ކިޑްސަލް މުބާރާތުގެ ޗެމްޕިއަންކަން އެސްޕަޔާ އަށް

Jul 4, 2026, 5:26 AM
އެސްޕަޔާ އިން ކިޑްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް،އެމްވީ

އެސްޕަޔާ އިން ކިޑްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް،އެމްވީ

ފައިނަލުގައި ޕެނަލްޓީ ޖަހައިގެން އެލީޓް އެކަޑަމީ ބަލިކޮށް އެސްޕަޔާ ފުޓްބޯލް އެކަޑަމީން ކްލަބް މޯލްޑިވްސް އިން ބޭއްވި ކިޑްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ. 

ޖުމްލަ އެކު، 10 ޓީމު ވާދަކުރި ކިޑްސަލް މުބާރާތުގެ ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު އޮތީ 2-2 އިން އެއްވަރުވެފަ އެވެ. އެ ގޮތުން، އެސްޕަޔާގެ ލަނޑުތައް ޖެހީ، އަހުމަދު ޔާލް ސުޖާއު އާއި ޔަލްސަން ބިން ހިސާން އެވެ. އެލީޓުން ލަނޑުތައް ކާމިޔާބުކުރީ އާދު ބިން މުހައްމަދު ނިޔާޒް އެވެ. 

ނަތީޖާ ނެރެން ޕެނަލްޓީ ޖެހިއިރު، އެސްޕަޔާ މޮޅުވީ 4-2 އިންނެވެ. 

ޕެނަލްޓީގައި އެސްޕަޔާ އިން ހަތަރު ޕެނަލްޓީ ވެސް ކާމިޔާބުކުރި އެވެ. އެ ޓީމުން ޕެނަލްޓީތައް ޖެހީ، ޔަލްސަންގެ އިތުރުން، އަހުމަދު އާހިލް ހުސެއިން، އައްމާރު ބިން ނަވާޒް އަދި މިކާ މުހައްމަދު ކަލީމް އެވެ. އެލީޓުން ހަތަރު ޕެނަލްޓީގެ ތެރެއިން ތިން ޕެނަލްޓީ ވައްދާލިއިރު، އެ ޓީމަށް ނާކާމިޔާބުވީ އާދު އާއި ޝައިމަން އަހުމަދު ރިޒާ ޖެހި ޕެނަލްޓީތަކެވެ. އެ ޓީމުން ޕެނަލްޓީތައް ކާމިޔާބުކުރީ ޔޫސުފް ލުގްމާން ނަސީމް އާއި އަލީ ޒިހާން ޒިޔާދު އެވެ. 

އެސްޕަޔާގެ ކީޕަރު، އަބްދުﷲ ރައުޝަމް އިބްރާހިމް މުޖާހު ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި އޭނާގެ އިތުރުން ދެން ހިމެނެނީ، އައްމާރު އާއި ރާއިޝް ރަމީޒު، އާދު އަދި މުހައްމަދު ރައުޝަމް ރަމީޒް އެވެ.  

އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު އެލީޓްގެ އާދު އަށް ލިބުނުއިރު، އެންމެ ގިނަ ލަނޑު ޖަހައި ރަން ބޫޓު ހޯދީ ވެސް އޭނާ އެވެ. އެއީ، 17 ލަނޑެވެ. 

އެންމެ މޮޅު ކޯޗަކީ އެސްޕަޔާގެ ނައުފަލް މުހައްމަދު އެވެ. ފެއާ ޕްލޭ ޓީމަކީ ހުޅުމާލެ ޔޫތު ސްޕޯޓްސް ކްލަބް އެވެ. ފެއާ ޕްލޭ ކުޅުންތެރިއަކީ ނިއު ރޭޑިއަންޓްގެ މުހައްމަދު އަޒުހާން އަލީ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox