ރޯދަމަހުގެ ބުރަކަމަށް އިންކް އިންވެސްޓްމަންޓްގެ މި އުފެއްދުންތަކުން ލުޔެއް

ރޯދަމަހުގެ ބުރަކަމަށް އިންކް އިންވެސްޓްމަންޓްގެ މި އުފެއްދުންތަކުން ލުޔެއް

އިންކް އިންވެސްޓްމަންޓް އިން ރާއްޖެއަށް އެތެރެކޮށް ވިއްކާ އުފެއްދުންތަކުގެ ތެރެއިން މި ރޯދަ މަހަށް ހާއްސަ ބައެއް އުފެއްދުންތައް ގެނެސްދޭނަމެވެ.

ރޯދަ މަހު އެންމެ ހަލަބޮލި ތަނަކީ ކޮންމެ ގެއެއްގެ ވެސް ބަދިގެ އެވެ. އެހެންވެ، ސާފުތާހިރު ކަމަށް ދެންޖެހެ ސަމާލުކަން ވެސް އިތުރުވެ އެވެ. މިކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން އިންކް އިންވެސްޓްމަންޓުން ބާޒާރަށް ނެރެފައިވަނީ "މާމާ ހޯމް" ބްރޭންޑްގެ އެންޓި-ބެކްޓީރިއަލްއަކީ ދިވެހިންގެ އިތުބާރު ހޯދާފައިވާ އުފެއްދުމެކެވެ.

ފެންވަރު ރަނގަޅު ކަރުދާސް ޓިޝޫގެ ބާވަތްތައްވެސް އިންކްއިން ބާޒާރަށް ނެރެފައިވެ އެވެ. މީގެ ތެރޭގައި "ލިވީ އިކޯން" އާއި "ޓާގެޓް"ގެ ބްރޭންޑްގެ ޓިޝޫ ހިމެނެ އެވެ. އަދި ބަދިގޭގެ މަސައްކަތްތަކަށް ހާއްސަ "ޓާގެޓް ހަވްލޫ" އަކީ ކެއްކުމާއި ތަންތަން ސާފުކުރުމަށް އެއްވަަނައިގެ އުފެއްދުމެކެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ރޯދަމަސް ފަދަ މުހިންމު ދުވަސްވަރެއްގައި، އިތުބާރު ހުރި ފެންވަރު ރަނގަޅު އުފެއްދުންތައް ކޮންމެ ގެއަކަށްވެސް ފަސޭހައިން ލިބޭނެ ގޮތް ހަމަޖެއްސުން. މި އުފެއްދުންތައް ރާއްޖޭގެ ގިނަ ފިހާރަތަކަކުން ލިބޭނެ. އަޅުގަނޑުމެން ހޯލް ސޭލްކޮށް ވިއްކަން،" އިންކް އިންވެސްޓްމަންޓްގެ ވެރިޔާ ރަޝީދު ވިދާޅުވި އެވެ.

މީގެ އިތުރުން ރޯދަ މަހު ބުރަކޮށް އުޅޭއިރު އެއްޗެހި ދޮވުމުގައި ދިމާވާ ބުރަ އުނދަގޫތަކަށް އެންމެ ޒަމާނީ "ތުރީ-އިން-ވަން" ލޯންޑްރީ ޕޮޑްސް އެވެ.

އިންކް އިންވެސްޓްމެންޓްސްއިން ރާއްޖެއަށް ތައާރަފުކޮށްފައިވާ އީޖާދީ މި އުފެއްދުމުގެ ސަބަބުން މިނެކިރުމެއް ނެތި އަދި އެއްވެސް ތަރުތީބެއް ނެތި ޑިޓަޖެންޓު އެޅުމުގެ ބަދަލުގައި، އެންމެ ޕޮޑަކުން، މުޅި މެޝިން ފުރޭވަރުގެ ހެދުންތައް ދޮވެލެވޭނެ އެވެ.

މި ކެޕްސުލްތަކުގެ އެންމެ ހާއްސަ ސިފައަކީ ޑިޓަޖެންޓާއި، ސޮފްޓްނާ އަދި ލައް ފިލުވާ ތިން ބަޔަކަށް އެއް ޕޮޑެއްގައި ހުރުމެވެ. މި އުފެއްދުން ބޭނުން ކުރުމުން އަންނައުނަށް އުޖާލާކަން އައިސް، މީރުވަސް ދަމަހައްޓަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox