ހުލާސާކޮށް އިއްޔެ: މަށިމާލި ޕެރޭޑާއި ސަރުކާރަށް އަމާޒުވި ފާޑުކިޔުންތައް

May 29, 2026, 1:30 AM
ކުޅުދުއްފުށި މަށި މާލި ޕެރޭޑުގެ ތެރެއިން: މިފަހަރު ވެސް ސިޔާސީ އެކި މެސެޖުތައް ދައްކުވައިދޭ ގިނަ ފުޅަނދުތަކެއް ފެނުނު -- ފޮޓޯ: ސްކްރީންޝޮޓް

ކުޅުދުއްފުށި މަށި މާލި ޕެރޭޑުގެ ތެރެއިން: މިފަހަރު ވެސް ސިޔާސީ އެކި މެސެޖުތައް ދައްކުވައިދޭ ގިނަ ފުޅަނދުތަކެއް ފެނުނު -- ފޮޓޯ: ސްކްރީންޝޮޓް

ހދ. ކުޅުދުއްފުށީގައި ކޮންމެ އަހަރަކު ބާއްވަމުން އަންނަ މަށިމާލި ޕެރޭޑުގައި މިއަހަރު ވެސް ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާއަށް އަމާޒުކޮށް ތަފާތު ސިޔާސީ މެސެޖުތަކެއް ވަނީ ދީފައެވެ. އެގޮތުން ރައީސަށް އަމާޒުވެފައިވާ ތުހުމަތުތަކާ ގުޅުވައިގެން ތައްޔާރުކޮށްފައިވާ "އެމަންޖެގެ ފޯން" ފުޅަނދު ގިނަ ބައެއްގެ ސަމާލުކަމަށް އައެވެ. މި ހަބަރުގެ އިތުން އިއްޔެ ސުރުހީތަކުން ފާހަގަކޮށްލެވޭ ބައެއް ހަބަރުތައް ތިރީގައި އެ ވަނީ އެވެ. 

މަށިމާލި ޕެރޭޑް: ދަންވަރު ގުޅާ ސޮރު، ނޫސްވެރިޔާ ޝަހުޒާން، ސަރުކާރުގެ ތަރުޖަމާނު އަދި އާސެނަލްއަށް ތަށި ލިބުން

މި އަހަރުގެ ބޮޑު އީދުގައި ކުޅުދުއްފުށީގައި ބޭއްވި މަށިމާލި ޕެރޭޑުގައި، ރައީސް މުއިއްޒަށް އަމާޒުވި ތުހުމަތުތަކާއި ސަރުކާރުގެ ތަރުޖަމާނާ ގުޅޭ ސިޔާސީ މެސެޖުތައް މަޖާ ގޮތަކަށް ފުޅަނދުތަކުން ދައްކާލާފައިވެއެވެ. މީގެ އިތުރުން ނޫސްވެރިޔާ ޝަހުޒާން ހައްޔަރުކުރުމާއި، އާސެނަލްއަށް ތަށި ލިބުން ފަދަ ކަންކަމުގެ އިތުރުން ގައުމުގެ އިޖުތިމާއީ އަދި އިގްތިސާދީ އެކި މައްސަލަތަކަށް މި ޕެރޭޑުގައި ވަނީ އަލިއަޅުވާލާފައެވެ.

މި ޕެރޭޑުގައި ދައްކާލި ބައެއް އައިޓަމްތަކާ މެދު ރައީސްގެ އާއިލީ ވަކީލު އާޒިމާ ޝަކޫރު ވަނީ ނުރުހުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި މިފަހަރުގެ ޕެރޭޑުގައި ދައްކާލި ބައެއް ކަންކަމަކީ ބަލައިގަނެވޭނެ ކަންކަމެއް ނޫނެވެ.

ރައީސްގެ އާއިލީ ވަކީލު އާޒިމާއަށް މަށި މާލި ޕެރޭޑު ކަމަކު ނުދިޔަ

ކުޅުދުއްފުށީގައި ބޭއްވި މަށި މާލި ޕެރޭޑުގައި ރައީސް މުއިއްޒަށާއި ސަރުކާރަށް ފާޑުކިޔައި ތައްޔާރުކޮށްފައިވާ އައިޓަމްތަކާ މެދު ރައީސްގެ އާއިލީ ވަކީލު އާޒިމާ ޝަކޫރާއި އިސްލާމިކް މިނިސްޓަރު ޝަހީމް ހިތްހަމަނުޖެހުން ފާޅުކުރައްވައިފިއެވެ. އާޒިމާ ވިދާޅުވީ މިކަމުގެ ސަބަބުން އީދުގެ އުފާވެރިކަމާއި އިޖުތިމާއީ ރޫހު ގެއްލިފައިވާ ކަމަށެވެ. މި ޕެރޭޑުގައި ރައީސަށް އަމާޒުކޮށްފައިވާ ޖިންސީ ތުހުމަތުތަކާއި ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔާ ތަފާތު ފުޅަނދުތައް ދައްކާލާފައިވެއެވެ.

މީގެ އިތުރުން، ސަރުކާރަށް ތާއީދުކުރައްވާ ބައެއް ދީނީ އިލްމުވެރިން ވެސް ވަނީ މި ޕެރޭޑާ ދެކޮޅަށް ތެދުވެފައެވެ. އެ ބޭފުޅުން ވަނީ ޕެރޭޑުގައި ދައްކުވައިދިން ބައެއް ކަންކަމަކީ އިސްލާމީ އަޚުލާގާ ޚިލާފު، "ހަރާމް" ކަންކަން ކަމަށް ސިފަކުރައްވާފައެވެ.

ސަރުކާރަށް ތާއީދުކޮށް ފަތުވާ ނެރޭ ޝެއިހުން މަށި މާލި ޕެރޭޑު ހަރާމްކޮށްފި

ހދ. ކުޅުދުއްފުށީގައި ބޭއްވި މަށި މާލި ޕެރޭޑުގައި ސަރުކާރަށް ފާޑުކިޔައި، ރައީސް މުއިއްޒަށް އަމާޒުކޮށް ޖިންސީ ތުހުމަތުތަކެއް ކުރި މައްސަލައިގައި ސަރުކާރަށް ތާއީދުކުރާ ދީނީ އިލްމުވެރިން އެ ހަރަކާތް ކުށްވެރިކޮށްފިއެވެ. އިސްލާމިކް މިނިސްޓަރާއި ބައެއް ޝެއިހުން ވަނީ އެއީ އިސްލާމީ އަހުލާގާ ހިލާފު "ޝައިތާނީ އަމަލުތަކެއް" ކަމަށް ސިފަކޮށް، އީދު ފާހަގަކުރުމުގައި ދީނީ މިންގަނޑުތަކަށް ބޯލެނބުމަށް ގޮވާލާފައެވެ.

ޖަލުގައި ދިން އަނިޔާގެ ތުހުމަތުތަކާއި ސަރުކާރުގެ ދިފާއު

ރައީސް މުއިއްޒަށް ސުވާލެއް ކުރިމަތިކުރުވައިގެން 15 ދުވަހު ޖަލުގައި ބަންދުކުރި މުހައްމަދު ޝަހުޒާން، އޭނާއަށް ޖަލުގައި ދިން ލާއިންސާނީ އަނިޔާތަކުގެ ވާހަކަ މީޑިއާއާ ހިއްސާކޮށްފައެވެ. ނަމަވެސް، ދަންވަރު ގަޑީގައި އޭނާ އޮތް ގޮޅިއަށް ވަދެ ނިދާ އަށި ތެޅި މައްސަލައިގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ ސަލާމަތީ ބާރުތަކުގެ އަމަލުތައް ދިފާއުކުރައްވާފައެވެ.

ދަންވަރު ގަޑީގައި މަރުތޭލާއި ފުއްކަށި ހިފައިގެން ގޮސް ޝަހުޒާން އޮތް ގޮޅީގެ އަށި ތެޅުން މިނިސްޓަރު ދިފާއުކޮށްފި

ޖަލުގައި ހުރި މުހައްމަދު ޝަހުޒާން އޮތް ގޮޅީގެ އަށި ދަންވަރު ގަޑީގައި ތެޅި މައްސަލަ ހޯމް މިނިސްޓަރު އަލީ އިހުސާން ދިފާއު ކުރައްވައިފިއެވެ. މިނިސްޓަރު ވިދާޅުވީ ޝަހުޒާންއާ މެދު އަމަލުކޮށްފައިވަނީ އެހެން ގައިދީންނާ މެދުވެސް އަމަލުކުރާ އުސޫލުން ކަމަށާއި، އެއީ ރައީސް އަންގަވައިގެން ކުރި ކަމެއް ނޫން ކަމަށެވެ. ނަމަވެސް ޝަހުޒާން ވަނީ އޭނާއަށް ޖަލުގައި ލާއިންސާނީ އަނިޔާ ދީފައިވާ ކަމަށް ބުނެފައެވެ.

ދައުލަތުގެ ހިންގުމާއި މަޖިލީހަށް އަންނަ ބަދަލުތައް

ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ސްޓޭޓް އަދި ޑެޕިއުޓީ މިނިސްޓަރުންގެ މައުލޫމާތު ރައީސް އޮފީހުގެ ވެބްސައިޓުން ކުއްލި ގޮތަކަށް ވަނީ އުނިކޮށްފައެވެ. މި ބަދަލު އައިސްފައިވަނީ ސިޔާސީ މަގާމުތަކަށް ތައުލީމީ ގާބިލު ބޭފުޅުން އައްޔަނުކުރާނެ ކަމަށް ރައީސް ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

ސްޓޭޓް އަދި ޑެޕިއުޓީ މިނިސްޓަރުންގެ މައުލޫމާތު ރައީސް އޮފީހުގެ ވެބްސައިޓުން އުނިކޮށްފި

ސަރުކާރުގެ ސްޓޭޓް އަދި ޑެޕިއުޓީ މިނިސްޓަރުންގެ މައުލޫމާތު ރައީސް އޮފީހުގެ ވެބްސައިޓުން މިހާރު ވަނީ އުނިކޮށްފައެވެ. މި ބަދަލު ގެނެސްފައިވަނީ ސިޔާސީ މަގާމުތަކަށް މީހުން އައްޔަނުކުރުމުގައި ތައުލީމީ ގާބިލުކަމަށް ބައްލަވާނެ ކަމަށާއި، ސަރުކާރުގެ ހަރަދު ކުޑަކުރުމަށް ސިޔާސީ މުވައްޒަފުން މަދުކުރައްވާނެ ކަމަށް ރައީސް އިއުލާނުކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މަގާމުން ވަކިކުރުމުގެ މައްސަލަ އަންނަ އާދީއްތަ ދުވަހަށް ވަނީ ތާވަލުކޮށްފައެވެ. ވެރިކަން ކުރާ ޕީއެންސީން ބުނާ ގޮތުގައި އޭނާ މަގާމުން ވަކިކުރަން ނިންމީ މަޖިލީހުގެ މަސްލަހަތު ނަގާލަން މަސައްކަތް ކުރާތީއެވެ.

މަޖިލީހުގެ ނައިބުރައީސް ނާޒިމް މަގާމުން ވަކި ކުރަން ބާއްވާ ޖަލްސާ އާދީއްތަ ދުވަހު ބާއްވަނީ

ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އަހުމަދު ނާޒިމް ވަކިކުރުމުގެ ޖަލްސާ އަންނަ އާދީއްތަ ދުވަހަށް ތާވަލުކޮށްފައިވާއިރު، އޭނާ މިހާރު ވަނީ ރާއްޖެ ދޫކޮށް ވަޑައިގެންފައެވެ. ވެރިކަން ކުރާ ޕީއެންސީން އޭނާ މަގާމުން ވަކިކުރަން ހުށަހެޅީ ވަކި ސިޔާސީ ފިކުރަކަށް ބުރަވެ މަޖިލީހުގެ މަސްލަހަތު ނަގާލަން މަސައްކަތް ކުރާކަމަށް ތުހުމަތުކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނުރަސްމީ ދަތުރުފުޅު

ރައީސް މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އާއިލާ މިވަގުތު ތިއްބެވީ ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރުގައެވެ. މި ދަތުރުފުޅުގެ ކުރިން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ވަނީ އިނގިރޭސިވިލާތަށް ވެސް ޒިޔާރަތް ކުރައްވާފައެވެ.

ރައީސް މުއިއްޒުގެ އާއިލާ މިވަގުތު ސިންގަޕޫރުގައި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއިލީ ނުރަސްމީ ދަތުރުފުޅެއްގައި މިވަގުތު ސިންގަޕޫރުގައި މަޑުކުރައްވަމުން އެބަގެންދަވައެވެ. މި ދަތުރުފުޅަކީ އާއިލީ ޗުއްޓީއެއް ކަމަށް ސަރުކާރުން ބުނި ނަމަވެސް، މިއީ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމާ ބައްދަލުކުރެއްވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ކުރީގެ ރައީސް ނަޝީދު ވަނީ ތުހުމަތު ކުރައްވާފައެވެ.

ކުޅިވަރުގެ ޚަބަރުތައް

ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމުން ސާފް ވިމެންސް ޗެމްޕިއަންޝިޕްގައި ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗުގައި ވަރަށް ހިތްވަރުގަދަ ކުޅުމެއް ވަނީ ދައްކާފައެވެ. މެޗުން ބަންގްލަދޭޝް 4-2 އިން މޮޅުވި ނަމަވެސް، ރާއްޖޭގެ ޓީމުން ވަނީ މެޗުގެ ތެރެއިން ނަތީޖާ ހަމަހަމަކޮށް، ޗެމްޕިއަން ޓީމަށް ބޮޑު ގޮންޖެހުމެއް ކުރިމަތިކުރުވާފައެވެ.

ޗެމްޕިއަން ބަންގްލަދޭޝް ކައިރީގައި ރާއްޖޭގެ ހިތްވަރުގަދަ ކުޅުމެއް

ސާފް ވިމެންސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމުން ކުޅުުނު ފަހު މެޗުގައި އެންމެ ފަހުން ދެ ފަަހަރުގެ ޗެމްޕިއަން، ބަންގްލަދޭޝް ކައިރީގައި ހިތްވަރުގަދަ ކުޅުމެއް ވަނީ ދައްކައިފައި. ރާއްޖޭން ފަހަތުން އަރައި، 2-2 އިން އެއްވަރުކުރި މި މެޗުގައި ބަންގްލަދޭޝް ވަނީ 4-2 އިން މޮޅުވެފައި.

ބައިނަލްއަގުވާމީ ފުޓްބޯޅައަށް ބަލާއިރު، ވޯލްޑް ކަޕް ފެށެން ކުޑަދުވަސްކޮޅަކަށް ވެފައި ވަނިކޮށް ބްރެޒިލްގެ ތަރި ނޭމާއަށް އަނިޔާވެ، ކުޅުމާ ދުރަށް ދާންޖެހުމަކީ އެ ގައުމުގެ ސަޕޯޓަރުންނަށް ލިބުނު ބޮޑު މާޔޫސްކަމެކެވެ. އޭނާގެ ކުޑަކަޅުވާ އަށް ލިބުނު އަނިޔާއާ ގުޅިގެން މަދުވެގެން ދެ ހަފުތާގެ އަރާމެއް ބޭނުންވާނެ ކަމަށް ބްރެޒިލްގެ މެޑިކަލް ޓީމުން ބުނެއެވެ.

ވޯލްޑް ކަޕް ބޯމަތީގައި އޮއްވައި ނޭމާ އަށް އަނިޔާވެ މުއްދަތަކަށް ކުޅުމާ ދުރަށް

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ފަށަން ދެ ހަފްތާއެއްހާ ދުވަހަށް ވެފައި ވަނިކޮށް ބްރެޒިލްގެ ތަރި، ނޭމާގެ ފަޔަށް އަނިޔާވެ، މަދުވެގެން ދެ ހަފްތާއެއްހާ މުއްދަތަށް ކުޅުމާ ދުރުގައި ހުންނަން ޖެހިފައިވާ ކަމަށް ބްރެޒިލް ޓީމުން ވަނީ ބުނެފައި

ބައިނަލްއަގުވާމީ ޚަބަރު

ލާއޯސްގެ ހޮހަޅައެއްގައި ތާށިވެފައި ތިބި ފަސް މީހަކު ހަފުތާއެއް ފަހުން ދިރިތިއްބާ ވަނީ ފެނިފައެވެ. ތައިލެންޑުގެ ރެސްކިއު ޓީމުތަކާ ގުޅިގެން ކުރިއަށްގެންދާ މި އޮޕަރޭޝަނުގައި، އަދިވެސް ގެއްލިފައިވާ އިތުރު ދެ މީހަކު ހޯދުމުގެ މަސައްކަތް ދަނީ ހުއްޓުމެއް ނެތި ކުރަމުންނެވެ.

ލާއޯސްގެ ހޮހަޅައެއްގައި ތާށިވި ފަސް މީހަކު ފެނިއްޖެ، ދެ މީހަކު ހޯދުމުގެ މަސައްކަތް ކުރިއަށް

ލާއޯސްގެ ހޮހަޅައެއްގައި ރަން ހޯދަން އުޅުމުގެ ތެރޭގައި ތާށިވި ހަތް މީހުންގެ ތެރެއިން ފަސް މީހަކު، ހަފުތާއެއް ފަހުން ދިރިތިއްބާ ވަނީ ފެނިފައެވެ. ބޯކޮށް ވާރޭވެހި ހޮހަޅައިގެ ދޮރު ބަންދުވުމުން ހިނގި މި ހާދިސާގައި ގެއްލުނު އަނެއް ދެ މީހުން ހޯދުމުގެ މަސައްކަތް ލާއޯސް އާއި ތައިލެންޑުގެ ޓީމުތައް ގުޅިގެން މިހާރު ދަނީ ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox