ކޮމަންވެލްތު ގޭމްސްގައި ރާއްޖޭގެ ފެތުންތެރިންނަށް ޖުމްލަ 12 ގައުމީ ރެކޯޑެއް

Jul 28, 2026, 8:04 PM
މި ފަހަރުގެ ކޮމަންވެލްތު ގޭމްސްގެ އިވެންޓެއްގެ ތެރެއިން ރިހާން ފަތަނީ.

މި ފަހަރުގެ ކޮމަންވެލްތު ގޭމްސްގެ އިވެންޓެއްގެ ތެރެއިން ރިހާން ފަތަނީ.

ސްކޮޓްލެންޑްގެ ގްލާސްގޯގައި މިހާރު ކުރިއަށްދާ  ކޮމަންވެލްތު ގޭމްސްގެ ސްވިމިން ހުރިހާ އިވެންޓެއް ނިމިފައިވާއިރު، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ގައުމީ ފެތުންތެރިން ޖުމްލަ އެކު، 12 ގައުމީ ރެކޯޑެއް އާ ކޮށްފި އެވެ.

ކޮމަންވެލްތު ގޭމްސްގައި ރާއްޖޭން ސްވިމިންގެ އިތުރުން ވާދަކުރަނީ އެތުލެޓިކްސްގަ އެވެ. 

މި ފަހަރުގެ ކޮމަންވެލްތު ގޭމްސްގައި، ސްވިމިން އިން ވާދަކުރާ ގައުމީ ފެތުންތެރިންނަކީ، އަމްނާ ތަޒްކިޔާ މިރުސާދު (ތަޒްކީ)، މެރާލް އައިން ލަތީފް، މުހައްމަދު ރިހާން ޝިހާމް، ލޫތު މުހައްމަދު ހުސެއިން އަދި މުހައްމަދު އާން ހުސެއިން އެެވެ.

މީގެ ތެރެއިން، ތަޒްކީ ވަނީ ހަތަރު ގައުމީ ރެކޯޑެއް އާ ކޮށްފަ އެެވެ. ލޫތު އާއި ރިހާން، ކޮންމެ ފެތުންތެރިއަކު ދެ ރެކޯޑެއް ގައުމީ ހެދިއިރު، މިކްސް ރިލޭ އިވެންޓުގެ ދެ ރެކޯޑެއްގެ އިތުރުން، އާން އަދި މެރާލް ވެސް ވަނީ ރެކޯޑެއް އާ ކޮށްފަ އެވެ. 

ސްވިމިން އިވެންޓްތަކުގައި މިއަދު ރާއްޖޭގެ ފެތުންތެރިން ހަތަރު ގައުމީ ރެކޯޑެއް އާ ކުރި އެވެ.

އެ ގޮތުން، އާ ކުރި ރެކޯޑްތަކަށް ބަލާއިރު، ފިރިހެނުންގެ 400 މީޓަރު އިންޑިވިޖުއަލް މެޑްލީ ރެކޯޑް ރިހާން ވަނީ އާ ކޮށްފަ އެވެ. ރިހާން މި ފަހަރުގެ ގޭމްސްގައި ކުރިން އާ ކުރީ 200 މީޓަރު ބަޓަފްލައި އިވެންޓުގެ ގައުމީ ރެކޯޑް އެވެ.

ފިރިހެނުންގެ 400 މީޓަރު އިންޑިވިޖުއަލް މެޑްލީ އިވެންޓުގައި ރިހާން ރެކޯޑް އާ ކުރީ، 5 މިނިޓް 09.68 ސިކުންތުން ރޭސް ނިންމައިގެންނެވެ. ކުރިން ރިހާން މި ރެކޯޑް ހޯލްޑް ކުރީ މި އަހަރުގެ ބަހުރޭން އަކުއަޓިކްސް ކަޕްގައި 5 މިނިޓް 11.03 ސިިކުންތުން ރޭސް ނިންމައިގެންނެވެ.

ހަތަރެއް ގުނަ 100 މީޓަރު މިކްސްޑް ރިލޭ އިވެންޓުގައި ވާދަކުރި ތަޒްކީ، ލޫތު، ރިހާން އަދި މެރާލް، ގައުމީ ރެކޯޑް އާ ކުރި ޓައިމިން އަކީ، 4 މިނިޓް 31.16 ސިކުންތުންނެވެ. މީގެ ކުރިން، 22 ވަނަ ވޯލްޑް އަކުއަޓިކްސް ޗެމްޕިއަންޝިޕްގައި، ތަޒްކީ، އާން، ރިހާން އަދި މެރާލް މި އިވެންޓް ނިންމި ޓައިމިން އަކީ، 4 މިނިޓް 40.23 ސިކުންތުންނެވެ.

އަންހެނުންގެ 50 މީޓަރު ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯޑް، ތަޒްކީ އާކުރިއިރު، ހަތަރެއް ގުނަ 100 މީޓަރުގެ މިކްސްޑް މެޑްލީ ރިލޭ އިވެންޓްގެ ގައުމީ ރެކޯޑް ވަނީ އާ ކޮށްފަ އެވެ. ރިލޭ ޓީމުގައި ހިމެނެނީ، ތަޒްކީ، ލޫތު، ރިހާން އަދި މެރާލް އެވެ.

މި ރިލޭގެ ފުރަތަމަ ލެގުގައި ފަތައިގެން، ތަޒްކީ ވަނީ އަންހެނުންގެ 100 މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑް އާ ކޮށްފަ އެވެ.

ފެތުމުގެ އިވެންޓެއްގެ ތެރެއިން ތަޒްކީ: މި ފަހަރުގެ ކޮމަންވެލްތު ގޭމްސްގައި ހަތަރު ގައުމީ ރެކޯޑެއް އާ ކުރި
ފެތުމުގެ އިވެންޓެއްގެ ތެރެއިން ތަޒްކީ: މި ފަހަރުގެ ކޮމަންވެލްތު ގޭމްސްގައި ހަތަރު ގައުމީ ރެކޯޑެއް އާ ކުރި

ތަޒްކީ، 50 މީޓަރުގެ ފްރީސްޓައިލް ރެކޯޑް އާ ކުރި ޓައިމިން އަކީ، 27.99 ސިކުންތެވެ. މީގެ ކުރިން، އޭއޯއެސްއައި މުބާރާތުގައި ތަޒްކީ އެ ރެކޯޑް ހަދާފައި އޮތް ޓައިމިން އަކީ، 28.49 ސިކުންތުންނެވެ. މިކްސްޑް ރިލޭ އިވެންޓުގެ ފުރަތަމަ ލެގުގައި ފަތައި، ތަޒްކީ 100 މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ރެކޯޑް ހެދި ޓައިމިން އަކީ، 1 މިނިޓް 11.26 ސިކުންތުންނެވެ. މީގެ ކުރިން 22 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްގައި މި އިވެންޓުގައި ވާދަކޮށް ތަަޒްކީ ރެކޯޑް ހެދި ޓައިމިން އަކީ، 1 މިނިޓް 13.49 ސިކުންތެވެ.

މި ފަހަރުގެ ކޮމަންވެލުތު ގޭމްސްގައި، ތަޒްކީ ކުރިންް އާ ކުރީ، 100 މީޓަރާއި 50 މީޓަރު ފްރީ ސްޓައިލް އިވެންޓުގެ ގައުމީ ރެކޯޑްތަކެވެ.

ރާއްޖޭގެ އެހެން ފެތުންތެރިންނަށް ބަލާއިރު، މެރާލް ވަނީ، ކޮމަންވެލްތު ގޭމްސްގައި އަންހެނުންގެ 200 މީޓަރު ފްރީސްޓައިލްް އިވެންޓުގައި ރެކޯޑް އާ ކޮށްފަ އެވެ. އާން، 50 މީޓަރު ބެކްސްޓްރޯކް އިވެންޓުގައި ރެކޯޑް އާ ކުރިއިރު، ލޫތު ވަނީ 50 މީޓަރާއި 100 މީޓަރު ބްރެސްޓްސްޓްރޯކްގެ ގައުމީ ރެކޯޑް އާ ކޮށްފަ އެވެ.  އަދި، ހަތަރެއް ގުނަ 100 މީޓަރު ފްރީސްޓައިލް އިވެންޓުގައި ވާދަކުރި މިކްސް ރިލޭ ޓީމުން ވެސް ރެކޯޑް ހެދި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox