ލޫތު އާއި އާން އަށް ކޮމަންވެލްތު ގޭމްސްގައި ގައުމީ ރެކޯޑެއް

Jul 25, 2026, 5:57 AM
ގައުމީ ފެތުންތެރިން ކަމަށްވާ ލޫތު އާއި އާން

ގައުމީ ފެތުންތެރިން ކަމަށްވާ ލޫތު އާއި އާން

ސްކޮޓްލެންޑްގެ ގްލާސްގޯގައި އިއްޔެ ފެށި 23 ވަނަ ކޮމަންވެލްތު ގޭމްސްގެ އިވެންޓްތައް ފަށައި ފުރަތަމަ ދުވަހު ކުރިއަށްދިޔަ، ފެތުމުގެ އިވެންޓްތަކުގައި، ގައުމީ ސްވިމިން ޓީމުގެ ދެ ފެތުންތެރިން ކަމަށްވާ ލޫތު މުހައްމަދު ހުސެއިން އާއި މުހައްމަދު އާން ހުސެއިން، ވާދަކުރި އިވެންޓްތަކުން ގައުމީ ރެކޯޑަކާ އެކު ނިންމާލައިފި އެވެ

ސީނިއާ ފެތުންތެރިއެއްގެ ގޮތުގައި ގިނަ ކުރިއެރުންތަކެއް ހޯދަމުން އަންނަ، އާން ވާދަކޮށްފައިވަނީ، 50 މީޓަރު ބެކްސްޓްރޯކް އިވެންޓުގަ އެވެ. އެ އިވެންޓްގައި ވާދަކޮށް އާން، އިވެންޓް ނިންމާފައިވަނީ، 29.18 ސިކުންތުންނެވެ. މިއީ، މި އިވެންޓަށް ބަލާއިރު، ރާއްޖޭގެ ގައުމީ ރެކޯޑެކެވެ. އިވެންޓުގެ ހީޓު ދޭއްގައި ވާދަކޮށް އާން ދިޔައީ ފަސް ވަނަ އެވެ.

މި އިވެންޓްގެ ގައުމީ ރެކޯޑް އެންމެ ފަހުން ވެސް އޮތީ އާން އަތުގަ އެވެ. އެެއީ، މީގެ ދެ އަހަރު ކުރިން، 2024 ވަނަ އަހަރު ކުރިއަށްދިޔަ 11 ވަނަ އޭޝިއަން އޭޖް ގްރޫޕް އަކުއަޓިކްސް ޗެމްޕިއަންޝިޕްގައިި، 29.51 ސިކުންތުން ރޭސް ނިންމައިގެންނެވެ.

މި ފަހަރުގެ ކޮމަންވެލްތު ގޭމްސްގައި މިއަދު، ލޫތު ވާދަކޮށްފައިވަނީ، 100 މީޓަރު ބްރެސްޓްރޯކް އިވެންޓުގަ އެވެ. ލޫތު، ހީޓުގެ ހަތް ވަނަ އަށް ދިޔައިރު، އިވެންޓް ނިންމީ، 1 މިނިޓް 10.63 ސިކުންތުންނެވެ. މިއީ، މި އިވެންޓަށް ބަލާއިރު، ރާއްޖޭގެ ގައުމީ ރެކޯޑެކެވެ. މި އިވެންޓްގެ ގައުމީ ރެކޯޑް އެންމެ ފަހުން ވެސް އޮތީ ލޫތު އަތުގަ އެވެ. އެއީ، މިދިޔަ އަހަރު ކުރިއަށްދިޔަ، 10 ވަނަ ވޯލްޑް އެކުއަޓިކްސް ޖޫނިއާ ޗެމްޕިއަންޝިޕްގައި، 1 މިނިޓް 10.95 ސިކުންތުން އިވެންޓް ފުރިހަމަ ކޮށްގެންނެވެ.

މި ފަހަރުގެ ކޮމަންވެލްތު ގޭމްސްގައި ރާއްޖޭން ވާދަކުރަނީ ދެ ކުޅިވަރަކުންނެވެ. އެއީ، ސްވިމިންގެ އިތުރުން އެތުލެޓިކްސްގަ އެވެ. މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ދިދަ އުފުލާފައިވަނީ، އާން އެވެ. ކިންގްސް ބެޓަންއާ ހަވާލުވީ، މެރާލް އައިން ލަތީފް އެވެ.

މިއީ، މެދުކެނޑުމަކަށް ފަހު، ރާއްޖޭން ޖެހިޖެހިގެން ވާދަކުރާ ދެ ވަނަ ކޮމަންވެލްތު ގޭމްސް އެވެ. އޮސްޓްރޭލިއާގެ ގޯލްޑް ކޯސްޓުގައި 2018 ވަނަ އަހަރު ބޭއްވި ކޮމަންވެލްތު ގޭމްސްގައި ރާއްޖޭން ވާދަނުކުރެ އެވެ. އެކަމަކު، އޭގެ ފަހުން، މީގެ ހަތަރު އަހަރު ކުރިން، އިނގިރޭސިވިލާތުގެ ބާމިންހަމްގައި ބޭއްވި ކޮމަންވެލްތު ގޭމްސްގައި ރާއްޖޭން ވާދަކޮށްފައިވެ އެވެ.

ސްކޮޓްލެންޑްގެ ގްލާސްގޯގައި ކޮމަންވެލްތު ގޭމްސް މީގެ ކުރިން ވެސް ބާއްވާފައިވެ އެވެ. އެއީ، 2014 ވަނަ އަހަރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox