ކޮމަންވެލްތު ގޭމްސްގައި ރާއްޖެ އަށް އިތުރު ދެ ގައުމީ ރެކޯޑެއް

Jul 25, 2026, 11:48 PM
މި ފަަހަރުގެ ކޮމަންވެލްތު ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ތިން ފެތުންތެރިން ކަމަށްވާ ތަޒްކިޔާ، އާން އަދި މެރާލް: މި ތިން ފެތުންތެރިންގެ ތެރެއިން ދެން ވާދަކުރަނީ ރިހާން.--- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

މި ފަަހަރުގެ ކޮމަންވެލްތު ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ތިން ފެތުންތެރިން ކަމަށްވާ ތަޒްކިޔާ، އާން އަދި މެރާލް: މި ތިން ފެތުންތެރިންގެ ތެރެއިން ދެން ވާދަކުރަނީ ރިހާން.--- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

ސްކޮޓްލެންޑްގެ ގްލާސްގޯގައި މިހާރު ކުރިއަށްދާ 23 ވަނަ ކޮމަންވެލްތު ގޭމްސްގެ ދެ ވަނަ ދުވަހު، ކުރިއަށްދިޔަ އިވެންޓްތަކުގައި ރާއްޖޭގެ ގައުމީ ސްވިމިން ޓީމުން ދެ ގައުމީ ރެކޯޑެއް އާ ކޮށްފި އެވެ.

އެއީ، އަންހެނުންގެ 200 މީޓަރު ފްރީސްޓައިލް އިވެންޓްގައި ވާދަކުރި މެރާލް އައިން ލަތީފް އާއި ހަތަރެއް ގުނަ 100 މީޓަރު ފްރީ ސްޓައިލް އިވެންޓްގައި ވާދަކުރި މިކްސް ރިލޭ ޓީމުންނެވެ.ކޮމަންވެލްތު ގޭމްސްގައި ވާދަކުރާ ރާއްޖޭގެ މިކްސް ރިލޭ ޓީމުގައި މެރާލްގެ އިތުރުން ހިމެނެނީ މުހައްމަދު އާން ހުސެއިން އާއި މުހައްމަަދު ރިހާން ޝިހާމް އަދި އަމްނާ ތަޒްކިޔާ މިރުސާދު އެވެ.

މީގެ ކުރިން މި ފަހަރުގެ ކޮމަންވެލްތު ގޭމްސްގައި އާން ވަނީ، 50 މީޓަރު ބެކްސްޓްރޯކް އިވެންޓުގައި ވާދަކޮށް ގައުމީ ރެކޯޑް އާ ކޮށްފަ އެެވެ.  އަދި، ލޫތު މުހައްމަދު ހުސެއިން ވަނީ، 100 މީޓަރު ބްރެސްޓްރޯކް އިވެންޓުގައި ވާދަކޮށް ގައުމީ ރެކޯޑް ހަދައިފަ އެވެ. 

ބައިނަލްއަގުވާމީ މުބާރާތެއްގެ އިވެންޓްގައި ރިހާން ވާދަކުރަނީ.
ބައިނަލްއަގުވާމީ މުބާރާތެއްގެ އިވެންޓްގައި ރިހާން ވާދަކުރަނީ.

ކޮމަންވެލްތު ގޭމްސްގެ ސްވިމިންގެ ދެ ވަނަ ދުވަހު، 200 މީޓަރު ފްރީސްޓައިލް އިވެންޓްގައި ވާދަކުރި މެރާލް ވަނީ ހީޓު އެކެެއްގެ ފަސް ވަނަ ހޯދައިފަ އެވެ. އެއީ، 2 މިނިޓް 25.08 ސިކުންތުން ނިންމައިގެންނެވެ. މިއީ ފާއިތުވި 10 އަހަރު އާ ނުކުރެވި އޮތް ރެކޯޑެކެވެ. އެންމެ ފަހުން، މި ރެކޯޑް ހެދީ 2016 ވަނަ އަހަރު ތައިލެންޑުގެ ސްޕީޑޯ އޭޖް ގްރޫޕް ސްވިިމިން ޗެމްޕިއަންޝިޕްގައި، 2 މިނިޓް 25.32 ސިކުންތުން ރޭސް ނިންމައިގެންެނެވެ.

މިކްސް ރިލޭ އިވެންޓްގައި ރާއްޖޭގެ ޓީމުގެ ޓައިމިން އަކީ، 4 މިނިޓް 00.64 ސިކުންތެވެ. މި އިވެންޓްގައި ރާއްޖެ ދިޔައީ ހަ ވަނަ އެވެ. އެންމެ ފަހުން، މިކްސް ރިލޭގެ މި އިވެންޓުން ރެކޯޑް ހަދާފައިވަނީ، މިދިޔަ އަހަރު ކުރިއަށްދިޔަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްގަ އެވެ. އާން، ތަކްޒިޔާ، މެރާލް އަދި ރިހާން ހިމެނުނު ރިލޭ ޓީމުން އެ ފަހަރު ރެކޯޑް ހެދި ޓައިމިން އަކީ، 4 މިނިޓް 04.21 ސިކުންތުންނެވެ.

ސްވިިމިންގައި މިއަދު، ރާއްޖޭގެ އާން ވަނީ، ފިރިހެނުންގެ 50 މީޓަރު ފްރީ ސްޓައިލް އިވެންޓްގައި ވާދަކޮށްފަ އެވެ. ޖުމްލަ އަށް އެތުލީޓުން ހިމެނުނު މި ހީޓުގައި އާން ދިޔައީ ފަސް ވަނަ އެވެ ޓައިމިން އަކީ، 24.59 ސިކުންތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox