ޓްރެފިކް މައްސަލަ ހައްލު ކުރަން ކައުންސިލުން މަސައްކަތް ކުރަނިކޮށް އެކަމަށް ހާއްސަ އޮފީހެއް މުއިއްޒު އުފައްދަވައިފި

މާލެ މަގުތަކުގައި ވެހިކަލްތައް ގިނަވެފައި: މާލޭގެ މަގުތައް ތޮއްޖެހުމަށް ހައްލު ހޯދަން މުއިއްޒު ވަނީ އިދާރާއެއް އުފައްދަވާފައި -- ފޮޓޯ: އަދަދު ފައިލް

މާލެ މަގުތަކުގައި ވެހިކަލްތައް ގިނަވެފައި: މާލޭގެ މަގުތައް ތޮއްޖެހުމަށް ހައްލު ހޯދަން މުއިއްޒު ވަނީ އިދާރާއެއް އުފައްދަވާފައި -- ފޮޓޯ: އަދަދު ފައިލް

މިސަރަހައްދުގެ ޓްރެފިކް މައްސަލަ ހައްލު ކުރަން މާލޭ ސިޓީ ކައުންސިލުން މަސައްކަތް ކުރަމުންދަނިކޮށް، އެކަމަށް ހާއްސަ އޮފީހެއް ރައީސް މުހައްމަދު މުއިއްޒު މިއަދު އުފައްދަވައިފި އެވެ. 

ޓްރެފިކް މައްސަލަ ހައްލު ކުރުމުގެ އެންމެ ބޮޑު މެންޑޭޓު އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ހަވާލުކޮށްފައި ވަނީ ކައުންސިލާ އެވެ. މާލޭގައި އެންމެ ގިނަވެގެން ދުއްވޭނެ އުޅަނދުގެ އަދަދު ކަނޑައެޅުމަކީ ވެސް އޭގެ ތެރެއިން ކައުންސިލުގެ ޒިންމާއެކެވެ. 

ޓްރެފިކް މައްސަލަ ހައްލު ކުރަން ކަމަށް ބުނެ ޓްރާންސްޕޯޓް މިނިސްޓްރީގެ ދަށުން މިއަދު "ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް" އުފެއްދިއިރު، ޓްރެފިކް މައްސަލަ އާއި ވެހިކަލް ތޮއްޖެހުމުގެ މައްސަލަ ހައްލު ކުރަން ކައުންސިލުން ވަނީ އެމްއެންޔޫއާ ހަވާލުކޮށްގެން ދިރާސާއެއް ވެސް ހަދައިފަ އެވެ. 

Advertisement

ޓްރެފިކުގެ މައްސަލަ ހައްލު ކުރުމުގެ އިތުރުން ވެސް ސިޓީ ކައުންސިލުގެ ޒިންމާގެ ތެރޭގައި ހިމެނޭ ވަރަށް ގިނަ ކަންކަން، މުއިއްޒު އުފެއްދެވި އޮފީހުގެ މެންޑޭޓުގެ ތެރޭގައި ހިމަނާފައިވެ އެވެ. އޭގެ ތެރޭގައި ޕާކު ކުރާނެ ތަންތަން ހެދުން ހިމެނެ އެވެ.

 މި އޮފީހުގެ މަސައްކަތްތައް

  • މާލެ ސަރަހައްދުގެ މަގުތަކުގެ ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމަށް ޓަކައި ކަމާބެހޭ ފަރާތްތަކާ ގުޅިގެން ޕުރޮގުރާމުތައް އެކުލަވައިލައި އެ ޕުރޮގުރާމުތައް ތަންފީޒުކުރުން
  • އުޅަނދުތަކުގެ އަދަދު އިތުރުވުމުގެ ސަބަބުން ދިމާވެފައިވާ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް ވަށާޖެހޭ ހައްލެއް ހޯދުމަށް ޓަކައި އެކުވައިލަންޖެހޭ ސިޔާސަތުތައް އެކުލަވައިލުމުގައި ކަމާބެހޭ ފަރާތްތަކަށް ލަފާދިނުން
  • ދަތުރުފަތުރުގެ ނިޒާމު ޒަމާނީކޮށް، ޕާކުކުރެވޭނެ ވަސީލަތްތަކާއި އެހެނިހެން ޒަމާނީ ހައްލުތައް ހޯދައި، އެފަދަ ވަސީލަތްތައް ތަރައްގީކުރުމުގެ މަސައްކަތްތައް ތަންފީޒުކުރުމުގައި އިސްދައުރެއް އަދާކުރުން

މާލޭ ސިޓީ ކައުންސިލުން ކުރާ މުހިންމު މަސައްކަތްތައް ކުރަން ސަރުކާރުން އޮފީހެއް ހެދިއިރު، ދާދިފަހުން ބޭއްވި ކައުންސިލްތަކުގެ އިންތިހާބުގައި މާލޭ ސިޓީ ކައުންސިލުގެ މެޖޯރިޓީ އާއި މޭޔަރުގެ މަގާމް ކާމިޔާބު ކުރެއްވީ އިދިކޮޅު އެމްޑީޕީ އިންނެވެ. 

އޭގެ ފަހުން ސަރުކާރުގެ ބައެއް އިދާރާތަކުން ދަނީ ކައުންސިލާއެކު މަސައްކަތް ކުރަން ވެސް ދެކޮޅު ހަދަމުންނެވެ. އޭގެ ތެރޭގައި ކޮންސްޓްރަކްޝަން މިނިސްޓްރީ ހިމެނެ އެވެ. 

މިފަހަރުގެ ކައުންސިލްތަކުގެ އިންތިހާބު ބޭއްވީ ލާމަރުކަޒީ ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަތޮޅު ކައުންސިލްތައް އުވާލައި އެހެން ހުރިހާ ކައުންސިލަކަށް ލިބިދީފައި އޮތް ބާރުތައް ވަރަށް ބޮޑަށް ހަނިކުރުމަށްފަހު އެވެ. 


ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox