ސަރުކާރަށް ތާއީދުކޮށް ފަތުވާ ނެރޭ ޝެއިހުން މަށި މާލި ޕެރޭޑު ހަރާމްކޮށްފި

May 28, 2026, 11:14 PM
އަލީ ޒައިދު: މަށި މާލި ޕެރޭޑަށް ނުސީދާކޮށް ފާޑުކިޔަމުން އޭނާ ބުނީ ޕެރޭޑުން ފެނުނީ ޝައިތާނީ އަމަލުތަކެއް ކަމަށް -- ފޮޓޯ: އައްޑޫ ލައިވް

އަލީ ޒައިދު: މަށި މާލި ޕެރޭޑަށް ނުސީދާކޮށް ފާޑުކިޔަމުން އޭނާ ބުނީ ޕެރޭޑުން ފެނުނީ ޝައިތާނީ އަމަލުތަކެއް ކަމަށް -- ފޮޓޯ: އައްޑޫ ލައިވް

ރައީސް މުހައްމަދު މުއިއްޒާއި ސަރުކާރަށް ތާއީދު ކުރާ ބައެއް ޝެއިހުން ހދ. ކުޅުދުއްފުށީގެ މަށި މާލި ޕެރޭޑާ ދެކޮޅަށް ތެދުވެ، ޕެރޭޑުގައި ދައްކުވައިދިން ކަންކަން ހަރާމްކޮށްފި އެވެ. 

މިއަދު ހަވީރު ކުރިއަށްދިޔަ މަށި މާލި ޕެރޭޑުގައި މުއިއްޒަށް އަމާޒުވެފައިވާ ޖިންސީ ތުހުމަތުތަކާ ގުޅޭ ގިނަ ފުޅަނދުތަކެއް ވަނީ ދައްކާލައިފަ އެވެ. އަދި ސަރުކާރުގެ އެކި ކަންކަމަށް ވެސް ޕެރޭޑުގައި ފާޑުކިޔާފައިވެ އެވެ. 

ޕެރޭޑާ ގުޅޭ ގޮތުން ނުސީދާކޮށް ވާހަކަ ދައްކަމުން، މި ދުވަސްވަރު ސަރުކާރަށް ވަރަށް ބޮޑަށް ތައުރީފު ކުރާ ޝެއިހު އަލީ ޒައިދު ބުނީ އެ ޕެރޭޑުން ފެނުނީ "ޝައިތާނީ އަމަލުތަކެއް" ކަމަށެވެ. 

Advertisement

"އިޖުތިމާއީ އަހުލާގުން ބޭރުވެ، މީހުންނާ ފޮށި، ފުރައްސާރަކޮށް ހެދުމުގެ މައްޗަށް ބިނަަކޮށްފައިވާ ހުތުރު އަމަލުތަކަކީ މުނިފޫހި ފިލުވުމެއް ނޫން! އެހެނެއްކަމަކު އެއީ ހުތުރުވެގެންވާ ޝައިތާނީ އަމަލުތަކެއް! މިފަދަ ނުބައި ކަންކަން ހިންގުމުން ދޭހަވަނީ އެބައެއްގެ އަހުލާގުގެ ފެންވަރު،" އެކްސްގައި ކުރި ޕޯސްޓެއްގައި ޒައިދު ބުންޏެވެ. 

ޒައިދުގެ އިތުރުން، މިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ސަރުކާރާއެކު ކޯލިޝަނެއް ހެދި އަދާލަތު ޕާޓީގެ ރައީސް މުހައްމަދު ޝިފާން ވެސް ވަނީ މަށި މާލި ޕެރޭޑު ހަރާމްކޮށްފަ އެވެ. އޭނާ ވެސް ޕެރޭޑަށް ފާޑުކިޔާފައި ވަނީ ނުސީދާކޮށެވެ. 

"އީދު ފާހަގަކުރުމުގެ ނަމުގައި ލަދު ހުތުރު މަންޒާރާއި ބަހުރުވަ ބޭނުން ކުރުމަކީ މުސްލިމުންގެ ސިފައެއް ނޫން. އަދި އެއީ ދިވެހި ސަގާފަތުގެ ތެރޭގައި ވެސް ކޮށް އުޅުނު ކަންކަމެއް ނޫން. އެބައެއްގެ ދީނާ އަމިއްލަވަންތަ ކަމަށް އިހުތިރާމް ނުކުރާ ބަޔަކާމެދު ހިތާމަ ހުރި،" ޝިފާން ވިދާޅުވެފައިވެ އެވެ. 

އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވެސް ވަނީ މަށި މާލި ޕެރޭޑަށް ނުސީދާކޮށް ފާޑުވިދާޅުވެފަ އެވެ. 

"އީދު ފާހަގަކުރުން ކުރިއަށް ގެންދަންވާނީ އިސްލާމީ ސަގާފަތާއި ހިލާފުނުވާ ގޮތުގެ މަތިންކަން މުސްލިމުން ހަނދާންކުރަންވާނެ. ކުޅިވަރުކުޅުމާއި އުފާވެރިކަން ފާޅުކުރުމުގައި އިސްލާމީ އީދެއްގެ މަތިވެރިކަން ދަމަހައްޓައި އިސްލާމީ އަހުލާގާއި ރިވެތި އުސޫލުތަކަށް ރައްކާތެރިވާންވާނެ،" އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަހީމް ވިދާޅުވެފައިވެ އެވެ. 

ސަރުކާރަށް ތާއީދު ކުރާ ޝެއިހުންނަށް މަށި މާލި ޕެރޭޑު ކަމުނުދިޔަ ނަމަވެސް އިސްލާމީ ޝަރީއާގެ ރޮނގުން މަތީ ތައުލީމު ހާސިލު ކުރައްވާފައިވާ ރާއްޖޭގެ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވަނީ މަށި މާލި ޕެރޭޑު ދިފާއު ކުރައްވައިފަ އެވެ. 

"މިއަދު ކުޅުދުއްފުށީ ޕެރޭޑުން ފެންނަނީ ހަދީސްފުޅުގައިވާ ގޮތަށް އެމީހެއްގެ ކުޅަދާނަކަން ހުރި މިންވަރުން މުންކަރާތްތައް ހުއްޓުވަން ކުރާ މަސައްކަތް: މުއިއްޒުގެ ވިޔާނުދާ އަނިޔާވެރި އަމަލުތަކަށް ފާޑުކިޔުމަކީ ވެސް އެމީހެއްގެ ކުޅަދާނަވި މިންވަރަކުން ސަރުކާރުގެ ނުބައި ކަންތައް ހުއްޓުވަން ކުރާ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމެއް،" ޖަމީލު ވިދާޅުވެފައިވެ އެވެ. 

ސަރުކާރަށް ތާއީދު ކުރާ ޝެއިހުންނަށް މަށި މާލި ޕެރޭޑު ކަމުނުދިޔައީ ޕެރޭޑުގައި މުއިއްޒަށް ފާޑުކިޔާފައިވާތީ ކަމަށް ވެސް ޑރ. ޖަމީލް ވިދާޅުވި އެވެ. 

"ސަރުކާރުގެ ވަޒީރުންނާ ބައެއް ޕަޕެޓުންނަށް ހަޖަމު ނުވެގެން އުޅޭ މައްސަލަ ގުޅިފައި އޮތީ މުއިއްޒާ. އެއްވެސް އިހުލާސްތެރިކަމެއް ނެތް ބައެއް،" ކުރީގެ ނައިބު ރައީސް ވިދާޅުވެފައިވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ސައުދުގެ މައްޗަށް ކުރާ ދައުވާތައް އަނބުރައި ގެންދަން ގޮވާލައިފި

އެ ޕާޓީން ބުނީ މިއީ ކައުންސިލްގެ ނިންމުމަކަށް ސައުދު ފަރުދީގޮތުން ޒިންމާކުރުވައި، އޭނާގެ މޭޔަރުކަމުގެ މަގާމު ގެއްލުވާލުމަށް ސިޔާސީ ބޭނުމެއްގައި ކުރާ ކަމެއް ކަމަށް. އަދި އެކަށީގެންވާ ހެކި ނެތް މި މައްސަލައިގެ ޝަރީއަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދިއުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށްވެސް އެމްޑީޕީން ފާހަގަކޮށްފައިވޭ.

ވެމްކޯގެ ބައެއް މުވައްޒަފުންނަށް އަދިވެސް މުސާރަ ނުދޭ

ވެމްކޯގެ ބައެއް މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދިވެސް ނުލިބޭތީ، ބިލްތައް ނުދެއްކި ޖޫރިމަނާވުމާއި ކުލި ދެއްކުން ލަސްވުމުގެ ކަންބޮޑުވުން މުވައްޒަފުން ފާޅުކޮށްފިއެވެ. މުސާރަ ދިނުން ލަސްވާ މައްސަލަ މިދިޔަ އަހަރުން ފެށިގެން ކުރިމަތިވަމުންދާއިރު، މިހާރު ގިނަ މުވައްޒަފުންނަށް މުސާރަ ލިބެނީ ކޮންމެ މަހެއްގެވެސް 10 ވަނަ ދުވަހާ ގާތްވުމުންނެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު ހަރަކާތުން އަދާލަތަށް މަރުހަބާ ކިޔައިފި

އެ ހަރަކާތުން ބުނިގޮތުގައި، ގައުމުގެ ސަލާމަތާއި ދީނީ އެއްބައިވަންތަކަމަށް އުނިކަން ލިބޭ ގޮތަށް މި މަޝްރޫއު ކުރިއަށް ނުގެންދިއުމަށް އަދާލަތުން ގޮވާލި ގޮވާލުމަށް ފުރިހަމައަށް ތާއީދުކުރެއެވެ.

ރަސްމާލެ އެއްވުމުގައި ފައިސަލް ވެސް ބައިވެރިވަނީ

މި އެއްވުމުގައި ކުރީގެ ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވާއިރު، މިއީ ރަސްމާލޭގެ ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ވިއްކާލުމާ ދެކޮޅަށް ބާއްވާ ހަރަކާތެއް. ސަރުކާރުން މިހާރު ވަނީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް މަޖިލީހަށް ހުށަހަޅައިފަ.

ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ މަޖިލީހެއް އެކުލަވާލައިފި

ރައީސް މުއިއްޒު ރިޔާސަތު ބަލަހައްޓަވާ މި މަޖިލީހަކީ މިނިވަން ދުވަހުގެ ޖަލްސާގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އުފެއްދެވި މަޖިލީހެކެވެ. މީގެ އިތުރުން އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ 150 މީހުންގެ ގައުމީ މަޖިލީހެއް އެކުލަވާލުމަށް ވެސް ވަނީ ނިންމާފައެވެ.

ކަނދެއް ހަލާކުވެ ޓީއެމްއޭގެ ސީޕްލޭނެއް ދިޔަވެއްޖެ

ހުޅުލޭ ސީ-ޕްލޭން ޓާމިނަލުން ފުރަން އުޅުނު ބޯޓެއް އެކްސިޑެންޓުވެ، އޭގައި ތިބި މީހުން މޫދަށް ފުންމާލި ނަމަވެސް އެއްވެސް މީހަކަށް އަނިޔާ ލިބުނު ކަމެއް މިހާތަނަށް ނޭނގޭ. މި ހާދިސާ ހިނގާފައިވަނީ ބޯޓު ފުރަންވެގެން ޑޮކުން ނައްޓާލި ވަގުތު. އަދި ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން.

ޒަޔަނިސްޓުންނަށް ރާއްޖޭގެ ވެލިފުކެއް ވެސް ދީގެންނުވާނެ: ހުސައިން

އޭނާ މިހެން ވިދާޅުވީ ރަސްމާލޭގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދީ، އެތަނުގައި ބޭރު މީހުންނަށް ދާއިމީކޮށް ވަޒަންވެރިވެވޭ ގޮތަށް ރިއަލް އެސްޓޭޓް ބިލެއް ސަރުކާރުން ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

Newsletter

Get the latest news delivered straight to your inbox