ވަނީ ހީޓު ތިނެއްގެ ހަތް ވަނަ ހޯދައިފަ އެވެ. އެއީ، 50.94 ސިކުންތުން ނިންމައިގެންނެވެ. މިއީ، މި އިވެންޓްގެ މުޅި ޖުމްލަ 46އެތުލީޓުންގެ ތެެރެއިން 42 ވަނަ އެވެ. 

އެ ގޮތުން، އަންހެނުންގެ 400 މީޓަރު އިވެންޓުގެ ހީޓު ހަތަރެއްގައި ވާދަކޮށް ހަތް ވަނައިގައި ނިންމި ލަޔާނާގެ ޓައިމިން އަކީ 1 މިނިޓް 0.05 ސިކުންތެވެ. 

 ސާއިދު ވަނީ 100 މީޓަރުގެ އިވެންޓުގައި ހީޓު ނުވައެއްގެ ފަސް ވަނައިގައި 10.77 ސިކުންތުން ދުވެފަ އެވެ. މިއީ، މި އިވެންޓުގެ ހީޓުތަކުގައި ދުވި 77 ދުވުންތެރިންގެ ތެރެއިން 51 ވަނަ އެވެ.

އަންހެނުންގެ 100 މީޓަރު ރޭސްތަކުގެ ހީޓު އެކެއްގައި ރާއްޖޭގެ ޝަބާ ވާދަކުރިއިރު، ޓައިމިން އަކީ 12.59 ސިކުންތެވެ. މި އިވެންޓުގެ ހީޓުތަކުގައި ވާދަކުރި 52 އެތުލީޓުންގެ ތެރެއިން ޝަބާ  44 ވަނަ އަށް ދިޔައިރު، މިއީ، އޭނާގެ ސީޒަން ބެސްޓް ޓައިިމިން އެވެ. މި އިވެންޓުގެ ހީޓު ހަތަރެއްގައި ރާއްޖޭގެ ޒިވާ ވަނީ 12.09 ސިކުންތުން ދުވެ، މި ސީޒަނުގެ އެންމެ އަވަސް ޓައިމިން އެއް ހާސިލްކޮށްފަ އެވެ. ޒިވާގެ ޓައިމިން އަކީ މި އިވެންޓުގެ ޖުމްލަ ރޭންކިން އަށް ބަލާއިރު، 35 ވަނަ އެވެ. 

މި އިވެންޓުގައި އަހްނާ ވާދަކޮށް، 12.19 ސިކުންތުން ހީޓު 7 ގެ ރޭސް ނިންމިއިރު، މިއީ، އޭނާގެ ޕާސަނަލް ބެސްޓް ޓައިމިން އެވެ. އަދި، ޖުމްލަ ރޭންކިންގައި އޭނާ ވަނީ 37 ވަނަ ހާސިލްކޮށްފަ އެވެ.

އަންހެނުންގެ 800 މީޓަރު ދުވުމުގައި ފަސޫހާ ވާދަކޮށް ހީޓު ދޭއްގެ ހަތް ވަނައިގައި 2 މިނިޓް 19.86 ސިކުންތުގެ ޓައިމިން އަކާ އެކު ނިންމިއިރު، މިއީ އޭނާގެ ސީޒަނަލް ބެސްޓް ޓައިމިން އެވެ. އަދި، ޖުމްލަ މި އިވެންޓްގައި ވާދަކުރި 28 ދުވުންތެރިންގެ ތެރެއިން ފަސޫހާގެ ޓައިމިން އަށް ބަލާއިރު، އޭނާ އަކީ، 25 ވަނަ އެވެ.

 

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox