މާލެ ތޮއްޖެހުން ހައްލުކުރަން ސަރުކާރުން އިދާރާ އުފެއްދުމުގެ ބަދަލުގައި ކައުންސިލަށް އެހީވާން އާޒިމް ގޮވާލައްވައިފި

މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް: މާލެ ތޮއްޖެހުން ހައްލުކުރަން ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތް ހުއްޓާނުލާނެ ކަމަށް މޭޔަރު ވިދާޅުވި -- ފޮޓޯ: މާލެ ސިޓީ ކައުންސިލް

މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް: މާލެ ތޮއްޖެހުން ހައްލުކުރަން ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތް ހުއްޓާނުލާނެ ކަމަށް މޭޔަރު ވިދާޅުވި -- ފޮޓޯ: މާލެ ސިޓީ ކައުންސިލް

މާލެ ތޮއްޖެހުން ހައްލުކުރަން ސަރުކާރުން އިދާރާ އުފެއްދުމުގެ ބަދަލުގައި ކައުންސިލުން އެކަން ހައްލުކުރަން ކުރަމުންދާ މަސައްކަތަށް އެހީވާންވީ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ. 

އާޒިމް އަދަދު އަށް ވިދާޅުވީ މާލެ ސިޓީ ކައުންސިލުން މާލެ ތޮއްޖެހުން ހައްލުކުރަން ކުރަމުންދާ މަސައްކަތަށް އެހީތެރިވުމުގެ ރޯލެއް އަދާކުރުމުގެ ބަދަލުގައި އޮފީހެއް ގާއިމުކުރުމަކީ ބަޖެޓުން ފައިސާ އިސްރާފުކުރުން ކަމަށާއި އެކަން ސަރުކާރުން ކުރަމުންދަނީ ކައުންސިލުން މައްސަލަ ހައްލުކުރާނެތީ ކަމަށެވެ. 

"މާލެ ސިޓީ ކައުންސިލުން މާލެ ޓްރެފިކް ހައްލުކުރަން މަސައްކަތް ކުރަމުން އެބަދަން. އެއަށް އެހީތެރިވެދިނުން ސަރުކާރުގެ ރޯލަކަށް ވާންޖެހޭނީ. އެކަން ކުރުމުގެ ބަދަލުގައި. ބަޖެޓް އިސްރާފުކުރުން އެހެން ގޮތަކަށް ބުނަންޏާ އެކަން އެކުރަނީ. އަޅުގަނޑުމެން އެކަން ކުރަން އުޅޭތީވެ، އަސްލު އަޅުގަނޑުމެން އެކަން ކުރާނެތީވެ، ޔަގީންވާނެތީ އެކަމުގެ ތެރެއަށް ވަދެގެން އެ އުޅެނީ. އާންމުކޮށް އެކަން ކުރައްވާ ގޮތް މި ސަރުކާރުން. އާންމު ކަމަކަށް ވެއްޖެ އެކަން ކުރުންވެސް،" މޭޔަރު ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ ސަރުކާރުން އިދާރާއެއް އުފެއްދި ނަމަވެސް، މާލެ ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތް ހުއްޓާނުލާ ކުރިއަށްގެންދާނެ ކަމަށެވެ. އޭގެއިތުރުން އޭނާ ވިދާޅުވީ އެ އިދާރާއިން ސިޓީ ކައުންސިލަށް އެހީތެރިކަން ފޯރުކޮށްދޭނަމަ އެކަން ބަލައިގަންނާނެ ކަމަށެވެ. 

"އަޅުގަނޑު ދެކޭ ގޮތުގައި އޮފީސްތައް އުފެއްދުމަކީ ބޭކާރު ކަމެއް އެކުރަނީ. އަޅުގަނޑުމެންގެ ފަރާތުން ހަމ  މިކަން ހައްލުކުރުމަށް ކުރާ މަސައްކަތް ހުއްޓާ ނުލާ ކުރިއަށްގެންދާނަން. ދެން އެބޭފުޅުން އަޅުގަނޑުމެންނަށް އެހީތެރިކަން ފޯރުކޮށްދެންޏާ އެ އެހީތެރިކަން ބަލައިގަންނާނަން. އެކަމަކު ކޮންމެ ކަމަށްވާއިރަށް އޮފީހެއް ހެދުމަކީ ފައިސާ އިސްރާފުކުރުން،" އާޒިމް ވިދާޅުވި އެވެ. 

މާލޭ ޓްރެފިކް ކޮންޖެޝަނާ ގުޅިގެން އދ. އާ ގުޅިގެންވެސް ދިރާސާތަކެއް ކުރަމުންދާކަން ފާހަގަކުރައްވާ އާޒިމް ވިދާޅުވީ ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. 

މޭޔަރު ވިދާޅުވީ މާލެ ތޮއްޖެހުން ހައްލުކުރުމަށް މާލެ ސިޓީ ކައުންސިލުން  30 އަހަރުގެ ޕްލޭނެއްގެ ދަށުން ލޭންޑް ޔޫޒް ޕްލޭނެއް ހަދަމުންދާ ކަމަށާއި އެކަމަކީ ޕްލޭންކޮށްގެން ވަށާޖެހޭ ގޮތެއްގައި ހުރިހާ ކަމަކަށް ރިއާޔަތްކޮށްގެން ކުރަން ޖެހޭ ކަމެއް ކަމަށެވެ. 

ޓްރެފިކް މައްސަލަ ހައްލު ކުރަން މާލޭ ސިޓީ ކައުންސިލުން މަސައްކަތް ކުރަމުންދަނިކޮށް، އެކަމަށް ހާއްސަ އޮފީހެއް މުހައްމަދު މުއިއްޒު އުފެއްދެވީ މިދިޔަ އާދީއްތަ ދުވަހު އެވެ. 

ޓްރެފިކް މައްސަލަ ހައްލު ކުރުމުގެ އެންމެ ބޮޑު މެންޑޭޓު އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ހަވާލުކޮށްފައި ވަނީ ކައުންސިލާ އެވެ. މާލޭގައި އެންމެ ގިނަވެގެން ދުއްވޭނެ އުޅަނދުގެ އަދަދު ކަނޑައެޅުމަކީ ވެސް އޭގެ ތެރެއިން ކައުންސިލުގެ ޒިންމާއެކެވެ. 

ޓްރެފިކް މައްސަލަ ހައްލު ކުރަން ކަމަށް ބުނެ ޓްރާންސްޕޯޓް މިނިސްޓްރީގެ ދަށުން "ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް" ނަމުގައި އިދާރާއެއް އުފެއްދިއިރު، ޓްރެފިކް މައްސަލަ އާއި ވެހިކަލް ތޮއްޖެހުމުގެ މައްސަލަ ހައްލު ކުރަން ކައުންސިލުން ވަނީ އެމްއެންޔޫއާ ހަވާލުކޮށްގެން ދިރާސާއެއް ވެސް ކުރިން ވަނީ ހަދައިފަ އެވެ. 

 މި އޮފީހުގެ މަސައްކަތްތައް:

  • މާލެ ސަރަހައްދުގެ މަގުތަކުގެ ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމަށް ޓަކައި ކަމާބެހޭ ފަރާތްތަކާ ގުޅިގެން ޕުރޮގުރާމުތައް އެކުލަވައިލައި އެ ޕުރޮގުރާމުތައް ތަންފީޒުކުރުން
  • އުޅަނދުތަކުގެ އަދަދު އިތުރުވުމުގެ ސަބަބުން ދިމާވެފައިވާ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް ވަށާޖެހޭ ހައްލެއް ހޯދުމަށް ޓަކައި އެކުވައިލަންޖެހޭ ސިޔާސަތުތައް އެކުލަވައިލުމުގައި ކަމާބެހޭ ފަރާތްތަކަށް ލަފާދިނުން
  • ދަތުރުފަތުރުގެ ނިޒާމު ޒަމާނީކޮށް، ޕާކުކުރެވޭނެ ވަސީލަތްތަކާއި އެހެނިހެން ޒަމާނީ ހައްލުތައް ހޯދައި، އެފަދަ ވަސީލަތްތައް ތަރައްގީކުރުމުގެ މަސައްކަތްތައް ތަންފީޒުކުރުމުގައި އިސްދައުރެއް އަދާކުރުން

މާލޭ ސިޓީ ކައުންސިލުން ކުރާ މުހިންމު މަސައްކަތްތައް ކުރަން ސަރުކާރުން އޮފީހެއް ހެދިއިރު، ދާދިފަހުން ބޭއްވި ކައުންސިލްތަކުގެ އިންތިހާބުގައި މާލޭ ސިޓީ ކައުންސިލުގެ މެޖޯރިޓީ އާއި މޭޔަރުގެ މަގާމް ކާމިޔާބު ކުރެއްވީ އިދިކޮޅު އެމްޑީޕީ އިންނެވެ. 

އޭގެ ފަހުން ސަރުކާރުގެ ބައެއް އިދާރާތަކުން ދަނީ ކައުންސިލާއެކު މަސައްކަތް ކުރަން ވެސް ދެކޮޅު ހަދަމުންނެވެ. އޭގެ ތެރޭގައި ކޮންސްޓްރަކްޝަން މިނިސްޓްރީ ހިމެނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox