ބާޒާރުން ކަރާ މަދުވެ، ކިލޯއެއްގެ އަގު 35ރ. އަށް އުފުލިއްޖެ

ބާޒާރުން މީހަކު ކަރާ ގަންނަނީ: މި ރޯދަ މަހު ބާޒާރުގައި ކަރާގެ އަގު ފުރަތަމަ ފަހަރަށް 35ރ. އަށް ވަނީ އުފުލިފައި -- ފޮޓޯ: އަދަދު ފައިލް

ބާޒާރުން މީހަކު ކަރާ ގަންނަނީ: މި ރޯދަ މަހު ބާޒާރުގައި ކަރާގެ އަގު ފުރަތަމަ ފަހަރަށް 35ރ. އަށް ވަނީ އުފުލިފައި -- ފޮޓޯ: އަދަދު ފައިލް

ރޯދަ މަހުގެ ދިވެހިންގެ ތެރޭގައި އެންމެ ބޮޑަށް ޑިމާންޑު އުފުލޭ މޭވާގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭ ކަރާ ލޯކަލް މާރުކޭޓުން މަދުވެ، ކިލޯއެއްގެ އަގު 35ރ. އަށް މިއަދު އުފުލިއްޖެ އެވެ.

ބާޒާރުގައި ކަރާ ކިލޯއެއް މިއަދު ލިބެންހުރީ 30ރ. އާއި 35ރ. އާ ދެމެދުގެ އަގެއްގަ އެވެ. ބާޒާރުގައި މިވަގުތު ހުރީ ކުޑަ ކަރާކަން ފާހަގަކުރެވެ އެވެ.

މާރުކޭޓުގައި ގޮޅިއެއް ހިންގާ ވިޔަފާރިވެރިޔަކު އަދަދު އަށް ބުނީ ކަރާގެ އަގު ބޮޑުވެގެން އުޅެނީ ކަރާ ލިބުމުގައި ދަތިތަކެއް ދިމާވެގެން އުޅޭތީ ކަމަށެވެ.

Advertisement

ކުރިއަށް އޮތް ދުވަސްތަކުގައި ކަރާ ތިޔާގިވެެއްޖެނަމަ އަދި ލިބޭ އަގު ހެޔޮވެއްޖެނަމަ ކަރާގެ އަގު ވެއްޓޭނެ ކަމަށް ވެސް އޭނާ ބުންޏެވެ.

ރޯދަ މަސް ފެށުނުއިރު ކަރާ ކިލޯއެއްގެ އަގު ހުރީ 20ރ. އަށެވެ. ނަމަވެސް ފަހުން ކިލޯއެއްގެ އަގު 25ރ. އަށް އުފުލުނުއިރު، މިއީ މި ރޯދަ މަހު ކަރާގެ އަގު 35ރ. އަށް އެރި ފުރަތަމަ ފަހަރެވެ.

ބާޒާރުގައި އާންމު ގޮތެއްގައި ގަންނަ ތަކެތީގެ އަގު ހުރީ އެއްވަރެއްގައި ހިފެހެއްޓިފަ އެވެ. ނަމަވެސް ކަނޑޫދޫ މިރުހުގެ އަގު ވަނީ 100 ގްރާމް 30ރ. އަށް ވެއްޓިފަ އެވެ. ކަނޑޫދޫ މިރުހުގެ 100 ގްރާމުގެ އަގު މި ރޯދަ މަހު 60ރ. އަށް ވެސް އަރައިގެންދިޔަ އެވެ.

މީގެއިތުރުން ބާޒާރުގައި ކުރުނބާގެ އަގު 40ރ. އާއި 50ރ. އާ ދެމެދު ހުރިއިރު، ކުރުނބާ ފުޅިއެއް ލިބެން ހުރީ 150ރ. އަށެވެ. ކޮޕީފަތް ބޮނޑިއެއް 10ރ. އަށް ހުރިއިރު، ލެޓިއުސް ކިލޯއެއް 60ރ. އަށް ލިބެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox