އެންމަޑީގެ ފަތުރުވެރިކަމުން ރާއްޖެއަށް އަހަރަކު 311 މިލިއަން ޑޮލަރު ލިބޭ

އެންމަޑިއެއް ކައިރީ މީހަކު ފީނަނީ: ރާއްޖެއަށް ވަނަ ފައިސާއަށް ބަލައިގެން ހިސާބު ހަދާއިރު އެންމަޑިއެއްގެ އަގު 2.6 ޑޮލަރަށް އަރާ -- މަންޓާ ޓްރަސްޓް

އެންމަޑިއެއް ކައިރީ މީހަކު ފީނަނީ: ރާއްޖެއަށް ވަނަ ފައިސާއަށް ބަލައިގެން ހިސާބު ހަދާއިރު އެންމަޑިއެއްގެ އަގު 2.6 ޑޮލަރަށް އަރާ -- މަންޓާ ޓްރަސްޓް

އެންމަޑީގެ ފަތުރުވެރިކަމުން ރާއްޖެއަށް ކޮންމެ އަހަރަކު ގާތްގަނޑަކަށް 311 މިލިއަން ޑޮލަރު (6.2 ބިލިއަން ރުފިޔާ) ލިބޭ ކަމަށް ސާވޭ އާއި ހިސާބުތަކުން ދައްކައިފި އެވެ. 

އެންމަޑީގެ ފަތުރުވެރިކަމުން ރާއްޖެއަށް މިހާ ބޮޑު ފައިދާއެއްވާކަން ހާމަވީ ޓުއާ އޮޕަރޭޓަރުންނާ ސުވާލުކޮށް ހެދި ސާވޭއެއްގެ އިތުރުން ފަތުރުވެރިކަމުގެ ހިސާބުތައް ބަލައިގެން ހެދި ދިރާސާއަކުންނެވެ. އެ ދިރާސާގައި ބުނާ ގޮތުގައި އެއީ އެންމަޑީގެ ފަތުރުވެރިކަމުގެ ސަބަބުން ސީދާ ގޮތުން އިގްތިސާދަށް ލިބޭ ފައިސާ އެވެ. 

އެ ދިރާސާގައި ބުނެފައިވާ ގޮތުން، އެންމަޑީގެ ފަތުރުވެރިކަމުން ވަންނަ ފައިސާގެ ހިސާބުތަކަށް ބަލާއިރު އެންމަޑިއެއްގެ އަގަކީ 2.6 މިލިއަން ޑޮލަރެވެ. އަދި އާންމުކޮށް ކަނޑުގެ ފުނުން ފެންނަ ބިޔަ މަޑިއެއްގެ އަގަކީ 91،200 ޑޮލަރު ކަމަށް ވެސް ދިރާސާއިން ދައްކަ އެވެ. 

Advertisement

އެ ދިރާސާއިން ދައްކާ ގޮތުގައި އެންމަޑީގެ ފަތުރުވެރިކަމުން 2021 ވަނަ އަހަރު އެކަނި ވެސް ރާއްޖެއަށް 227.3 މިލިއަން ޑޮލަރު ލިބުނެވެ. އޭގެ ތެރެއިން ސީދާ އެންމަޑި ބަލަން ފީނުމުގެ ޑައިވްތަކާއި ސްނޯކްލިން ދަތުރުތަކުން ލިބުނީ 39 މިލިއަން ޑޮލަރެވެ. ބާކީ 188.3 މިލިއަން ޑޮލަރަކީ ފަތުރުވެރިކަމާ ގުޅޭ އެހެނިހެން ހިދުމަތްތަކުން ލިބުނ ފައިސާ އެވެ. 

"މިއީ ގައުމީ ގްރޮސް ޑޮމެސްޓިކްސް ޕްރޮޑަކްޓުގެ 2.6 ޕަސެންޓު،" އެ ދިރާސާގައި ބުނެފައިވެ އެވެ. 

މީގެ ކުރިން، އެންމަޑީގެ ފަތުރުވެރިކަމުން 2008 ވަނަ އަހަރު ލިބުނީ 8.1 ބިލިއަން ޑޮލަރެވެ. ނަމަވެސް އޭގެ ފަހުން 2021 ވަނަ އަހަރާ ހަމައަށް ފާއިތުވި 13 އަހަރުގެ ތެރޭގައި އިންޑަސްޓްރީ ވަނީ 380 ޕަސެންޓު ފުޅާވެފަ އެވެ. ފަތުރުވެރިކަމުގެ ވިޔަފާރި ކުރާ ޓުއާ އޮޕަރޭޓަރުންގެ ތެރެއިން 80 ޕަސެންޓު ވިޔަފާރިތަކުން މިހާރު އެންމަޑީގެ ފަތުރުވެރިކަމުގެ ހިދުމަތް ދެ އެވެ. 

"މި އަދަދުތަކުން ދައްކުވައިދެނީ ރާއްޖެއަށް އެންމަޑީގެ އަގުހުރި މިންވަރު. އަދި އެންމަޑީގެ ފަތުރުވެރިކަމުން ލިބެން ހުރި މަންފާތައް ހިމާޔަތް ކުރުމާއި ފަތުރުވެރިކަމުގެ ސަބަބުން އެންމަޑީގެ އާއިލާއަށް ކޮށްފާނެ ނޭދެވޭ އަސަރުތަކުން ރައްކާވެތިބުމުގެ މުހިންމުކަން ވެސް މީގެން ހާމަވޭ،" އެ ދިރާސާގައި ބުނެފައިވެ އެވެ.

އެންމަޑީގެ ފަތުރުވެރިކަން އެންމެ ފުޅާކޮށް ހިނގަނީ ބ. އަތޮޅުގަ އެވެ. އެއީ ޔުނެސްކޯގެ ބަޔަސްފެއާ ރިޒާވެއް ވެސް އޮންނަ އަތޮޅެކެވެ. އެ ބާވަތުގެ ފަތުރުވެރިން ދެން އެންމެ ބޮޑީ އދ. އަތޮޅާއި ކ. އަތޮޅާއި އއ. އަތޮޅުގަ އެވެ. އެކަމަކު، ރާއްޖޭގެ 20 އަތޮޅުގެ ތެރެއިން 19 އަތޮޅުގައި އެންމަޑީގެ ފަތުރުވެރިކަމުގެ ހިދުމަތް ދެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox