ރެފްކޫލްގެ ރޯދަ ސޭލް: ބޮޑު އިނާމަށް އުމްރާ ދަތުރެއް!

ރެފްކޫލްގެ ރޯދަ ސޭލް: ބޮޑު އިނާމަށް އުމްރާ ދަތުރެއް!

ރާއްޖޭގައި ފުޅާދާއިރާއެއްގައި އިލެކްޓްރޯނިކްސް އަދި ހޯމް އެޕްލަޔަންސްގެ ހިދުމަތް ދެމުން އަންނަ ރެފްކޫލްގެ "ރޯދަ ސޭލް 2026" ވަރަށް ފޯރިއާއެކު ކުރިއަށް އެބަދެއެވެ.

ކަސްޓަމަރުންގެ ބޮޑު ތަރުހީބެއް ލިބެމުންދާ މި ޕްރޮމޯޝަން ނިމޭނީ މި މަހުގެ 26 ނިޔަލަށެވެ،

ޕްރޮމޯޝަން ކުރިއަށްދަނީ ރެފްކޫލްގެ ތިން އައުޓްލެޓެއްގައެވެ. އެއީ މާލޭގެ ފަރީދީ މަގުގައި ހުންނަ ރެފްކޫލް ފިހާރައިގެ އިތުރުން، ސޯސަން މަގުގައި ހުންނަ ލެޓްސްކޫލް އަދި ހުޅުމާލޭ ނިރޮޅު މަގުގައި ހުންނަ ލެޓްސްކޫލް ފިހާރައިގައެވެ.

Advertisement

މިތަންތަނުން ކުރާ ވިޔަފާރީގެ ކޮންމެ 500ރ. އަކަށް ކޫޕަނެއް ލިބޭ މި ޕްރޮމޯޝަނަކީ އަގުހުރި އިނާމުތަކެއް ހޯދުމަށް ކަސްޓަމަރުންނަށް ލިބޭ ރަނގަޅު ފުރުސަތެކެވެ.

މި އަހަރުގެ ސޭލްގެ އެންމެ ހާއްސަ އިނާމަކީ ނަސީބުވެރި އެކަކަށް ލިބޭ އުމްރާ ދަތުރެވެ. ދެވަނަ އިނާމުގެ ގޮތުގައި ހޮވޭ ދެ ނަސީބުވެރިންނަށް 82 އިންޗީގެ ޖޭއޭވީ (JAV) އެންޑްރޮއިޑް ސްމާޓް ޓީވީ އަކާއި 8 ކިލޯގެ LG ދޮންނަ މެޝިނެއް ލިބޭނެ އެވެ. ތިންވަނަ އިނާމުގެ ގޮތުގައި 10 ނަސީބުވެރިންނަށް 55 އިންޗީގެ 5 ޓީވީ އާއި 5 އިލެކްޓްރިކް އަވަން ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ރެފްކޫލްގެ މާކެޓިންގް މެނޭޖަރު ވިދާޅުވީ ރޯދަމަހަކީ އާއިލާތަކަށް ވަރަށް ހާއްސަ މަހެއް ކަމުން، ކަސްޓަމަރުންނަށް މާނަހުރި ހަދިޔާއެއް ދިނުމަށް އުމްރާ ދަތުރެއް ގްރޭންޑް ޕްރައިޒްގެ ގޮތުގައި ހިމެނީ ކަމަށެވެ. އަދި އެހެނިހެން އިނާމުތަކަކީ ވެސް ގޭތެރެއަށް ބޭނުންތެރި، އަގުހުރި ތަކެތިކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސިމްޑީގެ ވިޔަފާރި ހާދާލަށް ފުޅާކުރަނީ

ސިމްޑީ ގްރޫޕްގެ ވިޔަފާރި ހދ. އަތޮޅުގައި ފުޅާކުރުމަށްޓަކައި ކުޅުދުއްފުށީގެ "މިތުރު" ކުންފުންޏާއެކު ސަބް-ޑިސްޓްރިބިއުޝަން އެއްބަސްވުމެއްގައި މިއަދު ވަނީ ސޮއިކޮށްފައެވެ. މި ޕާޓްނަޝިޕްގެ ސަބަބުން ސިމްޑީން އެތެރެކުރާ ބައިނަލްއަގުވާމީ މަގުބޫލު ބްރޭންޑްތަކުގެ މުދާ އެ އަތޮޅުގެ ރީޓެއިލް ފިހާރަތަކަށާއި އާންމުންނަށް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.

ވިލާ ކޮލެޖާއި މާރޕް ގުޅިގެން މެންޓަރޝިޕް ޕްރޮގްރާމެއް

ވިލާ ކޮލެޖާއި މާރޕް ގުޅިގެން ވަޒީފާ އަދާކުރާ ފަރާތްތަކަށް ޚާއްޞަ މެންޓަރޝިޕް ޕްރޮގްރާމެއް ފަށާފައިވަނީ ދިވެހި ލީޑަރުން ބިނާކޮށް ސީނިއަރ މެނޭޖްމަންޓް މަޤާމުތަކަށް މީހުން ތައްޔާރުކުރުމަށެވެ. މި ޕްރޮގްރާމުގެ ދަށުން ތަޖުރިބާކާރުންގެ އެހީތެރިކަމާއެކު ގްރެޖުއޭޓުންނަށް ޢަމަލީ ހުނަރުތައް ދަސްކޮށްދީ، މަތީ ތަޢުލީމާއި އިންޑަސްޓްރީއާ ދެމެދު އޮތް ގުޅުން ވަރުގަދަކުރުމަށް ވަނީ އަމާޒު ހިފާފައެވެ.

ޓްރީ ޓޮޕް ހިތާނީ ކޭމްޕުގެ ރަޖިސްޓްރޭޝަން ހުޅުވާލައިފި

ޓްރީ ޓޮޕް ހޮސްޕިޓަލުގެ މިއަހަރުގެ ފުރަތަމަ ހިތާނީ ކޭމްޕުގައި ބައިވެރިވުމަށް ރަޖިސްޓަރީވުމުގެ ފުރުސަތު ޑިސެމްބަރު 17 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. ތަޖުރިބާކާރު ޑޮކްޓަރުންގެ ޓީމަކުން ކުރިއަށްގެންދާ މި ކޭމްޕުގެ ހިތާނުކުރުމުގެ އޮޕަރޭޝަންތައް ކުރިއަށްދާނީ ޑިސެމްބަރު 12 އިން ޖެނުއަރީ 11 ގެ ނިޔަލަށެވެ. މި ޕެކޭޖުގެ ދަށުން ކޮންސަލްޓޭޝަނާއި، ލެބޯޓަރީ ޓެސްޓުތަކުގެ އިތުރުން އޮޕަރޭޝަނަށްފަހު ބޭނުންވާ ފަރުވާގެ ހިދުމަތްތައް ލިބިގެންދާނެއެވެ.

ޓޯޓަލް ފިޒިއޯއިން އެލައިޑްގެ ހިދުމަތް ގަބޫލުކުރަން ފަށައިފި

ފިޒިއޮތެރަޕީގެ ޚިދުމަތްދޭ "ޓޯޓަލް ފިޒިއޯ" ކްލިނިކުން ބަލިމީހުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން އެލައިޑް އިންޝުއަރެންސް ގަބޫލުކުރަން ފަށައިފިއެވެ. ޒަމާނީ ވަސީލަތްތަކާއެކު ފަރުވާދޭ މި ކްލިނިކުން މިހާރުވެސް ޕޮލިސް، އެމްއެންޑީއެފް އަދި ސޮލަރެލް އިންޝުއަރެންސްގެ ޚިދުމަތް ލިބޭއިރު، އިތުރު އިންޝުއަރެންސްތައް މެދުވެރިކޮށް ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

ލަކްސް ގްލޯގެ ދެވަނަ ފިހާރަ މަޖީދީމަގުގައި ހުޅުވައިފި

މަޝްހޫރު ކޮސްމެޓިކްސް ބްރޭންޑް "ލަކްސް ގްލޯ" ގެ ދެވަނަ ފިހާރަ މާލޭގެ މަޖީދީމަގުގައި ހުޅުވައިފިއެވެ. މި ފިހާރައިން ބައިނަލްއަގުވާމީ ބްރޭންޑްތަކުގެ ސްކިންކެއާ އަދި މޭކަޕް ސާމާނު ޓެސްޓުކޮށްލުމާއި، ފަންނީ ލަފާ ހޯދައިގެން ވަގުތުން ގަނެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. ފިހާރަތަކުގެ އިތުރުން އެ ބްރޭންޑުގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް އޯޑަރުކުރުމުގެ ފުރުސަތުވެސް ކަސްޓަމަރުންނަށް ވަނީ ހުޅުވާލެވިފައެވެ.

ކްލީވިއާ ރެސިޑެންސް: ޒަމާނީ ބޯހިޔާވަހިކަން އާ މަޝްރޫއެއް

ޕޭން ރިއަލް އެސްޓޭޓުން އަލަށް ތައާރަފްކުރި "ކްލީވިއާ ރެސިޑެންސް" މަޝްރޫއަކީ މެދުފަންތީގެ އާމްދަނީ ލިބޭ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ އަތްފޯރާ އަގުތަކެއްގެ ބޯހިޔާވަހިކަމުގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ޒަމާނީ ފެންވަރުގެ އެއް ކޮޓަރި އަދި ދެ ކޮޓަރީގެ އެޕާޓްމަންޓްތައް ލިބޭއިރު، ފައިސާ ދެއްކުމުގައި ލުއި ގޮތްތަކެއް ވަނީ ހަމަޖައްސާފައެވެ.

ދިރާގު ރޯޑް ރޭސްގެ ބިބް އެކްސްޕޯ ބުދަ ދުވަހާ ހަމައަށް

ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2026 ގެ ބިބް އެކްސްޕޯ ބީޖީ ޓާފް ދަނޑުގައި ކުރިއަށްދާއިރު، ބިބް އާއި ރޭސް ކިޓް ދޫކުރުމުގެ މުއްދަތު މި މަހުގެ 18 ވާ ބުދަ ދުވަހުގެ ނިޔަލަށް ވަނީ އިތުރުކޮށްފައެވެ. ފަސް ހާހަށްވުރެ ގިނަ ދުވުންތެރިން ބައިވެރިވާ މި ދުވުން އޮންނާނީ ކުރިއަށް އޮތް ހުކުރު ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

Newsletter

Get the latest news delivered straight to your inbox