އިންޑޯ ފުޓްސަލް ކޮމްޕްލެކްސްގެ މަސައްކަތް މި މަހު ފެށޭނެ: ރާފިއު

Mar 3, 2026, 4:51 AM
އިންޑޯ ފުޓްސަލް ކޮމްޕްލެކްސްގެ މަސައްކަތް މި މަހު ފެށޭނެ: ރާފިއު

ސަރުކާރުން ގާއިމްކުރާ އިންޑޯ ފުޓްސަލް ކޮމްްޕްލެކްސްގެ މަސައްކަތް މި މަސް ތެރޭ ފެށޭނެ ކަމަށް ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ) ވިދާޅުވެއްޖެ އެވެ.

ސްޕޯޓްސް މިނިސްޓްރީން ގިނަ ދުވަސްތަކަކަށް ފަހު، އިއްޔެ ވަނީ އެ ވުޒާރާގެ މަސައްކަތްތަކާ ބެހޭގޮތުން މައުލޫމާތު ދިނުމަށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފަ އެވެ. ރައީސް އޮފީހުގައި ބޭއްވި އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ރާފިއު ވިދާޅުވީ، ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ރާއްޖޭން ހޯދައި، ހާސިލްކުރި ބޮޑު ކާމިޔާބަށް ފަހު، ފުޓްސަލްގެ އިންޑޯ ޕިޗެއް ނެތްކަމުގެ ޝަކުވާތައް ގިނަވެފައިވާ ކަމަށެވެ.

"ފޭސް 2 ގައި ހެދޭ ފުޓްސަލް އިންޑޯ ކޮމްޕްލެކްސްގެ މަސައްކަތް އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އަޅުގަނޑުމެންނަށް ފެށިގެންދާނެ. އެކަމަށް ބޭނުންވާ ހުރިހާ ކަމެއް މިހާރު މިވަނީ ނިމިފައި. ބަޖެޓާއި، އެކަން ކުރެވޭނެ ފަރާތްތަކާއި މި ހުރިހާ ކަމެއް މިވަނީ އަޅުގަނޑުމެންނަށް ހަމަޖެހިފައި. ﷲ އިރާދަކުރެއްވިއްޔާ މި މަސް ތެރޭގައި އެ މަސައްކަތް އަޅުގަނޑުމެންނަށް ފެށިގެންދާނެ،" ރާފިއު ވިދާޅުވި އެވެ.

Advertisement

އޭނާ ވިދާޅުވީ މި އަހަރުގެ ފުރަތަމަ ދެ މަސް ތެރޭ ރާއްޖޭގެ ކުޅިވަރަށް ލިބުނު އެންމެ ބޮޑު ކާމިޔާބީގެ ތެރޭގައި ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހިމެނޭ ކަމަށެެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، ރިޔާސީ ބަޔާނުގައި ވިދާޅުވީ، ބައިނަލްއަގުވާމީ ފެންވަރުގެ މެޗުތައް ކުޅެވޭނެ ފުޓްސަލް ކޮމްޕްލެކްސެއްގެ މަސައްކަތް އަންނަ އޭޕްރީލް މަހު ފެށޭނެ ކަމަށެވެ.

އެ ގޮތުން، މުއިއްޒު ވިދާޅުވީ، އިންޓަނޭޝަނަލް މެޗުތައް ބޭއްވޭ ފެންވަރުގެ އިންޑޯ ފުޓްސަލް ސްޓޭޑިއެމް އެއް ހިމެނޭހެން އިތުރު ހަތަރު އިންޑޯ ޓްރެއިނިން ޕިޗާއެކު ސްޓޭޓް އޮފް ދި އާޓް މަލްޓި ސްޓޯރީ ފުޓްސަލް ކޮމްޕްލެކްސަކާއި އިންޓަނޭޝަނަލް މެޗުތައް ބޭއްވޭ ފެންވަރުގެ އިންޑޯ ނެޓްބޯޅަ ސްޓޭޑިއެމް އެއް ހިމެނޭހެން އިތުރު ހަތަރު އިންޑޯ ޓްރެއިނިން ޕިޗާ އެކު ސްޓޭޓް އޮފް ދި އާޓް މަލްޓި ސްޓޯރީ ނެޓްބޯޅަ ކޮމްޕްލެކްސެއް ހުޅުމާލޭގައި ޢިމާރާތްކުރުމުގެ މަސައްކަތް އަންނަ އޭޕްރީލް މަހު ފެށޭނެ ކަމަށެވެ.

ދިޔަ ސަރުކާރުގެ ކުޅިވަރާ ބެހޭ މިނިސްޓަރު، އަހުމަދު މަހުލޫފް، ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ދައުރު ނިމުމުގެ ކުރިން ފުޓްސަލް އިންޑޯއެއް އަޅާނެ ކަމަށް ވިދާޅުވި އެވެ. އެކަމަކު، ދައުރު ނިމުނުއިރު، އެ އަށް އަމަލީ ސިފައެއް ނާދެ އެވެ. އަދި، މި ސަރުކާރު ފެށިގެން ހަފްތާ 14 ގެ ތެރޭގައި، ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ) އާއި އެޗްޑީސީ އަދި، ފިނޭންސް މިނިސްޓްރީން ފުޓްސަލް/ނެޓްބޯލް ކޮމްޕެލްކްސްގެ ބިމާ ގުޅޭ އެއްބަސްވުމެއް ވެސް ހެދި އެވެ.

އެ ގޮތުން، ސަރުކާރުގެ ދެ މިނިސްޓްރީ އާއި އެޗްޑީސީން، 24 ފެބްރުއަރީ 2025 ގައި، ނެޓްބޯލް އާއި ފުޓްސަލް ކޮމްޕްލެކްސްގެ ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރިއިރު، "އަދަދު ސްޕޯޓްސް" އިން ހުށަހެޅި މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގު (އާރްޓީއައި)ގެ ޖަވާބުގައި، ނޮވެމްބަރު 16 ވަނަ ދުވަހު، މިނިސްޓްރީން ބުނެފައިވަނީ، ނެޓްބޯޅަ އާއި ފުޓްސަލް ކޮމްޕެލްކްސްގެ، "މަސައްކަތް ނުފަށާ،" ކަމަށެވެ.

ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން ރާއްޖޭގެ ގައުމީ ފިރިހެން ފުޓްސަލް ޓީމުން ހޯދިއިރު، އެ ޓީމުން އެނބުރި މާލެ އައިއިރު، ބޭއްވި އުފާފާޅުކުރުމުގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ސްޕޯޓްސް މިނިސްޓްރީން އިއުލާނުކުރި އެެވެ. އެކަމަކު، ގައުމީ ފުޓްސަލް ޓީމާ ރައީސް ބައްދަލުވެސް ކުރައްވާފައިނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox