ޖަމިއްޔަތުއްސަލަފުގެ ބަޔާން ލަސްވަނީ ކީއްވެތޯ އެވެ؟

ޖަމިއްޔަތުއްސަލަފް ބަދަލުވެފައިވާ މިންވަރަށް ބަލާއިރު، ރަސްމާލެ ޕްރޮޖެކްޓާމެދު އައު ތަނަވަސް ވިސްނުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ހާމަކުރުމުގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހެނީ ކީއްވެތޯ އެވެ؟

ޖަމިއްޔަތުއްސަލަފް ބަދަލުވެފައިވާ މިންވަރަށް ބަލާއިރު، ރަސްމާލެ ޕްރޮޖެކްޓާމެދު އައު ތަނަވަސް ވިސްނުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ހާމަކުރުމުގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހެނީ ކީއްވެތޯ އެވެ؟

އިސްލާމްދީން ފެތުރުމަށާއި އެދީނުގެ މަންހަޖަށް އިންސާނުން ދިރިއުޅުމަށްޓަކައި މަގުދައްކައިދިނުމަށް ދީނީ އިލްމުވެރިން ކުރާ މަސައްކަތަކީ އިސްލާމީ ހަރަކާތޭ ބުނެވިދާނެ އެވެ. އެކަންކަން ދީނީ އިލްމުވެރިން މާނަކުރައްވާ ގޮތާއި ބަޔާންކުރައްވާ ގޮތުގައި ތަފާތުތައް ހުންނަކަމަށްޓަކައި އެންމެ އިހުޒަމާނުން ފެށިގެން ތަފާތު އިސްލާމީ ސްކޫލްތަކާއި އިސްލާމީ ހަރަކާތްތައް އުފަންވެ އެކި އިރަށް އެކިތަނުގައި އެކިވަރަށް އާލާވެފައިހުރެ އެވެ.

މިދެންނެވުނު ހުރިހާ ފިކުރެއްގެ އިލްމުވެރިންނަކީ ވެސް އަޅުގަނޑު ވަރަށް ލޯބިވާ ބަޔެކެވެ. އެހެނީ އިސްލާމްދީނަކީ އަޅުގަނޑުގެ ދީނެވެ. އެދީނަށްޓަކައި ހަމަ ކޮންމެ މީހަކު ހެޔޮހިތުން ކޮށްފި ކޮންމެ ހިދުމަތަކީ ހެވެކެވެ. އަޅުގަނޑާއި ތަފާތު ގޮތެއް ތަފާތު ވިސްނުމެއް ގެންގުޅުމަކުން އަނެކާގެ މަސައްކަތަކީ ދީނީ ނޫން ޚިދުމަތަކަށް ނުމެހެދޭނެ އެވެ.

ދިވެހިންގެ ތެރެއިން މިއަދު މިފެންނަ އިސްލާމީ ރޫހު މިހާރު މިފެންނަ ގޮތުގައި ތައާރަފުކޮށް ނެގެހެއްޓުމާއި ދެމެހެއްޓުމުގައި ސަލަފީ ފިކުރުގެ އިލްމުވެރިން ޖަމިއްޔަތުއްސަލަފު އުފެދުމުގެ ކުރިންވެސް ކުރެއްވި މަސައްކަތް އެއީ އަޅުގަނޑު އެޔާމެދު ފުންކޮށް ހިތުގައި ލޯބިޖެހި ބިންވަޅު ނެގިފައިހުރި ކަންކަމެވެ. އެޖަމިއްޔާ އުފެދިގެން މިއަދާ ހަމައަށް އައިއިރުވެސް އެޖަމިއްޔާ ނިސްބަވްތާ އިސްލާމީ ސްކޫލުގެ އިސްލާމީ ފިކުރުތައް މިރާއްޖޭގައި އަށަގަންނުވާ ދިރުވަން އެ ޖަމިއްޔާއިން ގަދައަޅާކުރަމުންދާ މަސައްކަތްތަކަށް މިހެން ލިޔާ ލިޔުމެއްގައި ހައްގު ޝުކުރާއި ތައުރީފެއްް ނުމެ ދެންނެވޭނެމެ އެވެ.

Advertisement

އިސްލާމީ މުފައްކިރެއްކަމަށްވާ މުޙައްމަދުލްޣަޒާލީ ވިދާޅުވެފައިވެ އެވެ. ފުރިހަމައީ އިސްލާމްދީނެވެ. އެދީން އުގަންނައިދިނުމަށް ހިންގާ އެއްވެސް ހަރަކާތަކީ ފުރިހަމަ ހަރަކާތެއް ނޫނެވެ. އެހެނީ އިންސާނުން ކުރާ ކޮންމެ ކަމަކީ އުނި ކަންކަމެވެ. މިހަގީގަތް މިހެން އޮންނަކަމަށްޓަކައި، ދިވެހި އިސްލާމީ ދައުވަތުގައި ދިވެހި އިސްލާމީ ވިސްނުމުގައި އުނި ކަންކަމާއި ބައިތައް ހުންނާނެކަމީ އިންކާރުކުރެވެން އޮންނާނެ ކަމެއް ނޫނެވެ. އެހެންނަމަވެސް އަބަދުވެސް މަދުވަނީ ނުވަތަ އިތުރަށް ރަނގަޅުކުރަންވީ ކަންކަމަކީ ކޮބައިކަން ދެނެގަތުމުގެ ބޭނުމަށް ބައެއް ކަންކަން އާންމުންނާ ހަމައަށް ގެނެސްދިނުމަކީ އަޅުގަނޑު ވަރަށް ކުރާ ހިތުންކުރާ ކަމެކެވެ.

ހަނދާނަށް އަންނަނީ ދެހާސް ފަސްވަނަ އަހަރެވެ. ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެދެން ފެށި ދުވަސްވަރެވެ. ރާއްޖޭގައި އޭރު ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނެވީ ދީނީ އިލްމުވެރިއެކެވެ. ރައީސް މައުމޫނެވެ. ނަމަވެސް ރައީސް މައުމޫނަށް ތާއީދުނުކުރާ ވަރަށް ގިނަ ދީނީ އިލްމުވެރިން އިސްވެތިއްބަވައިގެން އަދާލާތު ޕާޓީ އުފައްދަވައިފި އެވެ.  

މިޕާޓީތައް އުފެދެން ފެށުމުން ޖަމިއްޔަތުއްސަލަފަށް ނިސްބަތްވާ ބައެއް އިލްމުވެރިންނަށް އޭރު އަޅުގަނޑު ގުޅައި މައުލޫމާތު ސާފުކުރީމެވެ. އެބޭފުޅުން ވިދާޅުވީ ޕާޓީ ހެދުމަކީ އިސްލާމްދީނުގައި ހުއްދަ ކަމެއް ނޫންކަމަށެވެ. އެހެންވީމާ އަދާލަތު ޕާޓީގެ ނަމުގައި ދީނަށް ހިދުމަތްކުރުމަށް ނަމަވެސް ސިޔާސީ ޕާޓީއެއް ހަދައިގެން ޑިމޮކްރަސީގެ ތެރެއިން އެގޮތަށް މަސައްކަތްކުރުމަކީ ދީން ހުއްދަކުރާ ކަމެއް ނޫންކަމަށެވެ. 

ކޮންމެއަކަސް އިލްމުވެރިންތަކެއް އިސްވެތިއްބަވައިގެން އަދާލާތު ޕާޓީީ އުފެއްދުމުން އެ ހަރަކާތާ ނުގުޅި މުޅިން ވަކި، ނަމަވެސް ޖަމާއަތެއްގެ ސިފައިގައި ދިވެހިރާއްޖޭގައި ދީނަށް ހިދުމަތްކުރުމަށް އޭރު ތިބި ނުފޫޒުގަދަ ސަލަފީ އިލްމުވެރިން ޖަމިއްޔަތުއްސަލަފުގެ ނަމުގައި ޖަމިއްޔާއެއް އުފެއްދީ އޭރު އެބޭފުޅުން ދެކެވަޑައިގަތްގޮތުގައި ސިޔާސީ ޕާޓީ އުފެއްދުމަކީ ހަރާން ކަމެއްކަމުގައިވާތީ އެވެ. 

ޖަމިއްޔަތުއްސަލަފު އުފެދިގެން އައި ދުވަސްވަރު ރާއްޖޭގައި ބޭއްވޭ އެއްވެސް އިންތިހާބެއްގައި އެއްވެސް މީހަކަށް ތާއީދުކޮށް ބަސް ބުނުމަކީ އެ ޖަމިއްޔާއިން އޭރު ކުރާ ކަމެއް ނޫނެވެ. އޭގެ ސަބަބުވެސް ސާފެވެ. ސަބަބަކީ، އުސޫލެއްގެ ގޮތުން ސިޔާސީ ޕާޓީ ހެދުމާއި ރައްޔިތުން މަޖިލީހުގެ މެންބަރުކަން ކުރުމަކީ ވެސް އޭރު ސަލަފުގެ އިލްމުވެރިން ހުއްދަ ކަންކަން ކަމުގައި ދެކުނު ކަންކަމެއް ނޫނެވެ. އަދި އިސްލާމީ ދައުވަތު ހިންގަންވާނީ ކުފުރުގެ ނިޒާމުތަކުގެ ތެރެއަށް ނުވެދެކަމަށާއި އެކަންކުރެވޭނީ ޖަމިއްޔާއެއް ހަދައިގެން ސިޔާސީ މަގާމުތަކާ ނުލައިކަމުގައި އޭރު ސަލަފުގެ އިލްމުވެރިން ގަބޫލުކުރި އެވެ.

ނަމަވެސް ބައެއް އާންމު ސިޔާސީ ކަންކަމާ ގުޅިގެން ދީނީ ރައުޔު ހާމަކުރަން ސަލަފުން ފެށީ އާންމުންނާ ގުޅުންހުރި ކަންކަމުގައި އާންމުންނަށް ދީނީ ރައުޔު ހާމަކުރުމަށެވެ. އެގޮތުން ރައީސް ނަޝީދުގެ ވެރިކަމުގައި ޓެކްސްގެ ނިޒާމު ތައާރަފުކުރުމުން އެކަމާ ގުޅިގެން ޖަމިއްޔަތުއްސަލަފުން ބަސްބުންޏެވެ. އަދިވެސް އެބާވަތުގެ ބައެއް ސިޔާސީ ކަންކަމުގައި އެކަމަކު ސިޔާސީ މައިދާނަށް ނުވަދެ އެ ޖަމިއްޔާގެ ދީނީ ރައުޔު ހާމަކުރަމުން ގެންދިޔަ އެވެ. 

ވޯޓުލުމުގައި ބައިވެރިވުން ހަރާންކަމެއްގެ ގޮތުގައި ފަތުވާދިނުން އެއީ އުސޫލުކަމުގައި އޮތްއޮތުމަށް ބަދަލެއް އައީ ފަހުންނެވެ. އެންމެ ނުބައި މީހާއަށް ވެރިކަން ލިބިދާނެތީ، ކުރިމަތިލާފައިތިބި މީހުންގެ ތެރެއިން ކުޑަ ނުބަޔަކީ ކޮބައިތޯ ފަތުވާ ނެރެންފެށީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ހަމައިންނެވެ. މިއަދާ ހަމައަށް އައިއިރު އެކަން ފުޅާވެ މަޖިލީހަށް ކުރިމަތިލާ މެންބަރުންގެ ތެރޭގައިވެސް ޖަމިއްޔަތުއްސަލަފުން ތާއީދުކުރާ މެންބަރުން ހިމެނެން ފަށާފައިވެ އެވެ. 

ކޮންމެ އިސްލާމީ ހަރަކާތެއްގައި އެހަރަކާތަކަށް ހާއްސަ ސިފަތަކަކާއި ބަދަލު ނުވާ އަސާސްތަކެއް ހުރެ އެވެ. އަދި ކޮންމެ އިސްލާމީ ސްކޫލަކުން ކަންކަމުގައި ބަސްބުނެ ކުރިން ހާމަކޮށްފައި ހުންނަ ރައުޔުތަކަށް ބެލުމުން، އަލަށް ފެންމަތިވާ މައްސަލަތަކުގައި އެފިކުރެއްގެ ރައުޔު އޮންނާނީ ކިހިނެއްކަން އެނގޭނެމެ އެވެ. ޖަމިއްޔަތުއްސަލަފުން މީގެ ކުރިން ގައުމުގައި އުފެދުނު ބޮޑެތި ހައްސާސް ކަންކަމުގައި ކުއްލި އަވަސް ފަތުވާ ނެރުނު ކަންކަމާއި އެފަތުވާތަކުގެ ސަބަބުތަކަށް ވިސްނާއިރު، އިޒްރޭލުގެ ބޮޑެތި ޔަހޫދީންގެ ދޫދޫމަތިން އެތައް ތާރީފަކާއި ސަނާއެއް ލިބިފައިވާ ފަރާތަކާ ރަސްމާލެ ޕްރޮޖެކްޓް ހަވާލުކުރުމުގައި އެޖަމިއްޔާގެ ވިސްނުން އޮންނާންޖެހޭ ގޮތް ސާފެވެ. އަދި ޔަހޫދީންނާ އެފަދަ ގާތް ގުޅުމެއް އޮތްކަން ހާމަޔަށް ފެންނަން އޮތް ފަރާތަކަށް ބިންވިއްކޭ ގޮތަށް ބާރުތަކެއް ލިބޭގޮތަށް ޕްރޮޖެކްޓެއް ބިޑަކާވެސް ނުލާ ހަވާލުކުރުމުގެ ހުކުމާމެދު އެ ޖަމިއްޔާގެ ވިސްނުން އޮންނާނެ ގޮތް ސާފެވެ. 

ނަމަވެސް ޖަމިއްޔަތުއްސަލަފް ބަދަލުވެފައިވާ މިންވަރަށް ބަލާއިރު، މިކަމުގައިވެސް އެހެން ވިސްނުމެއްގެ ފަތުވާއެއް ނުވަތަ ބަޔާނެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. އަދި އެއީ މައްސަލައެއް ވެސް ނޫނެވެ. ނަމަވެސް އެކަން ހާމަކުރުމުގެ ޒިންމާއަދާނުކުރެވިގެން އުޅެނީ ކީއްވެތޯ އެވެ؟ ދިވެހި ރައްޔިތުން އެބަ ސުވާލުކުރެ އެވެ. ރަސްމާލެ ޕްރޮޖެކްޓާ މެދު މިހިރަ ކަންބޮޑުވުންތަކުގައި ޖަމިއްޔަތުއްސަލަފުގެ ބަހަކީ ކޮބާތޯ އެވެ؟ އެ ޖަމިއްޔާއިން ދެކޭ އިސްލާމީ ރައުޔަކީ ކޮބާތޯ އެވެ؟

ކޮމެންޓް

ފަހުގެ ޚަބަރު

ސިޓީބިޓީ: ގައުމުގެ އިސް ރަށްވެހީންނަށް އިލްތިމާސެއް

ގައުމީ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމަށްޓަކައި، ދައުލަތުގެ މަތީ އިއްޒަތް ލިބިވަޑައިގެންފައިވާ 12 ތަޖުރިބާކާރު ބޭފުޅުންގެ މައްޗަށް އެކުލެވޭ ހާއްސަ މަޖިލީހެއް ރައީސް އޮފީހުން އެކުލަވައިލައިފިއެވެ. މި މަޖިލީހުގެ މައިގަނޑު މަގުސަދަކީ ގައުމުގެ ހިންގުން ހަރުދަނާކުރުމަށް ބޭނުންވާ އިހުލާސްތެރި މަޝްވަރާ ހޯދުން ކަމަށްވާއިރު، މިއީ ގައުމުގެ މުސްތަގުބަލާ މެދު ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރި ނާޒުކު ދަނޑިވަޅެއްގައި އެޅުނު މުހިންމު ފިޔަވަޅެކެވެ.

ރަސްމާލެ ވިއްކުމުގެ ރިފަރެންޑަމެއް ނަގަން ބިރުގަންނަނީ ކީއްވެ؟

ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވުމަކީ، ރައްޔިތުންގެ ވިންދާ އެއްގޮތަށް ކަންކަން ކުރައްވާނެ ކަމަށް ވިދާޅުވި ވައުދާ ހިލާފުވުމެއް ކަމަށް މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ. ބޭރުގެ ފަރާތްތަކަށް ބިން ނުދޭނެ ކަމަށް ކުރިން ވިދާޅުވި ނަމަވެސް، މިހާރު މި މަޝްރޫއުގެ ދެބައިކުޅަ އެއްބައި ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމަކީ ގާނޫނުއަސާސީގެ ރޫހާ ހިލާފު ކަމެއް ކަމަށްވެސް މި ޚަބަރުގައި ބަޔާންކޮށްފައިވެއެވެ.

ކުށުގެ ވާހަކަ: ދަރިފުޅަށް ގޯނާކުރަން ވާގިވެރިވި މަންމަގެ ހިޔާނާތް

އުތުރުގެ ރަށެއްގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރުމަށް އެ ކުއްޖާގެ މަންމަ މަގުފަހިކޮށްދިން. އަދި މި ލާއިންސާނީ އަމަލުގައި، ދަރިފުޅު ރައްކާތެރިކުރުމުގެ ބަދަލުގައި މަންމަ ވަނީ ގަސްދުގައި އެހެން ފިރިހެނަކަށް އެ ކުއްޖާ ޖިންސީ ގޮތުން ބޭނުންކުރުމަށް އެހީތެރިވެ، އެންމެ އަސާސީ އިތުބާރުގެ ގުޅުމަށް ހިޔާނާތްތެރިވެފަ.

އެމްއޭސީއެލްގެ ރެކޯޑު ފައިދާގެ ފަރުދާގައި ބޮޑު ދަރަނި

އެމްއޭސީއެލްއަށް ބޮޑު ފައިދާއެއް ލިބުނު ނަމަވެސް، ނަގުދު ފައިސާ މަދުވެ އެ ކުންފުނީގެ މާލީ ހާލަތަށް ވަނީ ބޮޑު ގޮންޖެހުމެއް ކުރިމަތިވެފަ. މިދިޔަ އަހަރު ނިމުނުއިރު ކުންފުނީގެ ތިޖޫރީގައި ހުރި ފައިސާ ދެބައިކުޅަ އެއްބަޔަށް މަދުވެފައިވާއިރު، ދުވަހުން ދުވަހަށް ކުރަންޖެހޭ ހަރަދުތައް ހަމަޖެއްސުމުގައި ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފަ.

އަހަރެމެން މި ތަކުރާރުކުރަނީ މާޒީ ހެއްޔެވެ؟

އިންސާނީ ދަހިވެތިކަމާއި، ހަމަ އެ ފޮނި ވާހަކައާއި، މުސްތަޤްބަލުގެ ޖީލުތަކުން ބަލަން ބޭނުންނުވާ ހަމަ އެ ނުރައްކާ މިއަދުވެސް މިވަނީ އަޅުގަނޑުމެންގެ ކުރިމަތީގައި. 2026 ގެ ރާއްޖެއަކީ 1887 ގެ ރާއްޖެއެއް ނޫނެވެ. އެކަމަކު، ސަރުކާރެއްގެ މިހާރުގެ ވަގުތީ ސަލާމަތަށްޓަކައި ޤައުމުގެ މުސްތަޤްބަލު ސޮއިކޮށް ދޫކޮށްލައިފިނަމަ، ނަތީޖާ ނުކުންނާނީ ހަމަ ކުރީގެ ގޮތަށް.

ތިޔަ އެއްޗެއްގައި ސޮއިކުރުމަށްވުރެ ޝަހީދުވުންވެސް ރަނގަޅޭ

ޔަހޫދީންގެ މިތުރަކާ ގުޅިގެން ވާނެ ހެވެއް ނޯންނާނެ އެވެ. އިނގިރޭސިންގެ މުށުތެރެއަށް ވެއްޓިގަތުމާ ނައިބުތުއްތު ދެކޮޅުހެއްދެވިހިނދު، ދިވެހި ދައުލަތުގައި ތިބި ވެރިން އޭރުކީ ލަވަޔަކީ ހަމަ މިހާރުވެސް މި އިވޭ ލަވަޔެވެ. މިއީ އިގުތިސާދީ ކަމެކެވެ. ސިޔާސީ ކަމެކެވެ. ލައްކަ މަންފާވީނަމަ، އަހަރުތަކެއް ފަހުން އިނގިރޭސިންގެ އަތުން މިނިވަންވާކަށް ނުޖެހުނީސްތާ އެވެ!

ރަސްމާލެ މައްސަލައިގެ ނުރައްކާތައް ދިރާސާކުރުމުގެ އިލްތިމާސް

ނޮވެމްބަރު 3 ގައި ގައުމު ދިފާއުކުރި ސިފައިން، ފުރާނަ ގުރުބާންކުރީ ވަކި ތަރައްގީގެ މޮޑެލްއަކަށް ނުވަތަ އިގުތިސާދީ ސިޔާސަތަކަށް ނޫނެވެ. އެމީހުން ދިފާއުކުރީ ދިވެހިންގެ މުސްތަގުބަލުގެ ސާހިބުންނަކީ ދިވެހިން ކަމުގައިވުމުގެ ހައްގެވެ. އެ ހައްގަކީ މިއަދު ވެސް ހަމަ އެ ދަރަޖައިގައި ދިފާއުކުރަންޖެހޭ ހައްގެކެވެ.

Newsletter

Get the latest news delivered straight to your inbox