އައްޑޫ އިހުތިސާސުން ސަވާހިލި ވަކިކުރުމަކީ މުއިއްޒު ހިންގި ގާނޫނާ ހިލާފު ހަޑިހުތުރު އަމަލެއް: އެމްޑީޕީ

Jul 25, 2026, 7:30 AM
ރައީސް މުހައްމަދު މުއިއްޒު އަދި އެ މަނިކުފާނުގެ ފަހަތުން ސަވާހިލި ރަށް

ރައީސް މުހައްމަދު މުއިއްޒު އަދި އެ މަނިކުފާނުގެ ފަހަތުން ސަވާހިލި ރަށް

އައްޑޫ ރައްޔިތުންގެ އެއްވެސް މަޝްވަރާއެއް ނެތި އެ ސިޓީގެ އިހުތިސާސްގައިވާ ސަވާހިލި، ސިޓީ ކައުންސިލްގެ އިހުތިސާސުން ވަކިކުރުމަކީ ރައީސް މުހައްމަދު މުއިއްޒު ލާމަރުކަޒީ ގާނޫނުގެ މަގުސަދާ ސީދާ ހިލާފަށް، އަދި އައްޑޫ ރައްޔިތުންގެ ނިންމުމާ ކަނޑައެޅިގެން ދެކޮޅަށް، އައްޑޫގެ ތަރައްގީއަށް ހުރަސްއެޅުމަށް ހިންގާފައިވާ ހަޑިހުތުރު އަމަލެއް ކަމަށް އެމްޑީޕީން ބުނެފިއެވެ.

ވަކި ރަށެއްގެ ގޮތުގައި އޮންނަ ސަވާހިލި ސަރުކާރުން އަތުލީ އެ ރަށުގައި އެންޓަޓެއިންމަންޓް އެންޑް ރިކްރިއޭޝަން ފެސިލިޓީއެއް ތަރައްގީކުރަން ބީލަމަށް ލާފައި ވަނިކޮށެވެ. 

އެމްޑީޕީން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ރަށްތަކާއި ސިޓީތަކުގެ އިހުތިސާސް ކަނޑައެޅުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވަނީ ގާނޫނުގައި ކަނޑައަޅާފައިވާ އިންތަކުގެ ތެރޭގައި ބޭނުންކުރުމަށް ކަމަށެވެ. އަދި އެ ބާރު ބޭނުންކުރަންވާނީ އެރަށެއް ނުވަތަ ސިޓީއެއްގެ ރައްޔިތުންގެ މަޝްވަރާއާއެކު ކަމަށް ގާނޫނުގައި ސާފުކޮށް ބަޔާންކޮށްފައިވާކަން އެމްޑީޕީން ފާހަގަކުރި އެވެ.

ރައްޔިތުންގެ ބޮޑު އަގުލަބިއްޔަތަކުން އާ ދައުރަކަށް އިންތިހާބުވި ސިޓީ ކައުންސިލުން، އައްޑޫ ސިޓީގެ 5 އަހަރު ދުވަހުގެ ތަރައްގީގެ ޕްލޭން އެކުލަވާލުމުގެ ގާނޫނީ ޒިންމާ އަދާކުރަމުންދާ ދަނޑިވަޅެއްގައި، ކައުންސިލާއި ރައްޔިތުންގެ މަޝްވަރާއެއް ނެތި ސަވާހިލި ވަކިކުރުމުން އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެމްޑީޕީގެ ބަޔާނުގައި ބުނެފައިވަނީ؛

  • ލާމަރުކަޒީ ޤާނޫނުން ކައުންސިލްތަކަށް ލާޒިމްކުރާ އެންމެ މުހިންމު ކަމަކީ ރައްޔިތުންނާ މަޝްވަރާކޮށް 5 އަހަރުގެ ތަރައްގީގެ ޕްލޭނާއި ބިނާވެށި ޕްލޭން އެކުލަވާލައި ފާސްކުރުމެވެ.
  • ތަރައްޤީގެ ޕްލޭންތަކަށް ބަދަލު އަންނަންވާނީ ރައްޔިތުންގެ މަޝްވަރާއާއެކު ކަމަށް އޮތުމުގެ މާނައަކީ، އިހުތިސާސަށް ބަދަލުގެނައުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ ބާރަކީ ހިތުހުރިގޮތަކަށް ބޭނުންކުރެވޭނެ ބާރެއް ނޫންކަމެވެ.
  • ރައީސް މުއިއްޒުގެ ވެރިކަމަށް 3 އަހަރުވެގެންދާއިރު ރާއްޖޭގެ ރަށްތަކަށް، ހާއްސަކޮށް އައްޑޫއަށް އެދެވޭ ތަރައްގީއެއް ގެނެސްދެވިފައި ނުވިނަމަވެސް، ވޭތުވެދިޔަ 5 އަހަރު އައްޑޫ ކައުންސިލުން ކޮށްދިން މަސައްކަތްތައް ނިމިދިޔަ ކައުންސިލް އިންތިހާބުގެ ނަތީޖާއިން ސާފުވާކަމަށް އެމްޑީޕީން ބުނެއެވެ.

ކައުންސިލްތަކަކީ އަމިއްލައަށް ކަންކަން ރާވާ ހިންގޭނޭ ގާނޫނީ ޖާގައާއި ބާރު ލިބިފައިވާ ވަކި ގާނޫނީ ޝަހުސެއްކަން ފާހަގަކުރަމުން އެމްޑީޕީން ވަނީ، ރައްޔިތުންގެ ސާފު އަގުލަބިއްޔަތުން އިންތިހާބުވެފައިވާ އައްޑޫ ސިޓީ ކައުންސިލުގެ ނިންމުންތަކަށް ސަރުކާރުން ބޯލަނބައި، ލާމަރުކަޒީ ގާނޫނަށް ފުރިހަމައަށް އިހުތިރާމްކުރުމަށް ގޮވާލާފަ އެވެ. އަދި ރައްޔިތުން ބޭނުންވާ ލާމަރުކަޒީ ތަރައްގީ ގެނައުމުގައި ސަރުކާރުން ހުރަހަކަށް ނުވުމަށްވެސް އެޕާޓީން ވަނީ އެދިފަ އެވެ.

އެންމެ ފަހުން ބޭއްވި ކައުންސިލް އިންތިހާބުގައި އައްޑޫ ކައުންސިލްގެ ހުރިހާ ގޮނޑިއެއް އެމްޑީޕީން ވަނީ ކާމިޔާބުކޮށްފަ އެވެ. 

އައްޑޫގެ ތަރައްގީއަށް ސަރުކާރުން ހުރަސްއެޅުން ހުއްޓާލުމަށް ނިޒާރު ގޮވާލައްވައިފި

ސަވާހިލި އަތުލި ނަމަވެސް ސަރުކާރަށް އެތަން ތަރައްގީ ވެސް ނުކުރެވޭނެ ކަމަށާއި އެފަދަ ސިޔާސަތެއް ނެތް ކަމަށް ވެސް ނިޒާރު ވިދާޅުވި

ސަވާހިލި ސަރުކާރުން ވަކިކުރި މައްސަލައިގައި އައްޑޫ މޭޔަރު އަލީ ނިޒާރު ވިދާޅުވީ ސަރުކާރުން ޓޫރިޒަމް ތަރައްގީ ކުރަން ބޭނުންވާނަމަ ސަވާހިލި އަތުނުލައި، މިހާރު ވެސް ހިއްކާފައި އޮތް ތިން ރަށާއި، ހަންކެޑެ މަޝްރޫއު ކުރިއަށް ގެންދެވޭނެ ކަމަށެވެ. އަދި ސަވާހިލި އަތުލިޔަސް އެ ރަށުގައި ސަރުކާރުން ޓޫރިޒަމް ތަރައްގީ ނުކުރާނެ ކަމަށާއި އެ ގާބިލްކަމެއް ވެސް ސަރުކާރުގައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

މިއީ އިގްތިސާދީ ގޮތުން އެންމެ ގެއްލުން ބޮޑު ދައުރު: ފައްޔާޒް

މިހާރު ހިނގަމުންދާ ދައުރަކީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ދައުރު ކަމަށާއި، ރާއްޖޭގެ އިގްތިސާދު 20 ނުވަތަ 30 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވެއްޖެ.

"މަސްހުނިކުރާ ރާއްޖެއަކީ ކާބަފައިން ހިމާޔަތްކުރި ގައުމެއް ނޫން"

ކޯޕަރޭޓް އުސޫލުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވެވޭ ގޮތަށް ހިންގާ މަޝްރޫއުތަކުގެ ސަބަބުން ގައުމުގެ ދީނާއި ސަގާފަތާއި އަމިއްލަވަންތަކަމަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ.

ފަސް ތަރީގެ މެންހެޓަން ގްރޭންޑް ހޮޓެލް ހުޅުވައިފި

މެންހެޓަން ގްރޭންޑުގައި 158 ކޮޓަރި އާއި ހަތަރު ރެސްޓޯރަންޓާއި 7500 އަކަފޫޓުގެ އިވެންޓު ހޯލެއް ހުންނާނެ އެވެ. އަދި ފަސް ތަރީގެ އެހެން ހޮޓާތަކެކޭ އެއްގޮތަށް ލަގްޒަރީ އެހެނިގެން ހިދުމަތްތަކާއި ސްވިމިން ޕޫލް ފަދަ ތަންތަން ވެސް ހުންނާނެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފުސީލު ހޯދަން ޝާކިރުގެ ސިޓީއެއް

މި ސިޓީގައި މެންބަރު ޝާކިރު ވަނީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފަ އެވެ.

ވާރޭގެ ސަބަބުން ކޮލަމާފުށީގެ ބައެއް މީހުން ހާލުގައި ޖެހިއްޖެ

އިއްޔެ ވެހުނު ވާރޭގައި ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން މުޅި ރަށް އޮތީ ފެނު އަޑީގަ އެވެ. ޝަހާމަތު ވިދާޅުވީ ގާތްގަނޑަކަށް 85 ގެތަކަށް (60 ގެއަށް) ފެން ވަން ކަމަށެވެ. އަދި ބައެއް ގެތަކުގައި ދެ ފޫޓާ ހަމައަށް ފެން ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އަލައްބާރަކީ އަނެއްހެން ވަރަށް ރަނގަޅު ބޭފުޅެއް: އުޝާމް

އުޝާމް ވިދާޅުވީ، ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުގައި 5000 ގެ އެޅުމުގެ މަސައްކަތެއް ވެސް އީގަލް ހިލްސްއިން ފެށިކަމަށް އަލައްބާރު ބުނި ކަމަށެވެ. އިޒްރޭލާއެކު ގުޅުން ބާއްވަނީ ހަމައެކަނި އެ ބޭނުމުގައި ކަމަށް އޭނާ ބުނިކަމަށް އެ ބައްދަލުވުމުގައި އުޝާމް ވިދާޅުވި އެވެ.

މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ގޮވާލައިފި

ތަކެތީގެ އަގާއި ޓެކްސް ބޮޑުވުމާއި، ގައުމުގެ މުދާ ރަހުނުކޮށް ލޯނު ނަގަމުންދާ ކަމަށް ބުނެ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މެންބަރު މުހައްމަދު އައްބާސް ވަނީ ގޮވާލައްވާފައި. އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ދިރިއުޅެން ދަތިވެފައިވާ ކަމަށް.

Newsletter

Get the latest news delivered straight to your inbox