ފްރާންސް ޓީމާ ގުޅޭގޮތުން ޕޯސްޓެއް ކުރިގޮތުން އަމީތާބު ހޫނުފެނަށް

Jul 9, 2026, 6:41 AM
ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަމީތާބު: އޭނާ އެކްސްގައި ކުރި ޕޯސްޓެއްގެ ސަބަބުން ގިނަ ބަޔެއްގެ ނުރުހުން ވަނީ އަމާޒުވެފައި.

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަމީތާބު: އޭނާ އެކްސްގައި ކުރި ޕޯސްޓެއްގެ ސަބަބުން ގިނަ ބަޔެއްގެ ނުރުހުން ވަނީ އަމާޒުވެފައި.

ދުބާއީ، ޔޫއޭއީ (ޖުލައި 9) - ފްރާންސް ގައުމީ ޓީމުގައި ހިމެނޭ ކުޅުންތެރިންނާ ބެހޭގޮތުން، ބޮލީވުޑްގެ މަޝްހޫރު އެކްޓަރު، އަމީތާބް ބަޗަން، އެކްސްގައި ކުރި ޕޯސްޓެއްގެ މައްސަލައިގައި ގިނަ ސަޕޯޓަރުންތަކެއް ނުރުހުން ފާޅުކޮށްފި އެވެ. 

އެމެރިކާ އާއި ކެނަޑާ އަދި މެކްސިކޯގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގަދަ 16 ޓީމުގެ ބުރުގައި، ފްރާންސް އިން 1-0 އިން ޕެރަގުއޭ ބަލިކުރި މެޗަށް ފަހު، އަމީތާބް ވަނީ، އޭނާގެ ވެރިފައިޑް އެކްސް އެކައުންޓްގައި (ކުރީގެ ޓްވިޓާގައި) ޕޯސްޓެއް ކޮށްފަ އެވެ. 

އެ ގޮތުން، އަމީތާބް ލިޔެފައިވަނީ، މި ފަަހަރުގެ ވޯލްޑް ކަޕްގައި ފްރާންސްގެ ޓީމުގައި ހިމެނޭ 10 ކުޅުންތެރިންނަކީ ކަޅު ކުޅުންތެރިން ކަމަށާއި އެއް ކުޅުންތެރިއަކީ ދޮން ކުޅުންތެރިއެއް ކަމަށެވެ. އަދި، މީގެއިން އެނގެނީ، ކަޅު ކުޅުންތެރިންގެ ބާރުގަދަކަން ކަމަށް އަމީތާބް ބުނެފައިވެ އެވެ. 

އެކްސްގައި އަމީތާބު ކޮށްފައިވާ ޕޯސްޓް:
އެކްސްގައި އަމީތާބު ކޮށްފައިވާ ޕޯސްޓް:

މިއާ އެކު، ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ އަމީތާބްގެ މި ޕޯސްޓުން ބާރު އަޅަނީ ނަސްލީ ތަފާތު ކުރުމާއި ހަމުގެ ކުލައިން މީހުން ގިންތި ކުރުމަށް ކަމަށެވެ، އަދި، މިއީ، އެއްވެސް މީހަކު ފާޅުކުރަން ޖެހޭ ފަދަ ޝުއޫރެއް ނޫން ކަމަށް ވެސް ގިނަ ސަޕޯޓަރުން އަންނަނީ ބުނަމުންނެވެ.

މި ކަމަށް އަމީތާބް، މާފަށް ނޭދޭނަމަ އޭނާ އަކީ ރޭސިޒަމް އަށް ހިތްވަރުދޭ މީހެއްގެ ގޮތުގައި ބެލެވޭނެ ކަމަށް ވެސް ގިނަ ސަޕޯޓަރުން އަންނަނީ ބުނަމުންނެވެ. 

މި ޕޯސްޓްގައި އަމީތާބް މާނަކޮށްފައި އޮތީ ނަސްލީ ތަފާތު ކުރުމަށް ހިތްވަރު ދިނުމަށް ނޫން ކަމަށް ބުނެ، އޭނާގެ ސަޕޯޓަރުން އަންނަނީ މި ޕޯސްޓް ދިފާއުކުރަމުންނެވެ. 

މި ފަހަރުގެ ވޯލްޑް ކަޕްގެ ކަވަރޭޖްގެ ތެރެއިން ޖަރުމަނުގެ ކުރީގެ މިޑްފީލްޑަރު، ބަސްޓިއަން ޝްވައިންސްޓައިގާ ވާހަކަ ދައްކަމުން، އެފްރިކާ ނަސްލުގެ ކުޅުންތެރިންނަށް ކުޑައިމީސްކޮށް ދެއްކި ވާހަކަތަކަކާ ގުޅިގެން އޭނާ ވަނީ މާފަށް އެދިފަ އެވެ.

ފްރާންސަކީ އެފްރިކާ އަށް ނިސްބަތްވާ އެކި ގައުމުތަކުގެ ދަރިކޮޅުގެ ގިނަ ކުޅުންތެރިންތަކެއް ކުޅެމުން އަންނަ ގައުމެކެވެ. އެ ގޮތުން، ފްރާންސް އިން 2018 ވަނަ އަހަރު ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި ސްކޮޑުގައި ވެސް އެފްރިކާގެ އެކި ގައުމުތަކަށް ނިސްބަތްވާ ކުޅުންތެރިން ހިމެނެ އެވެ. 

މި ފަހަރުގެ ވޯލްޑް ކަޕްގެ އެއް ފޭވަރިޓުންގެ ގޮތުގައި ބެލެވޭ ފްރާންސް އިން މުބާރާތުގެ ކުއާޓާ ފައިނަލުގައި މިރޭ ކުޅޭނީ އެފްރިކާގެ ގަދަ ބާރު، މޮރޮކޯއާ އެވެ. އެންމެ ފަހުން، 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލުން ފްރާންސް އަތުން ބަލިވި މެޗަށް ފަހު، އޭގެ ފަހުން، މޮރޮކޯ މިހާތަނަށް މެޗަކުން ބަލިވެފައިނުވެ އެވެ. 


ކޮމެންޓް

ފަހުގެ ޚަބަރު

ކްލޮޕްގެ ކޯޗުކަމުގައި ލިވަޕޫލަށް ކުޅެން ޖެރާޑް ވަރަށް ބޭނުންވި

ލިވަޕޫލްގެ ކުރީގެ ކެޕްޓަން ސްޓީވެން ޖެރާޑްގެ ކެރިއަރުގައި އެންމެ ބޭނުންވި އެއް ކަމަކީ ޔާގެން ކްލޮޕްގެ ކޯޗުކަމުގައި އެ ޓީމަށް ކުޅުން ކަމަށް އޭނާ ބުނެފި. ޖެރާޑް، ލިވަޕޫލް ދޫކޮށްލިތާ މަދު މަސްކޮޅެއްގެ ތެރޭގައި ކްލޮޕް އެ ޓީމާ ގުޅުނުއިރު، ކްލޮޕްގެ އިރުޝާދުގެ ދަށުން ކުޅުމުގެ ފުރުސަތު ލިބުނުނަމަ ކޮންމެފަދަ ގުރުބާނީއެއް ވާންވެސް ތައްޔާރަށް ހުރިކަމަށް

ފްރާންސް މޮޅުވިޔަސް ޒިދާންގެ ހިތެއް ނުފުރުނު

ޔުއެފާ ނޭޝަންސް ލީގުގައި ބެލްޖިއަމް އަތުން 4-1 އިން ފްރާންސް މޮޅުވިއިރު، މިއީ އަމިއްލަ ގައުމުގައި ކޯޗު ޒިދާން ހޯދި ފުރަތަމަ މޮޅެވެ. މެޗުގެ ފަހުކޮޅު 13 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައިގެން މޮޅުވި ނަމަވެސް، ޓީމުގެ ކުޅުމުގައި ރަނގަޅު ކުރަންޖެހޭ ކަންކަން އަދިވެސް ގިނަ ކަމަށް ޒިދާން ފާހަގަކުރިއެވެ. މި ނަތީޖާއާއެކު ފްރާންސް އޮތީ 10 ޕޮއިންޓާއެކު ގްރޫޕުގެ އެއްވަނައިގައެވެ.

އޭއެފްސީން 2030 ވަނަ އަަހަރު ނޭޝަންސް ލީގެއް ފަށަނީ

އޭއެފްސީން 2030 ވަނަ އަހަރު އަލަށް ފަށާ ނޭޝަންސް ލީގު، ވޯލްޑް ކަޕާއި އޭޝިއަން ކަޕްގެ ކޮލިފައިންއާ ގުޅުވާލައިގެން ކުރިއަށްގެންދަން ވަނީ ނިންމާފައި. ތިން ފަންތިއަކަށް ބަހާލައިގެން ބާއްވާ މި މުބާރާތުގެ ސަބަބުން އޭޝިއާގެ ފުޓްބޯޅައިގެ ލެވަލް ކުރިއަށްދާނެ.

ރޮނާލްޑޯގެ ކެރިއަަރާ މެދު އަމިއްލަ އަށް ގޮތެއް ނިންމަން ޖެހޭ

އަމިއްލަ ސަބަބަކާ ހުރެ ކްރިސްޓިއާނޯ ރޮނާލްޑޯ ޕޯޗުގަލްގެ ގައުމީ ޓީމުގެ ކޭމްޕް ދޫކޮށްލާފައިވާއިރު، އޭނާގެ ކެރިއަރާ މެދު އަމިއްލައަށް ގޮތެއް ނިންމަން ޖެހޭ ކަމަށް ކޯޗު ޖޯޖް ޖީސޫސް ބުނެފި. ރޮނާލްޑޯ ބުނެފައިވަނީ މި ނިންމުން ނިންމަން މެދުވެރިވި ސަބަބު ފަހުން ހާމަކުރާނެ ކަމަށާއި، ކޯޗު ބުނާގޮތުން އޭނާއަށް އަދިވެސް ގައުމީ ޓީމުން ފުރުސަތު އެބައޮތް

ސާފްގެ މުހިންމު ކޮމިޓީތަކުގައި ރާއްޖޭގެ ބައިވެރިވުން

ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) ގެ މުހިންމު ކޮމިޓީތަކަށް ރާއްޖޭގެ އެފްއޭއެމްގެ އިސް ބޭފުޅުންތަކެއް އިންތިޚާބުވެވަޑައިގެންފި. މީގެ ތެރޭގައި ސާފްގެ ކޮމްޕެޓިޝަން ކޮމިޓީ، މާކެޓިން އެންޑް ކޮމިއުނިކޭޝަންސް ކޮމިޓީ، އަދި އަންހެނުންގެ އެޑް ހޮކް ކޮމިޓީއަށް ރާއްޖޭގެ މަންދޫބުން ވަނީ ހަމަޖައްސާފައި

އޭޝިއަން ގޭމްސްގެ މެޑަލް ތާވަލުގެ އެއް ވަނަ ޗައިނާ އަށް

ޖަޕާނުގައި ބޭއްވި އޭޝިއަން ގޭމްސްގެ މެޑަލް ތާވަލުގެ އެންމެ ކުރި 341 މެޑަލްއާއެކު ޗައިނާ އިން ހޯދިއިރު، ދެވަނަ އަދި ތިންވަނަ ލިބުނީ ޖަޕާނާއި ދެކުނު ކޮރެއާ އަށް. މި މުބާރާތުގައި ޖުމްލަ 40 ގައުމަކުން މެޑަލް ހޯދާފައިވާއިރު، ސަތޭކައަށް ވުރެ ގިނަ މެޑަލް ކާމިޔާބުކުރީ ތާވަލުގެ ގަދަ ތިން ގައުމުން އެކަނި

ބަރޮސް އިން ރިސޯޓް ލީގު ނޯތު މާލެ ޒޯން ތަށި އުފުލާލައިފި

ރިސޯޓް ލީގުގެ ނޯތު މާލެ ޒޯން ފައިނަލްގައި ބަނޑޮސް މޯލްޑިވްސްއާ ވާދަކޮށް، ޕެނަލްޓީ ޖަހައިގެން 5-6 އިން މޮޅުވެ ބަރޮސް މޯލްޑިވްސް އިން މުބާރާތުގެ ތަށި އުފުލާލައިފި. ފޯރިގަދަ ކުޅުމަކަށްފަހު މެޗުގެ ފުރިހަމަ ވަގުތު 2-2 އިން އެއްވަރުވިއިރު، މި ޒޯނުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބަނޑޮހުގެ އަހުމަދު ޝަމާލް.

Newsletter

Get the latest news delivered straight to your inbox