9 އަހަރަށް ފަހު ޑާލިޗް ކްރޮއޭޝިއާގެ ކޯޗުކަން ދޫކޮށްލައިފި

Jul 9, 2026, 6:40 AM
ކޯޗު ޒްލަޓްކޯ ޑާލިޗް: ކްރޮއޭޝިއާގެ ކޯޗުކަމުން ވަނީ އަމިއްލަ އަށް ވަކިވެފައި.

ކޯޗު ޒްލަޓްކޯ ޑާލިޗް: ކްރޮއޭޝިއާގެ ކޯޗުކަމުން ވަނީ އަމިއްލަ އަށް ވަކިވެފައި.

ޒަގްރެބް، ކްރޮއޭޝިއާ (ޖުލައި 9) - ފާއިތުވި ނުވަ އަހަރު ކްރޮއޭޝިއާ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ހުރި ޒްލަޓްކޯ ޑާލިޗް، މި ފަހަރުގެ ވޯލްޑް ކަޕްގެ ނަތީޖާތަކަށް ފަހު، އެ ޓީމުގެ ކޯޗުކަން ދޫކޮށްލައިފި އެވެ. 

އެމެރިކާ، ކެނަޑާ އަދި މެކްސިކޯގައި މި ފަހަރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުން ކްރޮއޭޝިއާ ކެޓީ ގަދަ 32 ޓީމުގެ ބުރުގައި ހިތްދަތި ގޮތަކަށް ފަހު ވަގުތު ޕޯޗުގަލް އަތުން 2-1 އިން ބަލިވެގެންނެވެ. އެއީ، ކްރޮއޭޝިއާ އަށް ޑާލިޗް ކޯޗުކޮށްދިން 111 ވަނަ މެޗެވެ. އަދި، މިހާރު އެ މެޗު ވެގެން ގޮސްފައި މި ވަނީ، 59 އަހަރުގެ ޑާލިޗް، ކްރޮއޭޝިއާގެ ބެންޗުން ފެނިގެންދިޔަ ފަހު މެޗަށް ވެސް މެ އެވެ. 

ކްރޮއޭޝިއާގެ ކޯޗުކަމާ 2017 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ހަވާލުވި، ޑާލިޗަކީ އެ ގައުމުގެ ފުޓްބޯޅަ ތާރީހުގައި އެންމެ ކާމިޔާބު ކޯޗެވެ. އެ ގޮތުން، ޑާލިޗްގެ ކޯޗުކަމުގައި ކްރޮއޭޝިއާ އިން ވަނީ އެންމެ ފަހުން ދެ ވޯލްޑް ކަޕްގައި ވެސް ތަފާތު ކާމިޔާބީތަކެއް ހާސިލްކޮށްފަ އެވެ. އެ ގޮތުން، 2018 ވަނަ އަހަރު ރަޝިއާގައި ކުރިއަށްދިޔަ ފީފާ ވޯލްޑް ކަޕްގައި ކްރޮއޭޝިއާ ފައިނަލުގައި ކުޅެ، ފްރާންސް އަތުން 4-2 އިން ބަލިވި އެވެ. އޭގެ ހަތަރު އަހަރު ފަހުން، ގަަތަރުގައި 2022 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގައި، މޮރޮކޯ ބަލިކޮށް ކްރޮއޭޝިއާ އިން ވަނީ ތިން ވަނަ ހޯދައިފަ އެވެ. 

ޖެހިޖެހިގެން ދެ ވޯލްޑް ކަޕްގައި ސެމީ އަށް ކްރޮއޭޝިއާ ގެންގޮސްދިން ޑާލިޗް ވަނީ 2023 ވަނަ އަހަރުގެ ޔުއެފާ ނޭޝަންސް ލީގުގެ ފައިނަލުގައި ވެސް ކްރޮއޭޝިއާ ގޮވައިގެން ވާދަކޮށްފަ އެވެ. އެކަމަކު ޕެނަލްޓީ ޖަހައިގެން ސްޕެއިން އަތުން ބަލިވީ އެވެ. ޑާލިޗަށް ޔޫރޯގެ ދެ މުބާރާތުގައި ވާދަކޮށްގެން ވެސް ކްރޮއޭޝިއާ ގޮވައިގެން ގަދަ 16 އަށް ވުރެން ދުރަށް ނުދެވުނެވެ. 

ޑާލިޗް ބުނީ، ކްރޮއޭޝިއާގެ ކޯޗަކަށް ހުރެ އޭނާ އަށް ގިނަ ތަޖުރިބާތަކެއް ކުރަން ޖެހުނު ކަމަށާއި ކުރެވުނީ ފަހުރުވެރި މަސައްކަތެއް ކަމަށެވެ. އަދި، ކްރޮއޭޝިއާ މިހާރު އޮތް ހިސާބުން ދެން ކުރިއަށް ދިއުމަށް ބޭނުންވަނީ އާ ވިސްނުންތަކަކަށް ފުރުސަތު ދިނުމަށް ކަމަށް ޑާލިޗް ވަނީ ބުނެފަ އެވެ. 

"މިއީ، މި ޗެޕްޓަރު ނިންމާލާފައި، ދެން އޮތް ހަރުފަތަށް ދިއުމަށްޓަކައި، އާ ވިސްނުންތަކަކަށް ފުރުސަތު ދޭންވީ ވަގުތު، އަބަދުވެސް ކްރޮއޭޝިއާ ފުޓްބޯޅަ އަށް ކާމިޔާބަށް އެދެން،" ޑާލިޗް ބުންޏެވެ. 

ޑާލިޗަކީ މި ފަހަރުގެ ވޯލްޑް ކަޕްގެ ތެރޭގައި، ކޯޗުކަން ދޫކޮށްލި 13 ވަނަ ފަރާތެވެ. އެ ގޮތުން، އެންމެ ފުރަތަމަ މުބާރާތުގެ ތެރެއިން، ޓިއުނީޝިއާ އިން ފުރަތަަމަ މެޗަށް ފަހު، އެ ޓީމުގެ ކޯޗު ސަބްރީ ލަމޫޗީ ވަކިކުރިއިރު، އޭނާގެ ބަދަލުގައި ދެން އައި ކޯޗު ހާވް ރެނާޑް ވެސް ވަނީ އެ ޓީމު ދޫކޮށްލައިފަ އެެވެ.

އޭގެ އިތުރުން، ސްކޮޓްލެންޑްގެ ކޯޗު ސްޓީވް ކްލާކް، ދެކުނު ކޮރެއާގެ ކޯޗު ހޮން މިއުން ބޯ، ޗެކް ރިޕަބްލިކްގެ ކޯޗު މިރޯސްލާވް ކޫބެކް، ނެދަލެންޑްސްގެ ކޯޗު ރޮނާލްޑް ކޫމަން، ޖަރުމަނުގެ ކޯޗު ހޫލިއަން ނާގަލްސްމަން، ގާނާގެ ކޯޗު ކާލޯސް ކުއެރޯޒް، އެކުއެޑޯގެ ކޯޗު ސަބެސްޓިއަން ބަކަސޭސޭ، މެކްސިކޯގެ ކޯޗު ހަވިއޭ އަގީރޭ، އުރުގުއޭގެ ކޯޗު މާސެލޯ ބިއެލްސާ އަދި ޕޯޗުގަލްގެ ކޯޗު ރޮބާޓޯ މާޓީނޭޒް ވެސް ވަނީ މަގާމުން ވަކިވެފަ އެެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޕޮލިހުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި

މިދިޔަ އަހަރުގެ ޗެމްޕިއަން ސިފައިންގެ ކްލަބް ސީދާ ތިން ސެޓުން ބަލިކޮށް، ޕޮލިސް ކްލަބުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި. ޝެޑިއުލަށް އައި ބަދަލަކާ ގުޅިގެން ސިފައިންގެ ޓީމުގެ މުހިންމު ދެ ބިދޭސީ ކުޅުންތެރިން ނުލައި ކުޅުނު މި މެޗު ޕޮލިހުން ކާމިޔާބުކުރިއިރު، މޮޅުވީ ތަފާތު ކުޅުމެއް ދައްކައި، ސިފައިންނަށް އެއްވެސް ފުރުސަތެއް ނުދީ.

ރިސޯޓް ސުޕަ ލީގުގެ ފައިނަލްގެ ފަހު ޖާގަ އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ސެމީ ފައިނަލުގައި ވޮއްމުލި ބަލިކޮށް، ފައިނަލުގެ ފަހު ޖާގަ ސަން ސިޔާމް އޮޅުވެލިން ހޯދައިފި. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 އިން އެއްވަރުވުމުން، އޮޅުވެލި މޮޅުވީ ޕެނަލްޓީ ޖަހައިގެން 7-6 ގެ ނަތީޖާއަކުންނެވެ. ފައިނަލް މެޗުގައި އޮޅުވެލި ބައްދަލުކުރާނީ ވެލާ ޕްރައިވެޓް އައިލެންޑާ.

ވެމްކޯ އިން ގައުމީ ވޮލީ ލީގު އަންހެން ޑިވިޝަން ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ކްލަބް ވެމްކޯ އިން ހޯދައިފި. ވެމްކޯ އިން މި މުބާރާތް ކާމިޔާބުކުރީ ލީގުގެ ފަހު މެޗުގައި ޕޮލިސް ކްލަބް ބަލިކޮށް، ޖުމްލަ 12 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ ހޯދައިގެން.

ސާފް އިން ދިން މުއްދަތުގައި އިންޑިއާ އިން ނިންމީ ބައިވެރިވާން

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ވަކިވި ކަމަށް ދެކެވޭ ވާހަކަތައް ސާފުން ދޮގުކޮށް، އެ ގައުމުން މުބާރާތުގައި ބައިވެރިވާނެކަން މިހާރު ވަނީ ކަށަވަރުކޮށްދީފައި. އިންޑިއާ އިން މިގޮތަށް ނިންމީ ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ދިމާވި މައްސަލަތަކާ ގުޅިގެން ސާފް އިން ދިން މުއްދަތުގެ ތެރޭގައި މަޝްވަރާ ކުރުމަށްފަހު

ޝެޑިއުލަށް އައި ބަދަލާ އެކު ބިދޭސީ ކުޅުންތެރިން ނެތި ފައިނަލަށް

ގައުމީ ވޮލީބޯޅަ މުބާރާތުގެ ޝެޑިއުލަށް އައި ބަދަލާ ގުޅިގެން، ތަށި ދިފާއުކުރަން ނުކުންނަ ސިފައިންގެ ކްލަބަށް މިރޭގެ ފައިނަލުގައި ބިދޭސީ ކުޅުންތެރިންނާ ނުލައި ކުޅެން ޖެހިއްޖެ. ސިފައިންގެ ޓީމަށް ކުޅޭ ޕާކިސްތާނުގެ ދެ ކުޅުންތެރިން މިއަދު ރާއްޖޭން ފުރީ، ކުރިން ތާވަލުކުރި ތާރީޚަށް ވުރެ ފައިނަލް މެޗު ލަސްވުމުން އެހެން ގައުމެއްގެ މުބާރާތަކަށް ދާން ޖެހުމުން

ޔުނައިޓެޑްގެ ބޯޑުން އޮތީ ކެރިކަށް އިތުރު ފުރުސަތެއް ނުދޭ ގޮތަށް

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން އެ ކްލަބުގެ ކޯޗުކަމުން މައިކަލް ކެރިކް ވަކިކުރަން ބޯޑުން ވަނީ ނިންމާފައި. މި ސީޒަނުގައި ޔުނައިޓެޑުން އެންމެ ފަހުން ކުޅުނު އަށް މެޗުން މޮޅުވެފައިނުވާއިރު، ކެރިކް މަގާމުން ދުރުކުރުމުގެ ފައިނަލް ނިންމުން ނިންމާނީ ކްލަބުގެ ގާނޫނީ އަދި ޓެކްނިކަލް ޓީމާ މަޝްވަރާކުރުމަށް ފަހުގައި

ގައުމީ ބީޗް ހޭންޑްބޯޅަ މުބާރާތް ހޯސްޓްކުރަން ހުޅުވާލައިފި

ރާއްޖޭގައި ބާއްވާ ފުރަތަމަ ގައުމީ ބީޗް ހޭންޑްބޯޅަ މުބާރާތް ހޯސްޓްކުރުމުގެ ފުރުސަތު، ކައުންސިލްތަކާއި ޖަމިއްޔާތަކަށް ހޭންޑްބޯލް މޯލްޑިވްސް އިން ހުޅުވާލައިފި. އަންނަ މަހުގެ 28 އިން ޑިސެމްބަރު 10 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތް ހޯސްޓްކުރަން ބޭނުންވާ ފަރާތްތަކުން އަންނަ މަހުގެ 5 ވަނަ ދުވަހުގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަންޖެހޭނެ

Newsletter

Get the latest news delivered straight to your inbox