އެސްޓީއޯއިން ޑީސަލާއި ޕެޓްރޯލްގެ އަގު ބޮޑުކޮށްފި

އެސްޓީއޯއިން ޑީސަލާއި ޕެޓްރޯލްގެ އަގު ބޮޑުކޮށްފި

ރާއްޖެ އަށް އެންމެ ގިނައިން ތެޔޮ އެތެރެކުރާ، ދައުލަތުގެ ކުންފުނި، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ތެލުގެ އަގު މިއަދުން ފެށިގެން ބޮޑުކުރުމަށް އެ ކުންފުނިން ނިންމައިފިއެވެ.

މިއީ މިދިޔަ ހޮނިހިރު ދުވަހު ފެށި އިރާނު ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކުގެ ސަބަބުން ގެނައި ބަދަލެކެވެ.

އަގަށް އައި ބަދަލުތައް

އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުނި، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ޝެޑުތަކުން މިއަދުން ފެށިގެން ތެޔޮ ލިބޭނެ އާ އަގުތަކަކީ:

Advertisement
  • ޕެޓްރޯލް: ލީޓަރެއް 16.01ރ. (ކުރިން ހުރީ 13.50ރ. - މިއީ 2.51ރ. ގެ ބޮޑުވުމެއް)
  • ޑީސަލް: ލީޓަރެއް 17.54ރ. (ކުރިން ހުރީ 13.92ރ. - މިއީ 3.62ރ. ގެ ބޮޑުވުމެއް)

މިއީ މާޗު 2020 އިން ފެށިގެން ޑީސަލްގެ އަގު އެންމެ ބޮޑުވި ފަހަރެވެ. މީގެ ކުރިން ތެލުގެ އަގު އެންމެ މައްޗަށް އުފުލުނީ ރަޝިއާ-ޔޫކްރޭން އަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމުންނެވެ. ނަމަވެސް 2023 ގެ ކުރީގެ ކޮޅުން ފެށިގެން މިހާތަނަށް ތެލުގެ އަގުތައް އައީ މައިގަނޑު ގޮތެއްގައި ހެޔޮ ވަމުންނެވެ.

އެންމެ ފަހުން ތެލުގެ އަގަށް ބަދަލެއް ގެނައީ މިދިޔަ އަހަރުގެ މާޗް 23 ވަނަ ދުވަހުއެވެ. އެ ދުވަހު ޕެޓްރޯލް ލީޓަރަކުން 48 ލާރި ހެޔޮކުރި ނަމަވެސް، ޑީސަލްގެ އަގަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ.

ރައީސް މުހައްމަދު މުއިއްޒުގެ ވެރިކަން ފެށުނުއިރު ޕެޓްރޯލް ލީޓަރެއްގެ އަގު ހުރީ 14.73ރ. އަށެވެ. އަދި ޑީސަލް ލީޓަރެއް ހުރީ 15.07ރ. އަށެވެ.

ޕެޓްރޯލް އާއި ޑީސަލްގެ އަގު ބޮޑުކުރުމުން މުދަލާއި ހިދުމަތުގެ އަގުތަކަށް ބަދަލު އަންނާނެ އެވެ. އަދި މި ރޯދަ މަހު ގޭބިސީތަކުގެ ކަރަންޓު ބިލް 400ރ. އަށް ވުރެ ބޮޑު ނުވާނެ ކަމަށް މުއިއްޒު ނިންމަވާފައިވާތީ، ތެލުގެ ސަބްސިޑީގެ ގޮތުގައި ސަރުކާރުން ސްޓެލްކޯއާއި ފެނަކަ އަށް ދޭންޖެހޭ ފައިސާ އިތުރުވާނެ އެވެ. ނޫން ނަމަ އެ ދެ ކުންފުނިން އުފުލަންޖެހޭ ގެއްލުން ބޮޑުވާނެ އެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމަކީ ރާއްޖޭގެ ބާޒާރުގައި މިހާރު ހުރި ޑޮލަރުގެ ތާށިކަން ވެސް އިތުރަށް ބޮޑުވާނެ ސަބަބެކެވެ. މިހާރު ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު ހުރީ 20ރ. އިން މަތީގަ އެވެ. މިއީ ދިވެހި ތާރީހުގައި ވެސް ޑޮލަރުގެ އަގު އުފުލިފައި ނެތް ވަރެކެވެ.

ޑޮލަރުގެ އަގު ދަށްކުރާނެ ކަމަށް މުއިއްޒުގެ ސަރުކާރުން ބުންޏަސް ދުވަހެއް ދުވަހަކަށް ޑޮލަރުގެ އަގު އުފުލި، މުދަލުގެ އަގުތައް ވެސް ދަނީ ބޮޑުވަމުންނެވެ.

ތެލުގެ އަގަށް އައި ބަދަލުތައް

  • މާޗު 5، 2026: ޕެޓްރޯލް: ލީޓަރެއް 16.01ރ، ޑީސަލް: ލީޓަރެއް 17.54ރ
  • މާޗް 23، 2025: ޕެޓްރޯލް ލީޑަރެއް 13.50ރ، ޑީސަލްގެ އަގަށް ބަދަލެއް ނެތް
  • މެއި 27، 2024: ޕެޓްރޯލް ލީޓަރެއް 13.98 ރ، ޑީސަލް ލީޓަރެއް 13.92ރ.
  • ޑިސެމްބަރު 8، 2023: ޕެޓްރޯލް ލީޓަރެއް 14.33ރ، ޑީސަލް ލީޓަރެއް 14.62ރ.
  • ޖޫން 9، 2023: ޕެޓްރޯލް ލީޓަރެއް 14.73ރ، ޑީސަލް ލީޓަރެއް 15.07ރ.
  • މެއި 1، 2023: ޕެޓްރޯލް ލީޓަރެއް 15.14ރ، ޑީސަލް ލީޓަރެއް 15.70ރ.
  • އޯގަސްޓް 18، 2022: ޕެޓްރޯލް ލީޓަރެއް 15.97ރ، ޑީސަލް ލީޓަރެއް 16.32ރ.
  • ޖޫން 24، 2022: ޕެޓްރޯލް ލީޓަރެއް 16.55ރ، ޑީސަލް ލީޓަރެއް 16.77ރ.
  • ޖޫން 24، 2022: ޕެޓްރޯލް ލީޓަރެއް 12.06ރ، ޑީސަލް ލީޓަރެއް 12.44ރ.
  • މާޗު 21، 2020: ޕެޓްރޯލް ލީޓަރެއް 8.07ރ، ޑީސަލް ލީޓަރެއް 8.71ރ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox