ޗެމްޕިއަން ބަންގްލަދޭޝް ކައިރީގައި ރާއްޖޭގެ ހިތްވަރުގަދަ ކުޅުމެއް

May 28, 2026, 9:49 PM
ސާފް ވިމެންސް ޗެމްޕިއަންޝިޕްގައި ބަންގްލަދޭޝާއި ރާއްޖެ ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަން (ބީއެފްއެފް)

ސާފް ވިމެންސް ޗެމްޕިއަންޝިޕްގައި ބަންގްލަދޭޝާއި ރާއްޖެ ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަން (ބީއެފްއެފް)

ސާފް ވިމެންސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމުން ކުޅުުނު ފަހު މެޗުގައި އެންމެ ފަހުން ދެ ފަަހަރުގެ ޗެމްޕިއަން، ބަންގްލަދޭޝް ކައިރީގައި ހިތްވަރުގަދަ ކުޅުމެއް ދައްކައިފި އެވެ. 

ރާއްޖޭން ފަހަތުން އަރައި، 2-2 އިން އެއްވަރުކުރި މި މެޗުގައި ބަންގްލަދޭޝް ވަނީ 4-2 އިން މޮޅުވެފަ އެވެ. 

ބަންގްލަދޭޝް އިން ވަނީ މީގެ ކުރިން ރާއްޖެއާ ދެކޮޅަށް ކުޅުނު ހުރިހާ މެޗަކުން ފަސޭހަ މޮޅެއް ހޯދައިފަ އެވެ. އެކަމަކު، މިރޭ ކުޅުނު މެޗުގައި ރާއްޖޭން ވަނީ ބަންގްލަދޭޝަށް ރަނގަޅު ޗެލެންޖެއް ދީފަ އެވެ. ސާފް ޗެމްޕިއަންޝިޕްގައި މީގެ ކުރިން ރާއްޖޭން ތިން ފަހަރު، ބަންގްލަދޭޝާ ކުޅުނެވެ. އެ ގޮތުން، 2014 ވަނަ އަހަރު، ބަންގްލަދޭޝް 3-1 އިން ރާއްޖެ ބަލިކުރިއިރު، 2017 ވަނަ އަހަރުގެ ސެމީ ފައިނަލުގައި 6-0 އިން ރާއްޖެ ބަލިކުރި އެވެ. އެންމެ ފަހުން، 2022 ވަނަ އަހަރު މި ދެ ޓީމު ކުޅުނު މެޗު ނިމުނީ، 3-0 އިން ބަންގްލަދޭޝް މޮޅުވެގެންނެވެ. އަދި، 2016 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓްގައި ބަންގްލަދޭޝް އިން ވަނީ 2-0 އިން ރާއްޖެ ބަލިކޮށްފަ އެވެ. 

އިންޑިއާގެ ގޯއާގައި ކުޅޭ، މި ފަހަރުގެ ސާފް ވިމެންސް ޗެމްޕިއަންޝިޕްގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި، އިންޑިއާ އަތުން ވަނީ 11-0 އިން ބަލިވެފަ އެވެ. ދެ ވަނަ މެޗަށް ރާއްޖޭން މިރޭ ނުުކުމެ، ބަންގްލަދޭޝާ ދެކޮޅަށް ރަނގަޅު ކުޅުމެއް ދެއްކި އެވެ. 

ގޯއާގެ ޖަވާހަރްލާލް ނެހްރޫ ސްޓޭޑިއަމްގައި ކުޅުނު މެޗު ފަށައިގެން ފުރަަތަަމަ މިނިޓްގައި، ބަންގްލަދޭޝް އިން ވަނީ ލީޑުނަގައިފަ އެވެ. އެ ގޮތުން، މި ލަނޑު ޖެހީ އަނީކާ ރާނިއާ ސިއްދީގު އެވެ. ދެ ވަނަ ލަނޑު ޖަހަން ބަންގްލަދޭޝް އިން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ރާއްޖޭގެ ގޯލު ބަލަހައްޓަމުން އައި ކީޕަރު، ފާތިމަތު ސައުޝަން ވަނީ ބަންގްލަދޭޝްގެ ރަނގަޅު ހަމަލާތަކެއް ހުއްޓުވައިފަ އެވެ. މެޗުގައި ބަންގްލަދޭޝް އިން ދެ ވަނަ ލަނޑު ޖެހީ، 34 ވަނަ މިނިޓްގައި އުމޭލާ މަރްމާ އެވެ. 

ފުރަތަމަ ހާފު ނިމުމުގެ ކުރިން، ރާއްޖޭން ވަނީ މުބާރާތުގައި ފުރަތަމަ ފަހަރަށް ލަނޑެއް ޖަހައި، މެޗުގައި ފަރަގު ކުޑަކޮށްފަ އެވެ. އެ ގޮތުން، 43 ވަނަ މިނިޓްގައި މި ލަނޑު ޖެހީ، މަރިޔަމް ނޫރާ އެވެ. އަދި، ދެ ވަނަ ހާފު ފަށައިގެން ވެސް ރަނގަޅު ކުޅުމެއް ދައްކައި، މެޗުގެ 57 ވަނަ މިނިޓްގައި އައިމިނަތު ފަޒްލާ ވަނީ ލަނޑު ޖަހައި، ރާއްޖެ އަށް އެއްވަރުކޮށްދީފަ އެވެ. 

ރާއްޖޭން ނަތީޖާ ހަމަހަމަކުރިތާ ހަތް މިނިޓް ފަހުން، މެޗުގެ 64 ވަނަ މިނިޓްގައި ބަންގްލަދޭޝް އިން އަލުން ލީޑުނެގި އެވެ. މި ލަނޑު ޖެހީ، ސޯރަވީ އަކަންދާ ޕްރިތީ އެވެ. އަދި، މެޗުގައި ބަންގްލަދޭޝްގެ ފަހު ލަނޑު ޖެހީ އިތުރު ވަގުތުގެ ފަސް ވަނަ މިނިޓްގައި، ކޮހާތީ ކިސްކޫ އެވެ. 

ސަތާރަ އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު، ސޮބާހު މުހައްމަދު (ސޮބާ)، ގައުމީ އަންހެން ޓީމާ ހަވާލުވެ، ކުރު މުއްދަތެއްގައި ކުރި މަސައްކަތުން ދެ މެޗަށް ބަލާއިރު، ގައުމީ އަންހެން ޓީމުގެ ފަރާތުން މެޗުން މެޗަށް ވަނީ ކުރިއެރުން ފެނިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ވިއްސާރައާ ހެދި ބުރު އާއި ނިއު މެޗު ފަސްކުރަން ޖެހިއްޖެ

މޫސުން ގޯސްވެ ގަލޮޅު ދަނޑުގައި ފެންބޮޑުވުމުގެ ސަބަބުން، ދިވެހި ޕްރިމިއާ ލީގުގައި މިރޭ ނިއު ރޭޑިއަންޓާއި ބުރު ސްޕޯޓްސް ކްލަބް ބައްދަލުކުރަން އޮތް މެޗު އެފްއޭއެމް އިން ފަސްކޮށްފި. މިއަދު ހަވީރު ކުޅުނު މެޗަށްވެސް ވިއްސާރައިގެ އަސަރުކޮށްފައިވާއިރު، މިރޭގެ މެޗު ފަސްކުރަން ނިންމީ މެޗު ކުޅެވޭނެ ފަދަ ހާލަތެއް ދަނޑުގައި ނެތުމުން.

އޮޑި އާއި އީގަލްސްގެ ކުރިމަތިލުމަށް ހަމަހަމަ ނިމުމެއް

ދިވެހި ޕްރިމިއާ ލީގުގައި ކްލަބް އީގަލްސް އާއި އޮޑި ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗު 0-0 އިން އެއްވަރުވުމުން، ލީގުގެ އެއް ވަނަ އަށް އެރުމަށް އީގަލްސް އަށް ލިބުނު ފުރުސަތު ގެއްލުނު. ވިއްސާރައިގެ ސަބަބުން ކުޅުމަށް ހުރަސްތަކެއް ކުރިމަތިވި މި މެޗުގައި، ދެ ޓީމުން ލަނޑެއް ޖެހުމަށް ކުރި މަސައްކަތް ކާމިޔާބުނުވީ ދެ ޓީމުގެ ކީޕަރުންގެ ކުޅުން ރަނގަޅުވުމުން

ކްވަރަޝްކޭލިއާ އަށް ސީޒަން ނިމުމުގެ ބިރު

ޗެމްޕިއަންސް ލީގުގައި ބާސެލޯނާއާ ދެކޮޅަށް ކުޅުނު މެޗުގައި ޕީއެސްޖީގެ ކްވަރަޝްކޭލިއާގެ ކަކުލަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން އޭނާއަށް މި ސީޒަން ނިމިއްޖެ. ޓެސްޓްތަކުން ދައްކާގޮތުގައި އޭނާގެ އޭސީއެލް އިރައިގެން ގޮސްފައިވާއިރު، މި އަނިޔާއިން ރަނގަޅުވުމަށް ގާތްގަނޑަކަށް 6 މަހާއި 9 މަހާ ދެމެދުގެ މުއްދަތެއް ނަގާނެ

އިންގްލެންޑުން ރިޓަޔާނުކުރާ ކަމަށް ހެންޑަސަން ބުނެފި

މިހާރު ޗެލްސީއަށް ކުޅެމުން އަންނަ ތަޖުރިބާކާރު މިޑްފީލްޑަރު ހެންޑަސަން، އިންގްލެންޑް ގައުމީ ޓީމުން ރިޓަޔާނުކުރާ ކަމަށާއި އަދިވެސް ގައުމީ ޓީމަށް ކުޅުމުގެ ޝައުގުވެރިކަން އެބަހުރި ކަމަށް ބުނެފި. އޭނާ ގަބޫލުކުރާ ގޮތުގައި ޗެލްސީގައި ރަނގަޅު ކުޅުމެއް ދައްކައިގެން އަދިވެސް އެންމެ މަތީ ފަންތީގައި ގައުމީ ޓީމަށް ޚިދުމަތް ކުރުމުގެ ފުރުސަތު އޭނާއަށް އެބައޮތް

އިހުތިރާމް ކުރާތީ ފަބްރެގަސް ސުވާލަކަށް ޖަވާބު ނުދިން

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވުމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދޭން ކޯމޯގެ ކޯޗު ސެސްކް ފަބްރެގަސް ދެކޮޅުހަދައިފި. ފަބްރެގަސް ބުނީ މިވަގުތު ޔުނައިޓެޑްގެ ކޯޗަކަށް ހުރި މައިކަލް ކެރިކަށް އިހުތިރާމް އަދާކުރުމުގެ ގޮތުން އެ ސުވާލަށް ޖަވާބުދޭން ބޭނުންނުވާ ކަމަށް

ނިއު އަކީ ވަރުގަދަ ޓީމެއް ވިޔަސް ބުރަށް ވާދަކުރެވޭނެ

ނިއު ރޭޑިއަންޓަކީ ވަރުގަދަ ޓީމެއް ނަމަވެސް، ބުރު ސްޕޯޓްސް ކްލަބުން އެ ޓީމާ ދެކޮޅަށް ރަނގަޅު ވާދައެއްކޮށް ކާމިޔާބު ހޯދޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ކޯޗު ރޮޑްރިގޭޒް ބުނެފި. ކޯޗު ފާހަގަކުރި ގޮތުގައި ޓީމުގެ ކުޅުން ދުވަހުން ދުވަހަށް ކުރިއަރަމުން އަންނާތީ، ކޮންމެ ޓީމެއް އަތުންވެސް މޮޅުވެވޭނެ ކަމުގެ އިތުބާރު މިހާރު އެބައޮތް

ލިވަޕޫލަށް ތަފާތު މޮޅެއް، ޕީއެސްޖީން ބާސެލޯނާ ބަލިކޮށްފި

ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން ޕީއެސްޖީން 4-2 އިން ބާސެލޯނާ ބަލިކުރިއިރު، ލިވަޕޫލުން ވަނީ ފަހަތުން އަރައި 4-3 އިން ވިޔަރެއާލްގެ މައްޗަށް ކުރިހޯދާފައި މީގެ އިތުރުން މެންޗެސްޓާ ސިޓީން 5-1 އިން އޭއީކޭ އެތަންސް ބަލިކުރިއިރު، އެ މެޗުގައި ފިލް ފޯޑެން ވަނީ ހެޓްރިކެއް ހަދާފައި

Newsletter

Get the latest news delivered straight to your inbox