ރައީސްގެ އާއިލީ ވަކީލު އާޒިމާއަށް މަށި މާލި ޕެރޭޑު ކަމަކު ނުދިޔަ

May 28, 2026, 10:36 PM
އާޒިމާ އާއި ރައީސް މުއިއްޒު: މަށި މާލި ޕެރޭޑުގައި މުއިއްޒާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވޭ -- ފޮޓޯ: އަދަދު ފައިލް

އާޒިމާ އާއި ރައީސް މުއިއްޒު: މަށި މާލި ޕެރޭޑުގައި މުއިއްޒާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވޭ -- ފޮޓޯ: އަދަދު ފައިލް

ރައީސް މުހައްމަދު މުއިއްޒާއި ސަރުކާރަށް ވެސް ފާޑުކިޔައި ހދ. ކުޅުދުއްފުށިން މިއަދު ދައްކާލި މަށި މާލި ޕެރޭޑުގެ އައިޓަމްތައް އެމަނިކުފާނުގެ އާއިލީ ވަކީލު އާޒިމާ ޝަކޫރަށް ކަމުނުދިޔަ ކަމަށް އޭނާ މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ހަވީރު ކުރިއަށްދިޔަ މަށި މާލި ޕެރޭޑުގައި މުއިއްޒަށް އަމާޒުވެފައިވާ ޖިންސީ ތުހުމަތުތަކާ ގުޅޭ ގިނަ ފުޅަނދުތަކެއް ވަނީ ދައްކާލައިފަ އެވެ. އަދި ސަރުކާރުގެ އެކި ކަންކަމަށް ވެސް ޕެރޭޑުގައި ފާޑުކިޔާފައިވެ އެވެ. 

މަށި މާލި ޕެރޭޑާ ގުޅޭ ގޮތުން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި އާޒިމާ ވިދާޅުވީ ޕެރޭޑުގެ ސަބަބުން މުޅި އީދުގެ އުފާވެރިކަން ގެއްލިގެންދާ ކަމަށެވެ. 

"އީދުގައި މުޅި ރާއްޖެއިން ދައްކުވައިދޭ އިޖްތިމާއީ އުފާވެރިކަމުގެ ރޫހު މަށި މާލީގެ ސަބަބުން ގެއްލިގެންދޭ،" އާޒިމާ ވިދާޅުވެފައިވެ އެވެ. 

އާޒިމާގެ އިތުރުން އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވެސް މިއަދު ވަނީ ނުސީދާކޮށް މަށި މާލި ޕެރޭޑަށް ފާޑުވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ކުޅިވަރު ކުޅުމާއި އުފާވެރިކަން ފާޅުކުރުމުގައި އިސްލާމީ އީދެއްގައި މަތިވެރިކަން ދަމަހައްޓަންޖެހޭ ކަމަށެވެ. 

"އީދު ފާހަގަކުރުން ކުރިއަށް ގެންދަންވާނީ އިސްލާމީ ސަގާފަތާއި ހިލާފުނުވާ ގޮތުގެ މަތިންކަން މުސްލިމުން ހަނދާންކުރަންވާނެ. ކުޅިވަރުކުޅުމާއި އުފާވެރިކަން ފާޅުކުރުމުގައި އިސްލާމީ އީދެއްގެ މަތިވެރިކަން ދަމަހައްޓައި އިސްލާމީ އަހުލާގާއި ރިވެތި އުސޫލުތަކަށް ރައްކާތެރިވާންވާނެ،" ޝަހީމް ވިދާޅުވެފައިވެ އެވެ. 

މިއަދުގެ މަށި މާލި ޕެރޭޑުގައި ވަރަށް ތަފާތު އަދި ހުނަރުވެރި ފުޅަނދުތަކާއި އައިޓަމްތައް ފެނުނެވެ. އޭގެ ތެރޭގައި "ދަންވަރު ގުޅާ ސޮރު" އާއި "އެމަންޖެގެ ފޯނު" އާއި ސަރުކާރުން ޖަލަށްލީ އަދަދުގެ ނޫސްވެރިން މުހައްމަދު ޝަހުޒާން އަދި ލީވާން އަލީ ނާސިރުއަށް ވެގެން ތިބި މީހުން ފެނިގެންދިޔަ އެވެ. 

އެންމެ ބޮޑަށް މިފަހަރު މަޝްހޫރުވި އެއް ފުޅަނދަނީ "އެމަންޖެގެ ފޯނު" ފުޅަނދެވެ. އެ ފުޅަނދުން ދައްކުވައިދެނީ ރައީސް އޮފީހުގައި ކުރިން މަސައްކަތް ކުރި އަންހެން މުވައްޒަފަކަށް 58 އަށް ފަހަރު ގުޅި ސަބަބުތަކެވެ. ގުޅި ސަބަބުތަކުގެ ތެރޭގައި "ނައިޓީ ލީ ތޯ ބަލަން" އަދި "ދަތް އުނގުޅިތޯ ބަލަން" ގުޅި ކަމަށް ފުޅަނދުން ބުނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ސައުދުގެ މައްޗަށް ކުރާ ދައުވާތައް އަނބުރައި ގެންދަން ގޮވާލައިފި

އެ ޕާޓީން ބުނީ މިއީ ކައުންސިލްގެ ނިންމުމަކަށް ސައުދު ފަރުދީގޮތުން ޒިންމާކުރުވައި، އޭނާގެ މޭޔަރުކަމުގެ މަގާމު ގެއްލުވާލުމަށް ސިޔާސީ ބޭނުމެއްގައި ކުރާ ކަމެއް ކަމަށް. އަދި އެކަށީގެންވާ ހެކި ނެތް މި މައްސަލައިގެ ޝަރީއަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދިއުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށްވެސް އެމްޑީޕީން ފާހަގަކޮށްފައިވޭ.

ވެމްކޯގެ ބައެއް މުވައްޒަފުންނަށް އަދިވެސް މުސާރަ ނުދޭ

ވެމްކޯގެ ބައެއް މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދިވެސް ނުލިބޭތީ، ބިލްތައް ނުދެއްކި ޖޫރިމަނާވުމާއި ކުލި ދެއްކުން ލަސްވުމުގެ ކަންބޮޑުވުން މުވައްޒަފުން ފާޅުކޮށްފިއެވެ. މުސާރަ ދިނުން ލަސްވާ މައްސަލަ މިދިޔަ އަހަރުން ފެށިގެން ކުރިމަތިވަމުންދާއިރު، މިހާރު ގިނަ މުވައްޒަފުންނަށް މުސާރަ ލިބެނީ ކޮންމެ މަހެއްގެވެސް 10 ވަނަ ދުވަހާ ގާތްވުމުންނެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު ހަރަކާތުން އަދާލަތަށް މަރުހަބާ ކިޔައިފި

އެ ހަރަކާތުން ބުނިގޮތުގައި، ގައުމުގެ ސަލާމަތާއި ދީނީ އެއްބައިވަންތަކަމަށް އުނިކަން ލިބޭ ގޮތަށް މި މަޝްރޫއު ކުރިއަށް ނުގެންދިއުމަށް އަދާލަތުން ގޮވާލި ގޮވާލުމަށް ފުރިހަމައަށް ތާއީދުކުރެއެވެ.

ރަސްމާލެ އެއްވުމުގައި ފައިސަލް ވެސް ބައިވެރިވަނީ

މި އެއްވުމުގައި ކުރީގެ ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވާއިރު، މިއީ ރަސްމާލޭގެ ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ވިއްކާލުމާ ދެކޮޅަށް ބާއްވާ ހަރަކާތެއް. ސަރުކާރުން މިހާރު ވަނީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް މަޖިލީހަށް ހުށަހަޅައިފަ.

ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ މަޖިލީހެއް އެކުލަވާލައިފި

ރައީސް މުއިއްޒު ރިޔާސަތު ބަލަހައްޓަވާ މި މަޖިލީހަކީ މިނިވަން ދުވަހުގެ ޖަލްސާގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އުފެއްދެވި މަޖިލީހެކެވެ. މީގެ އިތުރުން އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ 150 މީހުންގެ ގައުމީ މަޖިލީހެއް އެކުލަވާލުމަށް ވެސް ވަނީ ނިންމާފައެވެ.

ކަނދެއް ހަލާކުވެ ޓީއެމްއޭގެ ސީޕްލޭނެއް ދިޔަވެއްޖެ

ހުޅުލޭ ސީ-ޕްލޭން ޓާމިނަލުން ފުރަން އުޅުނު ބޯޓެއް އެކްސިޑެންޓުވެ، އޭގައި ތިބި މީހުން މޫދަށް ފުންމާލި ނަމަވެސް އެއްވެސް މީހަކަށް އަނިޔާ ލިބުނު ކަމެއް މިހާތަނަށް ނޭނގޭ. މި ހާދިސާ ހިނގާފައިވަނީ ބޯޓު ފުރަންވެގެން ޑޮކުން ނައްޓާލި ވަގުތު. އަދި ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން.

ޒަޔަނިސްޓުންނަށް ރާއްޖޭގެ ވެލިފުކެއް ވެސް ދީގެންނުވާނެ: ހުސައިން

އޭނާ މިހެން ވިދާޅުވީ ރަސްމާލޭގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދީ، އެތަނުގައި ބޭރު މީހުންނަށް ދާއިމީކޮށް ވަޒަންވެރިވެވޭ ގޮތަށް ރިއަލް އެސްޓޭޓް ބިލެއް ސަރުކާރުން ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

Newsletter

Get the latest news delivered straight to your inbox