ބަލޮގަންގެ ރަތް ކާޑު މައްސަލައިގައި ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް

Oct 22, 2026, 2:47 PM
ވޯލްޑް ކަޕްގައި އެމެރިކާ އިން ބެލްޖިއަމްއާ ކުޅުނު މެޗުގެ ތެރެއިން ބަލޮގަން.

ވޯލްޑް ކަޕްގައި އެމެރިކާ އިން ބެލްޖިއަމްއާ ކުޅުނު މެޗުގެ ތެރެއިން ބަލޮގަން.

ޒިއުރިކް (އޮކްޓޫބަރު 22) - އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ނުފޫޒުން އެ ގައުމުގެ ފޯވާޑް، ފަލޮރިން ބަލޮގަންގެ ރަތް ކާޑަށް ލުއިދޭން މި ފަހަރުގެ ފީފާ ވޯލްޑް ކަޕްގެ ތެރެއިން ނިންމުމާ ގުޅިގެން، އެ ފަަދަ ކަންކަން ކުރިއަށް އޮތްތަނުގައި ހުއްޓުވުމަށް ފީފާ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް ހުށަހަޅައިފި އެވެ. 

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އެމެރިކާ އިން ގަދަ 32 ޓީމުގެ ބުރުގައި، ބޮސްނިއާއާ ދެކޮޅަށް ކުޅުނު މެޗުގައި، ފަލޮރިން ބަލޮގަން އަށް ދެއްކި ރަތް ކާޑުގެ ކަންކަން ރަނގަޅަށް ބަލަން ފީފާގައި އެދުނީ އޭނާ ކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ. 

ބޮސްނިއާ އަތުން އެމެރިކާ މޮޅުވި މެޗުގައި ބަަލޮގަން ފުރަތަމަ ހާފުގައި އެމެރިކާ އަށް ލީޑުނަަގައިދިންއިރު، ދެ ވަނަ ހާފުގައި ބޮސްނިއާގެ ޑިފެންޑަރު، ޓަރެކް މުހަރެމޮވިޗަށް ނުރައްކާތެރި ފައުލެއް ކުރި ކަމަށް ބުނެ، ރަތް ކާޑެއް ދެއްކި އެވެ. ބަލޮގަން، ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި ފައިން އެރުނީ މުހަރެމޮވިޗްގެ ފައި މައްޗަށެވެ.  ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލައިގެން ބަލޮގަން އަށް ދެއްކި މި ރަތް ކާޑާ އެކު، އޭނާ އަށް އެއް މެޗުގެ ސަސްޕެންޝަނަށް އަންނާނެ އެވެ. އެހެންވެ، ގަވާއިދު ބުނާގޮތުން، އެމެރިކާ އިން ވޯލްޑް ކަޕްގެ ގަދަ 16 ޓީމުގެ ބުރުގައި ބެލްޖިއަމާ ކުޅޭ މެޗުގައި ބަލޮގަން އަށް ގެއްލޭނެ ކަމަށް ބެލެވުނު ނަމަވެސް، ފީފާ އިން ދިން ލުޔާއެކު ބެލްޖިއަމް މެޗުގައި އޭނާ އަށް ކުޅެވޭ ގޮތްވި އެވެ. 

ފީފާ ޑިސިޕްލިނަރީ ކޮމިޓީން ނިންމީ ބަލޮގަންގެ މި ރަތް ކާޑުގެ ސަސްޕެންޝަނަށް އަމަލުކުރުން ސަސްޕެންޑްކޮށްފަ އެވެ. މި ސަސްޕެންޝަނާ އެއްގޮތަށް ބަލޮަގަން، އަދަބު ތަންފީޒުކުރާނީ، އެ ފަދަ ފައުލެއް ތަކުރާރުކޮށްފިނަމަ އެވެ. މި ނިންމުމާ މެދު ބެލްޖިއަމް އާއި ޔޫރަޕްގެ މައި ފުޓްބޯޅަ އިދާރާ، ޔުއެފާ އިން ނުރުހުން ބޮޑުކޮށް ފީފާ އަށް ފާޑުކިޔާފައިވާއިރު، މިދިޔަ ބުރާސްފަތި ދުވަހު އޮތް ފީފާ ކައުންސިލް ބައްދަލުވުމުގައި ވަނީ، ބަލޮގަންގެ ރަތް ކާޑަށް ލުއިދެވޭ ގޮތަށް ފީފާ ޑިސިޕްލިނަރީ ކޯޑުގައި އޮތް މާއްދާ އަށް އިސްލާހެއް ހުށަހަޅައިފަަ އެވެ. 

މި އިސްލާހު ހުށަހެޅީ ބެލްޖިއަމްގެ ފުޓްބޯޅަ ފެޑެރޭޝަން ރައީސް އަދި ފީފާ ކައުންސިލް މެމްބަރު، ޕަސްކާލް ވެން ޑޭމް އެވެ. ވެން ޑޭމް ވިދާޅުވީ، ރަތް ކާޑަަކަށް ލުއިދޭނަމަ، އެ ދެވޭ ސަބަބެއް ތަފްސީލީ ގޮތެއްގައި މެޗު ރިޕޯޓާއި އެހެނިހެން ކަންކަމަށް ރިއާޔަތްކޮށް މި ކަމުގައި ޝާމިލުވާ ހުރިހާ ފަރާތަކަށް އެނގެންޖެހޭނެ ކަމަށެވެ. އަދި، ބަލޮގަންްގެ ރަތް ކާޑާ މެދު އަމަލުކުރި ގޮތަކީ ގަވާއިދަށް އިސްލާހު ގެންނަން ލާޒިމުކުރި ސަބަބެއް ކަމަށް ވެން ޑޭމް ވިދާޅުވެފައިވެ އެވެ. 

ހުށަހަޅާފައިވާ އިސްލާހާ މެދު ގޮތެއް ނިންމާނީ، ޑިސެމްބަރު މަހު، ގަތަރުގެ ވެރި ރަށް ދޯހާގައި ބާއްވާ ފީފާ ކައުންސިލް ބައްދަލުވުމުގަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލުން މެކްސިކޯގެ 18 އަހަރުގެ މޯރާގެ ޑީލް ނިންމަނީ

މެކްސިކޯގެ އުންމީދީ ޒުވާން ކުޅުންތެރިޔާ ގިލްބާޓޯ މޯރާ ހޯދުމުގެ ރޭހުގައި ލިވަޕޫލުން ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، މި ޑީލްގެ އަގު 50 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ. އުމުރުން 18 އަހަރުގެ މޯރާ އަކީ މެކްސިކޯގެ ގައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް އޮތް ހުނަރުވެރި ތަރި.

ކެރިކްގެ އިތުބާރު ގެއްލެނީ، ޔުނައިޓެޑުން ނާގަލްސްމަން ހޯދަނީ

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކަށް އޮތް އިތުބާރު ކުޑަވެ، އޭނާގެ ބަދަލުގައި ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން ގެނައުމަށް އެ ކްލަބުން ދަނީ މަސައްކަތް ކުރަމުން. ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓުގެ ހިތްހަމަނުޖެހުންތައް އިތުރުވެފައިވައި.

އިންގްލެންޑްގެ އޮޑިޓަރުން ސިޓީގެ މައްސަލަ ތަހުގީގުކުރަން ފަށަނީ

މާލީ ގަވާއިދުތަކާ ހިލާފުވި 100 އަށް ވުރެ ގިނަ މައްސަލަ މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާތީ، އިނގިރޭސި އޮޑިޓަރުން އެ ކްލަބުގެ އެކައުންޓްތައް ތަހުގީގުކުރަން ވަނީ ތައްޔާރުވެފައެވެ. މި މައްސަލަތަކުގެ ތެރޭގައި ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމާއި މުސާރައިގެ ތަފްސީލު އޮޅުވާލުން ހިމެނޭއިރު، މީގެ އަދަބެއްގެ ގޮތުން ޕޮއިންޓް އުނިކުރުން ނުވަތަ ލީގުން ވަކިކުރުން ފަދަ ފިޔަވަޅުތަކެއް އެޅުން ގާތެވެ.

ބަޔާނާއި އާސެނަލް އެއްވަރު، ރެއާލަށް މޮޅެއް، ޔުނައިޓެޑް ބަލި

ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ރެއާލް މެޑްރިޑުން ވަނީ 4-1 އިން ލައިޕްޒިގު ބަލިކޮށްފައި. މީގެ އިތުރުން، އަލަށް ވާދަކުރާ ކޯމޯ އިން ވަނީ 4-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރިހޯދާފައި.

ނަބާ އާއި ނަބީ، ގްރީސް މުބާރާތުގެ ކުއާޓާ ފައިނަލަށް

ގްރީސްގައި ކުރިއަށްދާ ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުން ރާއްޖޭގެ ނަބީހާ އާއި ނަބާހާ ޖާގަ ހޯދައިފި. މި ދެ ކުޅުންތެރިން ކުއާޓާ އަށް ދަތުރުކުރީ ގަދަ 16 ބުރުގައި ބަލްގޭރިއާގެ ޕެއާ ބަލިކުރުމަށްފަހުގައި

ހުރިހާ މެޗަކުން މޮޅުވެ ސިފައިން ގައުމީ ވޮލީ ލީގު ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ދިވެހި ސިފައިންގެ ކްލަބުން މިއަހަރުގެ ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދައިފި. ސިފައިން ލީގު ކާމިޔާބުކުރީ ފަހު މެޗުގައި ކްލަބް އެޗްޑީސީއާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމުގެ ހުސެއިން ރައްޒާން.

ވިއްސާރައާ ހެދި ބުރު އާއި ނިއު މެޗު ފަސްކުރަން ޖެހިއްޖެ

މޫސުން ގޯސްވެ ގަލޮޅު ދަނޑުގައި ފެންބޮޑުވުމުގެ ސަބަބުން، ދިވެހި ޕްރިމިއާ ލީގުގައި މިރޭ ނިއު ރޭޑިއަންޓާއި ބުރު ސްޕޯޓްސް ކްލަބް ބައްދަލުކުރަން އޮތް މެޗު އެފްއޭއެމް އިން ފަސްކޮށްފި. މިއަދު ހަވީރު ކުޅުނު މެޗަށްވެސް ވިއްސާރައިގެ އަސަރުކޮށްފައިވާއިރު، މިރޭގެ މެޗު ފަސްކުރަން ނިންމީ މެޗު ކުޅެވޭނެ ފަދަ ހާލަތެއް ދަނޑުގައި ނެތުމުން.

Newsletter

Get the latest news delivered straight to your inbox