ޔޫރޮޕާ ލީގުގައި އެމެރީގެ ޖާދޫ ކުރިއަށް، ވިލާ ގޮވައިގެން ވެސް ފައިނަލަށް

May 8, 2026, 8:54 AM
އެސްޓަން ވިލާގެ ކޯޗު އުނާއި އެމެރީ: އޭނާ އަކީ ޔުއެފާ ޔޫރޮޕާ ލީގުގެ އެންމެ ކާމިޔާބު ކޯޗު.

އެސްޓަން ވިލާގެ ކޯޗު އުނާއި އެމެރީ: އޭނާ އަކީ ޔުއެފާ ޔޫރޮޕާ ލީގުގެ އެންމެ ކާމިޔާބު ކޯޗު.

ބާމިންހަމް (މެއި 8) -  އެސްޓަން ވިލާ ގޮވައިގެން ޔުއެފާ ޔޫރޮޕާ ލީގުގެ ފައިނަލުން ޖާގަ ހޯދައި، އެ މުބާރާތުގެ އެންމެ ކާމިޔާބު ކޯޗު، އުނާއި އެމެރީ، ހަ ވަނަ ފަހަރަށް މި މުބާރާތުގެ ފައިނަލަކުން ޖާގަ ހޯދައިފި އެވެ. 

ސެވިއްޔާ އަށް ތިން ފަހަރު އަދި ވިޔަރެއާލަށް އެއް ފަހަރު ޔޫރޮޕާ ލީގު ކާމިޔާބުކޮށްދިން އެމެރީ، ފައިނަލުގައި ބަލިވީ އާސެނަލް ގޮވައިގެން 2019 ގައި ވާދަކުރިއިރު އެކަންޏެވެ. 

ޔޫރޮޕާ ލީގުގެ ސެމީ ފައިނަލް ފުރަތަމަ ލެގުގައި ރޭ ވިލާ އިން ނުކުތްއިރު، އެ ޓީމު އޮތީ މިދިޔަ ހަފްތާގައި ނޮޓިންހަމް ފޮރެސްޓްގެ ދަނޑުގައި ކުޅުނު ފުރަތަަމަ ލެގުން 1-0 އިން ބަލިވެފަ އެވެ. އެކަމަކު، ރޭ ވިލާ އިން އަމިއްލަ ދަނޑުގައި ކުޅުނު ދެ ވަނަ ލެގުން ވަނީ 4-0 އިން މޮޅުވެ، ނަތީޖާ އަނބުރާލައި، 30 އަހަރަށް ފަހު ތަށްޓެއް ހޯދުމާ ގާތަށް ޖެހިލައިފަ އެވެ. ވިލާ އިން އެންމެ ފަހުން ތަށްޓެއްގައި އަތްލީ 1996 ވަނަ އަަހަރުގެ  ލީގު ކަޕް ކާމިޔާބުކުރިިއިރު އެވެ. 

ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ވިލާ އިން ލީޑުނެގީ، އެމީ ބުއެންޑީއާ ދިން ބޯޅައަކުން އޮލީ ވަޓްކިންސް ޖެހި ލަނޑުންނެވެ. ދެ ވަނަ ހާފުގައި ޕެނަލްޓީ އަކުން، ބުއެންޑީއާ ވަނީ ވިލާގެ ދެ ވަަނަ ލަނޑު ޖަހައިފަ އެވެ. އަދި، އޭގެ ފަހުން، އެސްޓަން ވިލާގެ ކެޕްޓަން، ޖޯން މެކްގިން ވަނީ ގާތްގާތުގައި ދެ ގޯލު ޖަހައި ވިލާ އަށް ހަމަޖެހިލައިގެން ފައިނަލަށް ދިއުމުގެ މަގު ތަނަވަސްކޮށްދީފަ އެވެ. 

ފައިނަލުގައި ވިލާ އިން މި މަހު 20 ވަނަ ދުވަހު ކުޅޭނީ ޖަރުމަނުގެ ފްރައިބާގްއާ އެވެ. މިއީ، މިދިޔަ 44 އަހަރު ތެރޭ ވިލާ އިން ކުޅޭނެ ޔޫރަޕްގެ ފުރަތަމަ ފައިނަލެެވެ. 

ތުރުކީގެ އިސްތަންބޫލްގައި ކުޅޭ ފައިނަލުން ފްރައިބާގް ޖާގަ ހޯދީ ރޭ އަމިއްލަ ދަނޑުގައި ކުޅުނު ދެ ވަނަ ލެގުގެ މެޗުން 3-1 އިން ޕޯޗުގަލްގެ ބްރާގާ ބަލިކޮށްފަ އެވެ. ފުރަތަމަ ލެގުގައި ބްރާގާ 2-1 އިން މޮޅުވި ނަމަވެސް، ފްރައިބާގް ރޭ ނެރުނު ނަތީޖާއާ އެކު، އެ ޓީމަށް ބްރާގާ ކައިރިން ކުރިލިބުނީ އެގްރިގޭޓަށް ބަލާއިރު، 4-3 އިންނެވެ. 

ޔޫރަޕްގެ ތިން ވަނަ ފަންތީގެ ކްލަބް ފުޓްބޯޅަ މުބާރާތް، ކޮންފަރެންސް ލީގުގެ ފައިނަލުން އިނގިރޭސި ކްލަބް، ކްރިސްޓަލް ޕެލަސް ވެސް ވަނީ ޖާގަ ހޯދައިފަ އެވެ. ޕެލަސް އިން ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން 2-1 އިން ޔޫކްރެއިންގެ ޝަހުތަރު ޑޮނެސްކް ބަލިކުރިއިރު، އެގްރިގޭޓުން ކުރިހޯދީ 5-2 އިންނެވެ.

މި ސީޒަނަށް ފަހު، ޕެލަސްގެ ކޯޗުކަން ދޫކޮށްލަން ނިންމާފައިވާ އޮލިވާ ގްލާސްނާ މި ވަނީ އެ ކްލަބަށް ކޯޗުކޮށްދޭ ފަހު މެޗުގައި އެ ޓީމަށް ފުރަތަމަ ފަހަރަށް ޔޫރަޕްގެ ތަށްޓެއް ހޯދައިދިނުމުގެ ފުރުސަތު ހޯދައިފަ އެވެ. ގްލާސްނާގެ ކޯޗުކަމުގައި ޕެލަސް އިން އެފްއޭ ކަޕާއި ޗެރިޓީ ޝީލްޑް ހޯދާފައިވާއިރު، ކޮންފަރެންސް ލީގުގެ ފައިނަލުގައި ޕެލަސް އިން ކުޅޭނީ މި މަހުގެ 27 ވަނަ ދުވަހު، ސްޕެއިނުގެ ރަޔޯ ވަޔެކާނޯއާ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox