އެންމަޑީގެ ފަތުރުވެރިކަމުން ރާއްޖެއަށް 311 މިލިއަން ޑޮލަރު ލިބޭ
އެންމަޑީގެ ފަތުރުވެރިކަމުން ރާއްޖޭގެ އިގްތިސާދަށް އަހަރަކު ގާތްގަނޑަކަށް 311 މިލިއަން ޑޮލަރު ލިބޭކަމަށް ދިރާސާއަކުން ދައްކައިފިއެވެ. މިއީ ރާއްޖޭގެ ޖީޑީޕީގެ 2.6 އިންސައްތަ ކަމަށްވާއިރު، ފާއިތުވި 13 އަހަރު ތެރޭގައި މި ސިނާއަތް ވަނީ 380 އިންސައްތަ ފުޅާވެފައެވެ. މި ހިސާބުތަކުން އެންމަޑި ހިމާޔަތްކުރުމުގެ މުހިންމުކަން ހާމަވާއިރު، މި ވިޔަފާރި އެންމެ ފުޅާކޮށް ހިނގަނީ ބ. އަތޮޅުގައެވެ.