ބޭކަރީ ދާއިރާގެ މަގުބޫލު ބްރޭންޑް "ޑަބަލް ސްޓާ ބޭކާ" ރާއްޖެއަށް ތައާރަފުކޮށްފި

Mar 25, 2026, 5:29 AM
ބޭކަރީ ދާއިރާގެ މަގުބޫލު ބްރޭންޑް "ޑަބަލް ސްޓާ ބޭކާ" ރާއްޖެއަށް ތައާރަފުކޮށްފި

ބޭކަރީ އުފެއްދުންތަކުގެ ފެންވަރު ހިފެހެއްޓުމުގައި ދުނިޔޭގެ މަގުބޫލުކަން ހޯދާފައިވާ "ޑަބަލް ސްޓާ ބޭކާ" ބްރޭންޑުގެ އުފެއްދުންތައް ބޭކަރީ ސަޕްލައިޒް ޕްރައިވެޓް ލިމިޓެޑުން ރާއްޖޭގެ ބާޒާރަށް ތައާރަފުކޮށްފިއެވެ.

ބޭކަރީ ސަޕްލައިޒް އަކީ މި ބްރޭންޑުގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ. 1988 ވަނަ އަހަރުން ފެށިގެން ބޭކަރީ އިންގްރިޑިއަންޓްސް އުފެއްދުމުގައި ނަން މަޝްހޫރު "ޑަބަލް ސްޓާ ބޭކާ" އަކީ މިހާރު ދުނިޔޭގެ 90 އަށްވުރެ ގިނަ ގައުމަށް އެކްސްޕޯޓް ކުރަމުންދާ، އިތުބާރު ހޯދާފައިވާ ބްރޭންޑެކެވެ.

ބޭކަރީގެ ކޮންމެ އުފެއްދުމަކީވެސް ފަންނެކެވެ. އެ ފަންނުވެރިކަން ފުރިހަމަކޮށްދެނީ ބޭނުންކުރާ ތަކެތީގެ ފެންވަރެވެ. ޑަބަލް ސްޓާ ބޭކާ ބްރޭންޑަކީ ހާއްސަކޮށް ފަންނީ ބޭކަރުންނަށް އަމާޒުކޮށްގެން، އެންމެ މަތީ ފެންވަރުގެ ޔީސްޓް އަދި އިމްޕްރޫވާރ އުފައްދާ ބްރޭންޑެކެވެ. ރާއްޖެއަށް ތައާރަފުކުރި ހާއްސަ އުފެއްދުންތަކުގެ ތެރޭގައި ހިމެނެނީ؛

Advertisement
  • އިންސްޓަންޓް ޑްރައި ޔީސްޓް: ހުރިހާ ބާވަތެއްގެ ޕާން،ޕޭސްޓްރީ، ކްރޮސަންޓް ފަދަ އުފެއްދުންތައް ކަމީރުކޮށް ފުރިހަމަ ޓެކްސްޗަގައި ގެނެސްދިނުމަށް ހާއްސަ އުފެއްދުމެކެވެ.
  • އެސް 800 އިމްޕްރޫވަ: ބޭކަރީގެ ހުރިހާ އުފެއްދުންތައް ހާއްސަކޮށް ޔީސްޓް އެކުލެވޭ ތަކެތީގެ ވޮލިއުމް ބޮޑުކޮށް، ޓެކްސްޗަ ރަނގަޅުކޮށް އަދި ސްޓެބިލައިޒާ ގޮތަށް ބޭނުންކޮށްލެވޭ އުފެއްދުމެއް.
  • ކެލްސިއަމް ޕްރޮޕިއަނޭޓް: ޕާން، ބަނަސް ފަދަ ތަކެތި ގިނަ ދުވަހު ތާޒާކަންމަތީ ބެހެއްޓުމަށް އެހީތެރިވެދެއެވެ
  • ޑަބަލްސްޓަ ބޭކާ ބޭކިން ޕައުޑަ: މިއީ އަގުހެޔޮ މޮޅު އުފެއްދުމެއް.

މި ބްރޭންޑުގެ އުފެއްދުންތަކަކީ ބައިނަލްއަގުވާމީ މިންގަނދުތަކަށް އަދި ހަލާލު ސެޓްފިކެޓް ލިބިފައިވާ އުފެއްދުންތަކެކެވެ. އެހެންކަމުން މިއީ ރިސޯޓްތަކާއި، ހޮޓާތަކުގެ އިތުރުން އިންޑަސްޓްރިއަލް ބޭކަރީތަކަށް އެންމެ އެކަށީގެންވާ، ރައްކާތެރި އުފެއްދުންތަކެކެވެ.

ބޭކަރީ ސަޕްލައިޒް އިން ބުނިގޮތުގައި، މި ބްރޭންޑް އިހުތިޔާރު ކުރުމުން މަދު މިންވަރަކުން ގިނަ އުފެއްދުންތައް ތައްޔާރުކުރެވި، ހަރަދަށް ބަލާއިރު ބޭކަރީތަކަށް ބޮޑު ފައިދާއެއް ކުރާނެއެވެ. އަދި ބޭކަރީ ސަޕްލައިޒް މެދުވެރިކޮށް އަބަދުވެސް ތާޒާ ސްޓޮކް، އެންމެ ހެޔޮ އަގުގައި ލިބޭނެކަމުގެ ޔަގީންކަން އެ ކުންފުނިން ދެއެވެ.

ޔޫރަޕްގެ މޮޅު ޕާންފިހާ ފުށް އަދި ޕިއްޒާ ފުށްވެސް އެންމެ ހެޔޮ އަގުގައި ބޭކަރީ ސަޕްލައިޒްއިން ލިބޭނެއެވެ.

އޯޑަރު ކުރެއްވުމަށް:

  • ބޭކަރީ ސަޕްލައިޒް ޕްރައިވެޓް ލިމިޓެޑް
  • ފޯން ނަންބަރު: 9183250 / 3335838:
  • އީމެއިލް: sales@thekekshop.com

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox