ކޮމަންވެލްތު ގޭމްސްގައި ތަޒްކިޔާ އާއި ލޫތު އަށް އިތުރު ގައުމީ ރެކޯޑްތަކެއް

Jul 27, 2026, 7:26 AM
ކޮމަންވެލްތު ގޭމްސްގައި ވާދަކުރާ ތަޒްކިޔާ އާއި ލޫތު

ކޮމަންވެލްތު ގޭމްސްގައި ވާދަކުރާ ތަޒްކިޔާ އާއި ލޫތު

ސްކޮޓްލެންޑްގެ ގްލާސްގޯގައި މިހާރު ކުރިއަށްދާ 23 ވަނަ ކޮމަންވެލްތު ގޭމްސްގެ ތިން ވަނަ ދުވަހު، ކުރިއަށްދިޔަ އިވެންޓްތަކުގައި ރާއްޖޭގެ ގައުމީ ސްވިމިން ޓީމުގެ އަމްނާ ތަޒްކިޔާ މިރުސާދު އާއި ލޫތު މުހައްމަދު ހުސެއިން ގައުމީ ރެކޯޑްތަކެއް އާ ކޮށްފި އެވެ.

މި ދެ ރެކޯޑާ އެކު، މި ފަހަރުގެ ކޮމަންވެލްތު ގޭމްސްގައި ވާދަކުރާ ފެތުންތެރިން މި ވަނީ ޖުމްލަ އެކު، ހަ ގައުމީ ރެކޯޑެއް އާ ކޮށްފަ އެެވެ.

އިއްޔެގެ އިވެންޓްތަކުގައި، ތަޒްކިޔާ އާ ކުރީ ވިމެންސް ފްރީސްޓައިލް 100 މީޓަރު އިވެންޓުގެ ގައުމީ ރެކޯޑެެވެ. މި އިވެންޓްގައި ތަޒްކިޔާ ރެކޯޑް އާ ކުރީ، 1 މިނިޓް 02.74 ސިކުންތުން ރޭސް ނިންމައިގެންނެވެ. މީގެ ކުރިން ވެސް މި ރެކޯޑް އޮތީ ތަޒްކިޔާ އަތުގަ އެވެ. އެއީ، އޭޝިއަން އޯޕަން ސްކޫލް އިންވިޓޭޝަނަލް މުބާރާތުގައި، 1 މިނިޓް 03.67 ސިކުންތުން އިވެންޓް ނިންމައިގެންނެވެ.

މިއަދުގެ 50 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓްގައި ލޫތު ރެކޯޑް ހެދީ 31.54 ސިކުންތުން ރޭސް ނިންމައިގެންނެވެ.

މީގެ ކުރިން ވެސް މި ރެކޯޑް އޮތީ ލޫތު އަތުގަ އެވެ. އެއީ، 10 ވަނަ ވޯލްޑް އެކުއަޓިކްސް ޖޫނިއާ މުބާރާތުގައި، 31.81 ސިކުންތުން އިވެންޓް ފުރިހަމަކޮށްގެންނެވެެ.

މި ފަހަރުގެ ގޭމްސްގައި ކުރިން ރާއްޖޭން އާ ކުރި ގައުމީ ރެކޯޑްތަކަކީ، އަންހެނުންގެ 200 މީޓަރު ފްރީސްޓައިލް އިވެންޓްގައި ވާދަކުރި މެރާލް އައިން ލަތީފް ހެދި ރެކޯޑާއި ހަތަރެއް ގުނަ 100 މީޓަރު ފްރީ ސްޓައިލް އިވެންޓްގައި ވާދަކުރި މިކްސް ރިލޭ ޓީމުން ހެދި ރެކޯޑްގެ އިތުރުން، 50 މީޓަރު ބެކްސްޓްރޯކް އިވެންޓުގައި ވާދަކޮށް، އާން ހެދި ގައުމީ ރެކޯޑާއި 100 މީޓަރު ބްރެސްޓްރޯކް އިވެންޓުގައި ވާދަކޮށް ލޫތު އާ ކުރި ގައުމީ ރެކޯޑެވެ.

ކޮމަންވެލްތު ގޭމްސްގައި މިއަދު ފެތުމުގެ އިވެންޓްތަކުގެ އިތުރުން، ރާއްޖޭގެ އެތުލީޓުން އެތުލެޓިކްސް އިވެންޓްތަކުގައި ވެސް ވާދަކުރާނެ އެވެ. މިއަދު އިވެންޓް އޮތް އެތުލީޓުންނަކީ، އަހްނާ ނިޒާރު، ޒިވާ މޫސާ ޝަފީއު، އައިޝަތު ޝަބާ ސަލީމް އަދި ހަސަން ސާއިދު އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox