ކްރިސްޓަލް ޕެލަސް އިން ކޮންފަރެންސް ލީގު ކާމިޔާބުކޮށްފި

May 28, 2026, 2:06 AM
ކްރިސްޓަލް ޕެލަސްގެ ކުޅުންތެރިން ކޮންފަރެންސް ލީގުގެ ތަށި އުފުލާލަނީ.--- ފޮޓޯ: ގެޓީއިމޭޖަސް

ކްރިސްޓަލް ޕެލަސްގެ ކުޅުންތެރިން ކޮންފަރެންސް ލީގުގެ ތަށި އުފުލާލަނީ.--- ފޮޓޯ: ގެޓީއިމޭޖަސް

ލައިޕްޒިގު، ޖަރުމަނު (މެއި 28) - ފައިނަލުގައި ސްޕެއިނުގެ ރަޔޯ ވަޔެކާނޯ 1-0 އިން ބަލިކޮށް އިނގިރޭސި ކްލަބް، ކްރިސްޓަލް ޕެލަސް އިން ޔުއެފާ ކޮންފަރެންސް ލީގުގެ ޗެމްޕިއަންކަން ހޯދައިފި އެވެ. 

މިއީ، ޔޫރަޕްގައި ޕެލަސްގެ ފުރަތަމަ ތަށްޓެވެ. އަދި، ޕެލަސްގެ ކޯޗު ކަމާ އޮލިވާ ގްލާސްނާ ހަވާލުވެހުރެ، 13 ވަރަކަށް މަސް ތެރޭ ހޯދި ތިން ވަނަ ކާމިޔާބެވެ. ގްލާސްނާ ވަނީ މީގެ ކުރިން، 2021 ވަނަ އަހަރު ޖަރުމަނުގެ އައިންޓްރަކްޓް ފްރޭންްކްފާޓަށް ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ހޯދައިދީފަ އެވެ. 

މިދިޔަ ސީޒަނުގެ އިނގިރޭސި އެފްއޭ ކަޕްގެ ޗެމްޕިއަންކަން މެންޗެސްޓާ ސިޓީ ބަލިކޮށް ހޯދި ޕެލަސް އިން ވަނީ މި ސީޒަން ފެށުމުގެ ކުރިން ލިވަޕޫލް ބަލިކޮށް، އިނގިރޭސި އެފްއޭގެ ޗެރިޓީ ޝީލްޑް ކާމިޔާބުކޮށްފަ އެވެ.  ކޮންފަރެންސް ލީގުގެ ފައިނަލަކީ ގްލާސްނާ، ޕެލަސް އަށް ކޯޗުކޮށްދިން ފަހު މެޗެވެ. 

ޔޫރަޕްގެ ފުޓްބޯޅައިގެ ތިން ވަނަ ފަންތީގެ ކްލަބް ފުޓްބޯޅަ މުބާރާތް، ކޮންފަރެންސް ލީގު ފެށީ މީގެ ފަސް އަހަރު ކުރިންނެވެ. މުބާރާތުގައި އެންމެ ކާމިޔާބީ އިނގިރޭސި ޓީމުތަކެވެ. އެ ގޮތުން، އިނގިރޭސި ތިން ޓީމަކުން ވަނީ މި މުބާރާތް ކާމިޔާބުކޮށްފަ އެވެ. އެއީ، އެންމެ ފުރަތަމަ ވެސްޓް ހޭމް ޔުނައިޓެޑްގެ އިތުރުން، މިދިޔަ އަހަރު ޗެލްސީ އެވެ. 

މި ފަހަރުގެ ޔޫރަޕްގެ ކްލަބް މުބާރާތްތަކުގައި، އިނގިރޭސި ޓީމުތަކުގެ ކާމިޔާބު ބޮޑެވެ. ޖަރުމަނުގެ ފްރައިބާގް ބަލިކޮށް، އެސްޓަން ވިލާ އިން ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ހޯދިއިރު، ޕެލަސް އިން މި ވަނީ ރަޔޯ ވަޔެކާނޯ ބަލިކޮށް  ކޮންފަރެންސް ލީގު ކާމިޔާބުކޮށްފަ އެވެ. އަދި، ހޮނިހިރު ދުވަހުގެރޭ، ޗެމްޕިއަންސް ލީގުގެ ފައިނަލުގައި އާސެނަލާއި ޕީއެސްޖީން ބައްދަލުކުރާނެ އެވެ. 

ކޮންފަރެންސް ލީގުގެ ފައިނަލުގައި ލަނޑު ޖެހުމަށް ފަހު ޕެލަސް ކުޅުންތެރިން އުފާފާޅުކުރަނީ.
ކޮންފަރެންސް ލީގުގެ ފައިނަލުގައި ލަނޑު ޖެހުމަށް ފަހު ޕެލަސް ކުޅުންތެރިން އުފާފާޅުކުރަނީ.

ލައިޕްޒިގު އެރީނާގައި ކުޅުނު ފައިނަލުގައި ޕެލަސް މޮޅުވި ގޯލު ޖެހީ މެޗުގެ ދެ ވަނަ ހާފުގަ އެވެ. އެ ގޮތުން، ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ހަ މިނިޓް ތެރޭ މި ލަނޑު ޖެހީ ފްރާންސްގެ ފޯވާޑް، ޖިއަން ފިލީޕް މަޓޭޓާ އެވެ. މިއީ، މެޗުގެ 51 ވަނަ މިނިޓްގައި، މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އެޑަމް ވާޓަން ޖެހި ޝޮޓެއް ރަޔޯ ވަޔެކާނޯގެ ކީޕަރު، އަގަސްޓޯ ބަޓާލާ އަތުގައި ޖެހިފައި ރީބައުންސަށް ނުކުތް ވަގުތު މަޓޭޓާ ވަނީ ގޯލަށް ވައްދާލައިފަ އެވެ. 

އޭގެ ފަހުން، ޕެލަސް އަށް ދެ ވަނަ ލަނޑެއް ޖަަހައިދޭން އޭރިއާބޭރުން ހިލޭ ޖެހުމަކުން ސްޕެއިނުގެ ތަރި، ޔެރެމީ ޕީނޯ ފޮނުވާލި ބޯޅަ ބޭރުވީ ދެ ދަނޑީގައި ޖެހިފަ އެވެ. 

ޕެލަސްގެ ކީޕަރު، ޑީން ހެންޑަސަން ވަނީ، މެޗުގައި ރަޔޯ ލަނޑެއް ޖެހިޔަނުދީ ނިންމާލުމަށް މޮޅު ކުޅުމެއް ދައްކައިފަ އެވެ. ޕެލަސް އިން މި ވަނީ ކޮންފަރެންސް ލީގުގެ ޗެމްޕިއަންކަމާ އެކު، އަންނަ ސީޒަނުގެ ޔޫރޮޕާ ލީގުން ފުރުސަތު ހޯދައިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox