އައްޑޫގެ ތަރައްގީއަށް ސަރުކާރުން ހުރަސްއެޅުން ހުއްޓާލުމަށް ނިޒާރު ގޮވާލައްވައިފި

މޭޔަރު ނިޒާރު

މޭޔަރު ނިޒާރު

އައްޑޫ ސިޓީގެ ތަރައްގީއަށް ކައުންސިލުން ކުރަމުންދާ މަސައްކަތްތަކަށް ހުރަސްއެޅުން ހުއްޓާލައި، ސަރުކާރުން އެއްބާރުލުން ދިނުމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒަށް ގޮވާލައްވައިފި އެވެ.

ފޭސްބުކް މެދުވެރިކޮށް އާންމުކުރެއްވި ވީޑިއޯ މެސެޖެއްގައި މޭޔަރު ނިޒާރު ވިދާޅުވީ، މި ސަރުކާރަށް ތިން އަހަރު ވެގެންދާއިރު އައްޑޫގެ ތަރައްގީއަށް އެއްވެސް ކަމެއް ކުރެވިފައި ނުވާ ކަމަށެވެ. އަދި ސަރުކާރުން ކަންކަން ނުކޮށްދެވޭތާނގައި، ކައުންސިލުން އައްޑޫގެ އިގުތިސާދާއި ޓޫރިޒަމް ފުޅާކުރުމަށް ކުރާ މަސައްކަތްތަކަށް ސަރުކާރުން ގަސްދުގައި ހުރަސްއަޅަމުންދާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

ސަވާހިލި އާއި ފޭދޫ ޓޫރިޒަމް މަޝްރޫއު

ނިޒާރު ވިދާޅުވި ގޮތުގައި، އައްޑޫ ސިޓީގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ސަވާހިލި ރަށް ޓޫރިޒަމް މަސައްކަތަށް ދޫކުރުމަށްޓަކައި ގާނޫނީ އިމުގެ ތެރެއިން ހުއްދައަށް އެދި ރައީސް އޮފީހަށް ސިޓީ ފޮނުވިތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެގެންދިޔައިރުވެސް ޖަވާބެއް ނުދެއްވައި،  ބޭއްވުމަށް ފަހު ރެކްރިއޭޝަނަލް ފެސިލިޓީތައް ގާއިމުކުރަން އެރަށް ހުޅުވާލުމާއެކު އެންމެ ފަހުން އެރަށް ކައުންސިލްގެ އިހުތިސާސުން ވަކިކޮށްފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް ސަރުކާރުގެ ތެރެއިން މައުލޫމާތު ލިބުނު. ލިބުނު މައުލޫމާތަކީ އައްޑޫ ސިޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކެއް އެދިގެން ކަމަށް ރައީސް މިކަން ކުރެއްވީ. އެ މެންބަރުން ރައްޔިތުންގެ ގާތަށް ގޮސް ދެއްކި ވާހަކައާއި އަމަލާ މިހާރު ގުޅުމެއް ނެތް." ނިޒާރު ވިދާޅުވި އެވެ. 

އައިބީގެ ވިސްނުމަކީ ޓޫރިސްޓުންނަށް ރާ ވިއްކަން މަގުފަހިކުރަން ސަވާހިލި ފޭދޫއާ ވަކިކުރަން

އައިބީ ވިދާޅުވީ ޔޫރަޕްގެ ފަތުރުވެރިންގެ އުފާވެރި ދިރިއުޅުމަކީ ރާ ބޮއިގެން އެމީހުން ބޭނުންވާ އެކަހަލަ ވަސީލަތްތައް އެތަނެއްގައި ހުރުން ކަމަށްވާއިރު، ޕްރައިވެޓް ތަނެއް ގޮތުގައި ސަވާހިލި ތަރައްގީކުރުމަކީ ގެންގުޅުއްވާ ވިސްނުމެއް ކަމަށް.

އެރަށަކީ ފޭދޫ ޓޫރިޒަމް ޒޯނާ ގުޅިފައިވާ ރަށަކަށްވެފައި، އެތަނުގައި ސަރުކާރުން މަސައްކަތެއް ފަށައިފިނަމަ ފޭދޫގައި ތަރައްގީކުރާ ގެސްޓްހައުސްތަކުގެ އޮޕަރޭޝަނަށް ބުރޫއަރައި، މުޅި ޓޫރިޒަމަށް ފަހަތަށް އެޅޭ ފިޔަވަޅަކަށް އެކަން ވެގެންދާނެ ކަމަށް ނިޒާރު ވިދާޅުވިއެވެ.

މީގެ އިތުރުން ފޭދޫ ޓޫރިޒަމް ޒޯނަށް ހަމަޖެހިފައިވާ ލުއި ލޯނުވެސް ސަރުކާރުން ހުއްޓުވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މޭޔަރު ފާހަގަކުރެއްވި ގޮތުގައި ފޭދޫ ޒޯނުގައި މިހާރުވެސް 400 އެއްހާ ކޮޓަރީގެ މަސައްކަތް ނިމެން ގާތްވެފައިވާއިރު، 2028 ވަނަ އަހަރާ ހަމައަށް 1000 ކޮޓަރި ނިންމުމަކީ ކައުންސިލްގެ އަމާޒެވެ.

އައްޑޫ ކައުންސިލުން ސަވާހެލި ބީލަމަށް ލާފައި ވަނިކޮށް ސަރުކާރަށް ނަގައިފި

އައްޑޫ ސިޓީ ކައުންސިލުން ސަވާހެލި ތަރައްގީކުރަން ބީލަމަށް ހުޅުވާލާފައި ވަނިކޮށް، ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އެތަން އައްޑޫގެ އިހުތިސާސުން ވަނީ ވަކިކޮށްފައި. ސަރުކާރުން މި ނިންމުން ނިންމީ ފަތުރުވެރިކަމުގެ ބޭނުމަށް ކަމަށް ބުނާއިރު، ކައުންސިލުން ވަނީ މިއީ ލާމަރުކަޒީ ނިޒާމަށް ހުރަސްއެޅުމަށް ހިންގި ސިޔާސީ އަމަލެއްގެ ގޮތުގައި ސިފަކޮށްފައި.

އައްޑޫގެ ރިސޯޓުތަކާއި ވަސީލަތްތަކުގެ ހާލަތު

އައްޑޫގައި ތަރައްގީކޮށްފައިވާ ތަންތަނުގެ ހާލަތަށް އަލިއަޅުވާލައްވަމުން ނިޒާރު ވިދާޅުވީ، ޝަންގްރިއްލާ ހުޅުވި ކަމަށް ސަރުކާރުން ބުނި ނަމަވެސް އެކަން ނުކުރެވުނު ކަމަށާއި، ސައުތު ޕާމް ބަންދުކޮށްފައި އޮތްއިރު އެތަން ހުޅުވަން ކަމެއް ނުކުރާ ކަމަށެވެ. އަދި ދޫގަސް ހުއްޓިފައި އޮތްއިރު، އީކުއޭޓާ ވިލެޖުވެސް ބަންދުކުރަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، އައްޑޫގެ ލިންކް ރޯޑުގެ ހާލަތު ގޯސްވެ، އެ މަސައްކަތް އާރުޑީސީއާ ހަވާލުކުރިތާ ދޮޅު އަހަރުވީއިރުވެސް ކުއްޔަށް އިކުއިޕްމެންޓް ނަގައިގެން ގަސްތަކެއް ނެގުން ފިޔަވައި އިތުރު ކަމެއް ނުކުރެވޭ ކަމަށް ނިޒާރު ވިދާޅުވި އެވެ.

ޝަންގްރިއްލާ ހުޅުވާ ވާހަކަ އަކީ ބޮޑު އޮޅުވާލުމެއް: ނިޒާރު

ޝަންގްރިއްލާ ހުޅުވުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި އެ މަނިކުފާނު ވިދާޅުވީ 2024 ނިމުމުގެ ކުރިން އެ ރިސޯޓު ހުޅުވާނެ ކަމަށެވެ.

އާރުޑީސީން އެތަނުގައި 50 އަށްވުރެ ގިނަ މުވައްޒަފުންނާއި މެނޭޖަރުން ބައިތިއްބައިގެން "ޑްރާމާ" ކުޅެމުންދާ ކަމަށް ނިޒާރު ތުހުމަތު ކުރެއްވިއެވެ. އަދި ކަރަންޓު މަޝްރޫއު ބަޔަކާ ހަވާލުކުރި ކަމަށް ބުނި ނަމަވެސް އެ ބަޔަކު ނުވެސް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރުން އައްޑޫގައި ޓޫރިޒަމް ތަރައްގީ ކުރަން ބޭނުންވާނަމަ ސަވާހިލި ނާތުލައި ވެސް އެކަން ކުރެވެން އެބަ އޮތް ކަމަށާއި، ހިއްކާފައި އޮތް ތިން ރަށާއި ހަންކެޑެ ވެސް އަތް ނުލައި އެބަ އޮތް ކަމަށް ނިޒާރު ވިދާޅުވި އެވެ. 

އެކަންކަން ނުކޮށް ސަވާހިލު އަތުލީ ސަރުކާރުން އައްޑޫ ތަރައްގީއަށް ހުރަސް އެޅުމުގެ ނުބައި ނިޔަތުގައި ކަމަށް ވެސް ނިޒާރު ފާހަގަ ކުރެއްވި އެވެ. 

ސަވާހިލި އަތުލި ނަމަވެސް ސަރުކާރަށް އެތަން ތަރައްގީ ވެސް ނުކުރެވޭނެ ކަމަށާއި އެފަދަ ސިޔާސަތެއް ނެތް ކަމަށް ވެސް ނިޒާރު ވިދާޅުވި އެވެ. 

ލާމަރުކަޒީ ނިޒާމާއި މިނިވަންކަން

މިނިވަން ދުވަސް އަންނައިރު އަތޮޅުތަކުގެ ރައްޔިތުންނަށް މިނިވަންކަމުގެ އިހުސާސް ނުކުރެވޭ ކަމަށް ވިދާޅުވަމުން މޭޔަރު ވިދާޅުވީ، ޕީއެންސީ ފިކުރުން ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު އަތޮޅުތަކުގެ ރައްޔިތުން ބިކަ ހާލުގައި ޖައްސާ ކަމަށެވެ.

ގާނޫނުއަސާސީގައި ލާމަރުކަޒީކޮށް އަތޮޅުތައް ހިންގަން އޮތް ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ހުރިހާ ބާރެއް ނަންގަވައިގެން މަރުކަޒުކޮށް އަތޮޅުތައް ތަރައްގީ ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ސަރުކާރަށް ސަލާންޖަހަން، ރައީސުލްޖުމްހޫރިއްޔާ ބޮޑު ރަސްކަލަކަށް ހަދައިގެން އަޅުގަނޑުމެން އަބަދު ކުރުނީސްކޮށް އަބަދު ހުޝާމަދުކޮށްގެން ނޫނީ އެއްވެސް ކަމެއް ކުރެވޭ ހާލަތަކަށް ނާދޭ. މިނިވަންކަމަށް 61 އަހަރު ފުރޭއިރު، އަތޮޅުތަކަށް މާލީ، އިގުތިސާދީ އަދި އިދާރީ މިނިވަންކަމެއް ނެތް." ނިޒާރު ވިދާޅުވި އެވެ. 

ސަރުކާރުން މިފަދަ ހުރަސްތައް ނާޅައި އައްޑޫ ސިޓީ ކައުންސިލާއި ރައްޔިތުންނާ މަޝްވަރާކޮށްގެން ތަރައްގީގެ ކަންކަން ކުރިއަށް ގެންދިއުމަށް އެއްބާރުލުން ދިނުމަށް ގޮވާލައްވާފައެވެ. އަދި މަޖިލިސް މެންބަރުންވެސް ސަރުކާރަށް ރަނގަޅު މަޝްވަރާ ދީގެން އައްޑޫގެ ތަރައްގީއަށް މަސައްކަތް ކުރުމަށް އެދިވަޑައިގެންފައެވެ.

އައްޑޫ ކައުންސިލްގެ ހުރިހާ ގޮނޑިތަކެއް ރައްޔިތުން އެމްޑީޕީއަށް ދިނުމަކީ ރައްޔިތުންގެ ކުށެއް ނޫން ކަމަށާއި މިހާރު ސަރުކާރުން ކަންކަން ކުރަމުން ގެންދާ ގޮތުން ދެން ވެސް މި ސަރުކާރަށް ރައްޔިތުންގެ ތާއިދެއް، ލޯތްބެއް ނުލިބޭނެ ކަމަށް ނިޒާރު ވިދާޅުވި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

މިއީ އިގްތިސާދީ ގޮތުން އެންމެ ގެއްލުން ބޮޑު ދައުރު: ފައްޔާޒް

މިހާރު ހިނގަމުންދާ ދައުރަކީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ދައުރު ކަމަށާއި، ރާއްޖޭގެ އިގްތިސާދު 20 ނުވަތަ 30 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވެއްޖެ.

"މަސްހުނިކުރާ ރާއްޖެއަކީ ކާބަފައިން ހިމާޔަތްކުރި ގައުމެއް ނޫން"

ކޯޕަރޭޓް އުސޫލުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވެވޭ ގޮތަށް ހިންގާ މަޝްރޫއުތަކުގެ ސަބަބުން ގައުމުގެ ދީނާއި ސަގާފަތާއި އަމިއްލަވަންތަކަމަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ.

ފަސް ތަރީގެ މެންހެޓަން ގްރޭންޑް ހޮޓެލް ހުޅުވައިފި

މެންހެޓަން ގްރޭންޑުގައި 158 ކޮޓަރި އާއި ހަތަރު ރެސްޓޯރަންޓާއި 7500 އަކަފޫޓުގެ އިވެންޓު ހޯލެއް ހުންނާނެ އެވެ. އަދި ފަސް ތަރީގެ އެހެން ހޮޓާތަކެކޭ އެއްގޮތަށް ލަގްޒަރީ އެހެނިގެން ހިދުމަތްތަކާއި ސްވިމިން ޕޫލް ފަދަ ތަންތަން ވެސް ހުންނާނެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފުސީލު ހޯދަން ޝާކިރުގެ ސިޓީއެއް

މި ސިޓީގައި މެންބަރު ޝާކިރު ވަނީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފަ އެވެ.

ވާރޭގެ ސަބަބުން ކޮލަމާފުށީގެ ބައެއް މީހުން ހާލުގައި ޖެހިއްޖެ

އިއްޔެ ވެހުނު ވާރޭގައި ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން މުޅި ރަށް އޮތީ ފެނު އަޑީގަ އެވެ. ޝަހާމަތު ވިދާޅުވީ ގާތްގަނޑަކަށް 85 ގެތަކަށް (60 ގެއަށް) ފެން ވަން ކަމަށެވެ. އަދި ބައެއް ގެތަކުގައި ދެ ފޫޓާ ހަމައަށް ފެން ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އަލައްބާރަކީ އަނެއްހެން ވަރަށް ރަނގަޅު ބޭފުޅެއް: އުޝާމް

އުޝާމް ވިދާޅުވީ، ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުގައި 5000 ގެ އެޅުމުގެ މަސައްކަތެއް ވެސް އީގަލް ހިލްސްއިން ފެށިކަމަށް އަލައްބާރު ބުނި ކަމަށެވެ. އިޒްރޭލާއެކު ގުޅުން ބާއްވަނީ ހަމައެކަނި އެ ބޭނުމުގައި ކަމަށް އޭނާ ބުނިކަމަށް އެ ބައްދަލުވުމުގައި އުޝާމް ވިދާޅުވި އެވެ.

މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ގޮވާލައިފި

ތަކެތީގެ އަގާއި ޓެކްސް ބޮޑުވުމާއި، ގައުމުގެ މުދާ ރަހުނުކޮށް ލޯނު ނަގަމުންދާ ކަމަށް ބުނެ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މެންބަރު މުހައްމަދު އައްބާސް ވަނީ ގޮވާލައްވާފައި. އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ދިރިއުޅެން ދަތިވެފައިވާ ކަމަށް.

Newsletter

Get the latest news delivered straight to your inbox