އަލަތު ކައިވެނީގެ ވަލީމާ ބާއްވަން މާލެ ސިޓީ ކައުންސިލުން ހިލޭ ބިން ހަމަޖައްސައިދެނީ

މާލޭ ސިޓީ ކައުންސިލުގެ ބައްދަލުވުމެއްގެ ތެރެއިން: އަލަތު ކައިވެނީގެ ވަލީމާ ބާއްވަން ހިލޭ ބިން ހަމަޖައްސައިދިނުމުގެ އުސޫލެއް ހެދުމަށް މިއަދު އެ ކައުންސިލުން ވަނީ ނިންމައިފައި -- ފޮޓޯ: ސިޓީ ކައުންސިލް

މާލޭ ސިޓީ ކައުންސިލުގެ ބައްދަލުވުމެއްގެ ތެރެއިން: އަލަތު ކައިވެނީގެ ވަލީމާ ބާއްވަން ހިލޭ ބިން ހަމަޖައްސައިދިނުމުގެ އުސޫލެއް ހެދުމަށް މިއަދު އެ ކައުންސިލުން ވަނީ ނިންމައިފައި -- ފޮޓޯ: ސިޓީ ކައުންސިލް

އަލަތު ކައިވެނީގެ ވަލީމާ ބާއްވަން މާލެ ސިޓީ ކައުންސިލުން ހިލޭ ބިން ހަމަޖައްސައިދިނުމުގެ މަސައްކަތް ކުރަން ފަށައިފި އެވެ.

އަލަތު ކައިވެނީގެ ވަލީމާ ބާއްވާނެ ބިން ހިލޭ ހަމަޖައްސައިދިނުމުގެ އުސޫލެއް ހެދުމަށް މިއަދު އޮތް މާލެ ސިޓީ ކައުންސިލުގެ ޖަލްސާގައި ވަނީ ނިންމައިފަ އެވެ. އެފަދަ އުސޫލެއް ހެދުމަށް ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު، އިބްރާހިމް ލަބާން ޝަރީފް އެވެ.

އެކަމަށް ހާއްސަ އުސޫލެއް ހެދުމަށް ހަވާލުކުރީ މާލެ ސިޓީ ކައުންސިލުގެ ބަޖެޓު އެންޑް ރިސޯސް މޮބިލައިޒޭޝަން ކޮމިޓީ އާއި ސޯޝަލް ސާވިސަސް ޖެންޑާ އެންޑް ކޮމިއުނިޓީ އެފެއާސް ކޮމިޓީއާ އެވެ.

އެ ދެ ކޮމިޓީގެ ބެލުމުގެ ދަށުން އެ އުސޫލު ހެދުމަށްފަހު، މި އަންނަ ހަފުތާގެ ކައުންސިލް ޖަލްސާއަށް ހުށަހެޅުމަށް އާޒިމް އެދިވަޑައިގެންނެވި އެވެ.

އަލަތު ކައިވެނީގެ ވަލީމާ ބޭއްވުމަށް ކައުންސިލުން ހިލޭ ބިން ހަމަޖައްސައިދިނުމަކީ މޭޔަރު، އާދަމް އާޒިމްގެ ވައުދެކެވެ.

މާލެ ސިޓީ ކައުންސިލްގެ ދަށުގައި ހުންނަ ބިންތަކުގެ ތެރެއިން، ލޮނުޒިޔާރަތް ޕާކަކީ މިހާރު ވެސް ގިނަ އަދަދަކަށް ކައިވެނި ޕާޓީ ބާއްވާ ބިމެކެވެ. އޭގެ އިތުރުން ވެސް މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ކައިވެނި ޕާޓީއެއް ބޭއްވޭނެ ފަދަ ބިންތައް ހުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox