މެސީ ހަ ވަނަ ވޯލްޑް ކަޕްގައި ކުޅެން ތައްޔާރު

May 29, 2026, 11:32 AM
އާޖެންޓީނާގެ ކެޕްޓަން، ލިއޮނަލް މެސީ، މި ފަހަރުގެ ވޯލްޑް ކަޕަކީ އޭނާ ފެންނާނެ ހަ ވަނަ، ވޯލްޑް ކަޕް މުބާރާތް

އާޖެންޓީނާގެ ކެޕްޓަން، ލިއޮނަލް މެސީ، މި ފަހަރުގެ ވޯލްޑް ކަޕަކީ އޭނާ ފެންނާނެ ހަ ވަނަ، ވޯލްޑް ކަޕް މުބާރާތް

ބީނޯޒް އެރީސް، އާޖެންޓީނާ (މެއި 29) - އަންނަ މަހު އެމެރިކާ އާއި މެކްސިކޯ އަދި ކެނަޑާގައި ބާއްވާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ކުޅޭނެ އާޖެންޓީނާގެ ސްކޮޑުގައި، އެ ޓީމުގެ ތަރި، ލިއޮނަލް މެސީ، ހިމެނުމާ އެކު، އޭނާ އަށް ހަ ވަނަ ވޯލްޑް ކަޕެއްގައި ގައުމު ތަމްސީލްކުރުމުގެ ފުރުސަތު ލިބިއްޖެ އެވެ. 

އުމުރުން 38 އަހަރުގެ މެސީ، އަކީ ޕޯޗުގީސް ތަރި، ކްރިސްޓިއާނޯ ރޮނާލްޑޯ، 40، އާ އެކު، ތަފާތު ހަ ވޯލްޑް ކަޕެއްގައި ފެންނާނެ ދެ ވަނަ ކުޅުންތެރިޔާ އެވެ. މި ފަަހަރުގެ ވޯލްޑް ކަޕްގައި ޕޯޗުގަލް އިން ނެރޭ ޓީމުގައި، އަލް ނަސްރަށް ކުޅޭ ރޮނާލްޑޯ ވަނީ ހިމަނައިފަ އެވެ. މެސީ، ވޯލްޑް ކަޕްގައި 26 މެޗު ކުޅެފައިވާއިރު، އޭނާ އަކީ މުބާރާތުގެ ތާރީހުގައި، އެ އަދަދަށް މެޗު ކުޅުނު ހަމައެކަނި ކުޅުންތެރިޔާ އެވެ. 

ރޮނާލްޑޯ ހަ ވަނަ ފަހަރަށް ފީފާ ވޯލްޑް ކަޕަށް

ޕޯޗުގަލްގެ ކެޕްޓަންކަން ކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނާލްޑޯ ހިމަަނައިގެން، މި ފަހަރު އެ ގައުމުން ފީފާ ވޯލްޑް ކަޕްގައި ކުޅޭ ސްކޮޑު އިއުލާނުކުރިއިރު، މިއީ އޭނާ ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ވޯލްޑް ކަޕްގައި ކުޅޭ ހަ ވަނަ ފަަހަރު

ދާދި ފަހުން، އެމެރިކާގެ ފުޓްބޯޅަ ލީގު، މޭޖަ ލީގު ސޮކާ (އެމްއެލްއެސް)ގައި އިންޓަ މިއާމީ ކުޅުނު މެޗެއްގެ ތެރެއިން، މެސީގެ ފަޔަށް އަނިޔާވި ނަމަވެސް، އެއީ ސީރިއަސް ކަމެއް ނޫންކަން އެ ކްލަބުން ވަނީ ބުނެފަ އެވެ.

Advertisement

ގައުމީ ޓީމަށް 198 މެޗު ކުޅެފައިވާ މެސީ، ވޯލްޑް ކަޕްގެ ކުރިން އާޖެންޓީނާ އިން ކުޅޭ އެކުވެރިކަމުގެ މެޗުތަކުގައި ކުޅޭނީ އަނިޔާއިން އެއްކޮށް ރިކަވާވެއްޖެނަމަ އެވެ. ވޯލްޑް ކަޕްގެ ކުރިން އާޖެންޓީނާ އިން ޖޫން ހަތް ވަނަ ދުވަހު، ހޮންޑިއުރަސްއާ ކުޅުމަށް ފަހު، ދެ ދުވަސް ފަހުން އައިސްލެންޑާ ކުޅޭނެ އެވެ. 

އާޖެންޓީނާގެ ކޯޗު، ލިއޮނަލް ސްކަލޯނީ، މިއަދު އިއުލާނުކުރި އެ ގައުމުގެ 26 ކުޅުންތެރިންގެ ވޯލްޑް ކަޕް ސްކޮޑުގައި މީގެ ހަތަރު އަހަރު ކުރިން، 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕް ކާމިޔާބުކުރި ޓީމުގައި ކުޅުނު ގިނަ ކުޅުންތެރިން ހިމެނެ އެވެ. އެ ގޮތުން އެ ފަހަރުގެ ކެޕްޓަން، މެސީގެ އިތުރުން، ގޯލްކީޕަރު، އެމިލިއާނޯ މާޓީނޭޒް އާއި ރޮޑްރީގޯ ޑެ ޕޯލް ފަދަ ކުޅުންތެރިންނަކީ މި ފަހަރުގެ ސްކޮޑުގައި ވެސް މުހިންމު ރޯލެއް އަދާކުރާނެ ކުޅުންތެރިންނެވެ. 

މި ފަހަރުގެ ވޯލްޑް ކަޕްގައި އާޖެންޓީނާ އިން ވާދަކުރަނީ ގްރޫޕް ޖޭގަ އެވެ. ގްރޫޕްގައި އާޖެންޓީނާ އިން ކުޅޭ ފުރަތަމަ މެޗުގައި ޖޫން 17 ވަނަ ދުވަހު ކުޅޭނީ އަލްޖީރިއާއާ އެވެ. ދެ ވަނަ މެޗުގައި، ޖޫން 22 ވަނަ ދުވަހު އޮސްޓްރިއާއާ ކުޅުމަށް ފަހު، ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި، ޖޯޑަންއާ ބައްދަލުކުރާނީ ޖޫން 28 ވަނަ ދުވަހު އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ކެރިކް ވަކިކޮށްފިނަމަ ޔުނައިޓެޑްގެ ކޯޗުކަން ޕޮޗެޓީނޯ އަށް: ރިޕޯޓް

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކް މަގާމުން ވަކިކޮށްފިނަމަ، އެ މަގާމަށް އެމެރިކާ ގައުމީ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ގެނައުމަށް އެ ކްލަބުން އަންނަނީ ވިސްނަމުންނެވެ. ލީގުގެ ރެލިގޭޝަން ޒޯނަށް ވެއްޓިފައިވާ ޔުނައިޓެޑުން ކެރިކާ މެދު ގޮތެއް ނިންމުމަށް ބޯޑު ބައްދަލުވުންތައް ބާއްވަމުންދާއިރު، ޕޮޗެޓީނޯގެ އިތުރުން ނާގަލްސްމަން އާއި އެޑީ ހޯވް ފަދަ ކޯޗުންނަށްވެސް އެ ކްލަބުން ފާރަލަމުންދެއެވެ.

ޕާކިސްތާނުން ތަށްޓާ މެދު އަދި ނުވިސްނާ

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ބަލިކޮށް ޕާކިސްތާނުން ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކުރި ނަމަވެސް، އެ ޓީމުގެ މިހާރުގެ އަމާޒަކީ ހަމައެކަނި ފައިނަލަށް ދިއުން ކަމަށް ކޯޗު ސޮލާނޯ ބުނެފި. އަށް އަހަރަށްފަހު ސެމީއަށް ދަތުރުކުރި ޕާކިސްތާނުން ތަށްޓާ މެދު ވިސްނުމުގެ ބަދަލުގައި މިވަގުތު އިސްކަންދެނީ ކުރިއަށް އޮތް ސެމީ މެޗަށް ރަނގަޅަށް ތައްޔާރުވުމަށް

ރައުލް، ރެއާލް އޮވިއޭޑޯގެ ކޯޗަކަށް ހަމަޖައްސައިފި

ރެއާލް މެޑްރިޑްގެ ލެޖެންޑް ރައުލް ގޮންޒާލޭޒް، ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ ކްލަބް ރެއާލް އޮވިއޭޑޯގެ ކޯޗަކަށް 2028 ވަނަ އަހަރުގެ ނިޔަލަށް ހަމަޖައްސައިފި. އޭނާ މި މަގާމާ ހަވާލުވީ ރެއާލް މެޑްރިޑްގެ ރިޒާވް ޓީމުގައި ހަ އަހަރު ދުވަހު ކޯޗުކަން ކުރުމަށްފަހު، ނަތީޖާ ދަށްވުމުގެ ސަބަބުން ވަކިކުރި ޖޫލިއަން ކަލޭރޯގެ ބަދަލުގައި

ތަޖުރިބާ ރަނގަޅު، ބޭނުމީ ވަރުގަދަ ޓީމުތަކާ ކުޅެން: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ތިންވަނަ ރާއްޖެއަށް ލިބުނުއިރު، މިއީ ގައުމީ ޓީމުގެ ކުރިއެރުމަށް ލިބުނު ވަރަށް ރަނގަޅު ތަޖުރިބާއެއް ކަމަށް ކެޕްޓަން އިމްރާން (އިންމި) ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ރާއްޖޭގެ ޓީމުން މިހާރު ބޭނުންވަނީ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅެގެން ފެންވަރު ރަނގަޅުކުރަން ކަމަށް

ރާއްޖެ ކައިރިން މޮޅުވެ ޗައިނާ އަށް ޗެމްޕިއަންކަން

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ފަހު މެޗުގައި ރާއްޖެ 8-3 އިން ބަލިކޮށް، ކުޅުނު ތިން މެޗުން މޮޅުވެގެން ޗައިނާ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި. މި މުބާރާތުގައި ރާއްޖެއަށް ލިބުނީ ތިން ވަނަ މަގާމު ކަމަށްވާއިރު، ރާއްޖެއިން ވަނީ ހޮންގް ކޮންގް އަތުން ބޮޑު މޮޅެއް ހޯދައި ދެކުނު ކޮރެއާ އަތުން ބަލިވެފައި

ގަލޮޅު ދަނޑު ފުޓްބޯޅަ ކުޅުމާއި މުނިފޫހިފިލުވޭނެ ތަނަކަށް ހަދަނީ

ގަލޮޅު ދަނޑު ތަޅާލުމަށްފަހު، އެތަނަކީ ފުޓްބޯޅައިގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް ބޭއްވޭނެ ފަދަ ހިތްގައިމު މަރުކަޒަކަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމާފައި. މި މަޝްރޫޢުގެ ދަށުން ދަނޑުގެ ޕިޗާއި ސިޑިބަރިތައް އައުކޮށް، އާންމުންނަށް ފަސޭހައިން ވަދެނިކުމެ އުޅެވޭނެހެން އެ ސަރަހައްދު ތަރައްގީކުރާނެ

ޔުނައިޓެޑްގެ ކޯޗުކަމުން އިސްތިއުފާ ނުދޭނެ ކަމަށް ކެރިކް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވެ ޓީމު ރެލިގޭޝަން ޒޯނަށް ވެއްޓިފައިވީ ނަމަވެސް، މަގާމުން އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް ކަމަށް ކޯޗު މައިކަލް ކެރިކް ބުނެފި. ކެރިކް ގަބޫލުކުރާ ގޮތުގައި ހެދޭ ގޯސްތައް ރަނގަޅުކޮށްގެން ޓީމުގެ ހާލަތު ބަދަލުކުރެވޭނެ ކަމުގެ އުންމީދު އެބައޮތް.

Newsletter

Get the latest news delivered straight to your inbox