ތަޒްކިޔާ އާއި ރިހާންގެ އިތުރު ގައުމީ ރެކޯޑްތަކާ އެކު ސްވިމިން ޓީމު ކުރިއަށް

Jul 28, 2026, 5:51 AM
ކޮމަންވެލްތު ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ތަޒްކިޔާ އާއި ރިހާން

ކޮމަންވެލްތު ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ތަޒްކިޔާ އާއި ރިހާން

ސްކޮޓްލެންޑްގެ ގްލާސްގޯގައި މިހާރު ކުރިއަށްދާ 23 ވަނަ ކޮމަންވެލްތު ގޭމްސްގެ ތިން ވަނަ ދުވަހު، ކުރިއަށްދިޔަ އިވެންޓްތަކުގައި ރާއްޖޭގެ ގައުމީ ސްވިމިން ޓީމުގެ އަމްނާ ތަޒްކިޔާ މިރުސާދު އާއި މުހައްމަދު ރިހާން ޝިހާމް ގައުމީ ރެކޯޑްތަކެއް އާ ކޮށްފި އެވެ.

މި ދެ ރެކޯޑާ އެކު، މި ފަހަރުގެ ކޮމަންވެލްތު ގޭމްސްގައި ވާދަކުރާ ފެތުންތެރިން މި ވަނީ ޖުމްލަ އެކު، އަށް ގައުމީ ރެކޯޑެއް އާ ކޮށްފަ އެެވެ.

ރިހާން، އިއްޔެ އާ ކުރީ އޭނާ އަތުގައި ކުރިން އޮތް 200 މީޓަރު ބަޓަފްލައި އިވެންޓުގެ ގައުމީ ރެކޯޑެވެ. އެ ގޮތުން، މީގެ ކުރިން 22 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްގެ އެ އިވެންޓް، 2 މިނިޓް 25.20 ސިކުންތުން ނިންމައިގެން، ރިހާން ހެދި ރެކޯޑް މި ފަހަރުގެ ކޮމަންވެލްތު ގޭމްސްގައި އާ ކުރީ 2 މިނިޓް 23.94 އިން ނިންމައިގެންނެވެ.

އަންހެނުންގެ 50 މީޓަރު ބެކްސްޓްރޯކް އިވެންޓްގައި ވާދަކޮށް ތަޒްކިޔާ ވަނީ އޭނާ އަތުގައި ކުރިން ވެސް އޮތް ރެކޯޑެއް އާ ކޮށްފަ އެވެ. އެ ގޮތުން، ތަޒްކިޔާ، ތިން ވަނަ އޭޝިއަން ޔޫތު ގޭމްސްގައި މިދިޔަަ އަހަރު އެ އިވެންޓް ނިންމީ، 32.57 ސިކުންތުންނެވެ. އަދި، މިއަދު ކޮމަންވެލްތު ގޭމްސްގައި އެ ރެކޯޑް އާ ކުރީ 31.55 ސިކުންތުން ރޭސް ނިންމައިގެންނެވެ.

ގައުމީ ސްވިމިން ޓިމުން އިއްޔެ ދެން ބައިވެރިވި، އަންހެނުންގެ އިންޑިވިޖުއަލް މެޑްލީ 400 މީޓަރުގެ އިވެންޓްގެ ގައުމީ ރެކޯޑް އޮތް މެރާލް އައިން ލަތީފް ވަނީ މި ފަހަރުގެ ކޮމަންވެލްތު ގޭމްސްގެ އެ އިވެންޓްގައި ވާދަކޮށްފަ އެވެ. މީގެ ކުރިން، 10 ވަނަ ވޯލްޑް އެކުއަޓިކްސް ޖޫނިއާ ޗެމްޕިއަންޝިޕްގައި މެރާލް ވަނީ މި އިވެންޓް 5 މިނިޓް 57.86 ސިކުންތުން ނިންމައިގެން ރެކޯޑް ހަދައިފަ އެވެ. އަދި، މި ފަހަރުގެ ކޮމަންވެލްތު ގޭމްސްގައި މެރާލް އަށް އެ އިވެންޓް ފުރިހަމަަ ކުރެވުނީ، 6 މިނިޓް 03.71 ސިކުންތުންނެވެ.

މި ފަހަރުގެ ކޮމަންވެލްތު ގޭމްސްގައި ކުރިން ރާއްޖޭން އާ ކުރި ގައުމީ ރެކޯޑްތަކަކީ، އަންހެނުންގެ 200 މީޓަރު ފްރީސްޓައިލް އިވެންޓްގައި ވާދަކުރި މެރާލް އައިން ލަތީފް ހެދި ރެކޯޑާއި ހަތަރެއް ގުނަ 100 މީޓަރު ފްރީ ސްޓައިލް އިވެންޓްގައި ވާދަކުރި މިކްސް ރިލޭ ޓީމުން ހެދި ރެކޯޑްގެ އިތުރުން، 50 މީޓަރު ބެކްސްޓްރޯކް އިވެންޓުގައި ވާދަކޮށް، އާން ހެދި ގައުމީ ރެކޯޑާއި 100 މީޓަރު ބްރެސްޓްރޯކް އިވެންޓުގައި ވާދަކޮށް ލޫތު އާ ކުރި ގައުމީ ރެކޯޑެވެ. އަދި،ތަޒްކިޔާ އާ ކުރީ ވިމެންސް ފްރީސްޓައިލް 100 މީޓަރު އިވެންޓުގެ ގައުމީ ރެކޯޑާއި ލޫތު އާ ކުރި، 50 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓްގެ ގައުމީ ރެކޯޑް އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox