އެކްސްއެލްގެ "ޓެބް ޕްރޯމޯޝަން" ފަށައިފި؛ ހޮންޑާ ސްކޫޕީ އާއި ބައިސްކަލް އަދި ފައިސާގެ ބޮޑެތި އިނާމުތަކެއް!

Jun 17, 2026, 10:31 AM
އެކްސްއެލް ޕްރޮމޯޝަން

އެކްސްއެލް ޕްރޮމޯޝަން

އާންމުންގެ މަގުބޫލްކަން ހޯދާފައިވާ އެކްސްއެލް އެނާޖީ ޑްރިންކް ތަޅެއް ގަނެގެން، ކޮންމެ ދުވަހަކުވެސް އިނާމު ހޯދުމުގެ ފުރުސަތާއެކު "އެކްސްއެލް ޓެބް ޕްރޮމޯޝަން" ފަށައިފި އެވެ.

"ގޭމް އިޒް އޮން! ޗިއަރ އެންޑް ވިން ޕްރައިޒަސް" ގެ ޝިއާރުގެ ދަށުން، އެކްސްއެލްގެ ރާއްޖޭގެ ސޯލް ޑިސްޓްރިބިއުޓަރު ބީއެޗްއެމްއިން މި ހަފުތާގައި ފެށި މި ޕްރޮމޯޝަނަކީ އެކްސްއެލް ދަޅުގެ މަތިގަނޑުގައި އިންނަ "ޓެބް" އެއްކޮށްގެން ބައިވެރިވެވޭ ގޮތަށް ހުޅުވާލާފައިވާ ޕްރޮމޯޝަނެކެވެ.

ޕްރޮމޯޝަނުން ލިބޭ ބޮޑެތި އިނާމުތައް:

  • ކޮންމެ ދުވަހެއްގެ ނަސީބުވެރިން: ކޮންމެ ދުވަހަކު ހޮވޭ ނަސީބުވެރިންނަށް އެކްސްއެލް ބްރޭންޑްގެ ފުޓްބޯޅަ، ސްޕޯޓްސް ބޭގް އަދި އެކްސްއެލް ގިފްޓް ބޮކްސް ލިބޭނެ އެވެ. މި އިނާމުތައް ދެވޭނީ ކޮންމެ ދުވަހަކު ވެސް ހުށަހަޅާ ޓެބްތަކުގެ ތެރެއިން ހޮވޭ ފަރާތްތަކަށެވެ.
  • ލީޑަރބޯޑު ވިންނާސް (10 ނަސީބުވެރިން): އެންމެ ގިނައިން ޓެބް ހުށަހަޅާ މީހުންގެ ތެރެއިން ގަދަ 10 އެއްގައި ހިމެނޭ ކޮންމެ ފަރާތަކަށް 5000ރ. ގެ ލިބޭނެ އެވެ.
  • ސްޕޯޓްސް ބައިސްކަލް (15 ނަސީބުވެރިން): ޕްރޮމޯޝަނުގެ ތެރެއިން ގުރުއަތުން ހޮވޭ 15 ފަރާތަކަށް ރޭސިންގ/ސްޕޯޓްސް ބައިސްކަލެއް ލިބޭނެއެވެ.
  • ހޮންޑާ ސްކޫޕީ ސައިކަލް (5 ނަސީބުވެރިން): މި ޕްރޮމޯޝަނުގެ އެންމެ ހާއްސަ އިނާމެއްގެ ގޮތުގައި، ގުރުއަތުން ހޮވޭ 5 ފަރާތަކަށް މުޅިން އާ ހޮންޑާ ސްކޫޕީ ސައިކަލެއް ލިބޭނެއެވެ.

ބައިވެރިވާނެ ގޮތް:

މި ޕްރޮމޯޝަނުގައި ބައިވެރިވުމަށްޓަކައި އެކްސްއެލް އެނާޖީ ޑްރިންކް ދަޅެއް ގަތުމަށް ފަހު، އޭގެ ޓެބްތައް އެއްކުރަންޖެހެ އެވެ. އަދި އެ ޓެބްތައް ކިއުއާރް ކޯޑު ސްކޭންކޮށްގެން ކުރިއަށް ދެވޭނެ އެވެ.

Advertisement

މި ޕްރޮމޯޝަނަކީ ކޮންމެ ދުވަހަކުވެސް ސަޕްރައިޒް އިނާމުތަކެއް ހޯދުމުގެ ފުރުސަތު ލިބިގެންދާ، އަދި ގިނައިން ޓެބް އެއްކުރި ވަރަކަށް މޮޅުވުމުގެ ފުރުސަތު ބޮޑުވާ ގޮތަށް ފަރުމާކޮށްފައިވާ ޕްރޮމޯޝަނެކެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox