ފޮރެސްޓުން ވިލާ ބަލިކޮށްފި، ޕެލަސް އިން ކޮންފަރެންސް ލީގު ފައިނަލާ ގާތަށް

May 1, 2026, 10:38 AM
ޔުއެފާ ޔޫރޮޕާ ލީގުގެ ސެމީ ފައިނަލުގައި ރޭ ފޮރެސްޓުން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ޔުއެފާ ޔޫރޮޕާ ލީގުގެ ސެމީ ފައިނަލުގައި ރޭ ފޮރެސްޓުން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ލަންޑަން (މެއި 1) - ޔުއެފާ ޔޫރޮޕާ ލީގުގެ ސެމީ ފައިނަލް ފުރަތަމަ ލެގުގައި ނޮޓިންހަމް ފޮރެސްޓުން 1-0 އިން އެސްޓަން ވިލާ ބަލިކުރިއިރު، ކޮންފަރެންސް ލީގުގެ ސެމީ ފައިނަލް ފުރަތަމަ ލެގުގައި ރަށުންބޭރުގައި، ޔޫކްރެއިންގެ ޝަހުތަރު ޑޮނެސްކް އަތުން 3-1 އިން މޮޅުވެ، ކްރިސްޓަލް ޕެލަސް އިން މުބާރާތުގެ ފައިނަލާ ގާތަށް ޖެހިލައިފި އެވެ. 

 ފޮރެސްޓުގެ ދަނޑު، ސިޓީ ގްރައުންޑްގައި ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޖެހީ 71 ވަނަ މިނިޓްގައި ކްރިސް ވުޑް އެވެ. ނިއު ޒީލެންޑުގެ ފޯވާޑް ވުޑް މި ލަނޑު ޖެހީ، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލައިފައި ދިން ޕެނަލްޓީ އަކުންނެވެ. މި ޕެނަލްޓީ ދޭން ނިންމީ، އޭރިއާތެރެއިން އެސްޓަން ވިލާގެ ވާތުބެކް، ލޫކަސް ޑީންޏާ އަތުގައި ބޯޅަ ޖެހުމުންނެވެ.

ކަކުލުގެ އަނިޔާއަކާ ހެދި މި ސީޒަނުގެ ހަ މަސް ދުވަސް ކުޅުމާ ދުރުގައި ހުރި ވުޑް ޖެހި މި ގޯލަކީ، އޭނާގެ ކެރިއަރުގައި ކާމިޔާބުކުރި 200 ވަނަ ގޯލެވެ. މި މެޗުގައި ފޮރެސްޓުގެ އީގޯ ޖީސޫސް ޖެހި ބޯޅައެއް ވިލާގެ ކީޕަރު، އެމިލިއާނޯ މާޓީނޭޒް ވަނީ ފުރަތަމަ ހާފުގައި މަތަކޮށްފަ އެވެ. 

ވިލާ އިން ވެސް އެޓޭކްތަކެއް ކުރި މި މެޗުގައި އެ ޓީމުގެ ޔޫރީ ޓީލަމަންސް އާއި މޯގަން ރޮޖާސް އަދި އޮލީ ވަޓްކިންސް ޖެހި ޝޮޓްތައް ފޮރެސްޓުގެ ކީޕަރު، ސްޓެފަން އޯޓޭގާ ވަނީ މަތަކޮށްފަ އެވެ. 

ވިލާ އިން ވަނީ ޖެނުއަރީ މަހު، އިނގިރޭސި ޕްރިމިއާ ލީގުގައި 3-1 އިން ފޮރެސްޓް އަތުން އަމިއްލަ ދަނޑުގައި މޮޅުވެފަ އެވެ. އަންނަ ހަފްތާގައި ވިލާ ދަނޑުގައި ސެމީ ފައިނަލުގެ ދެ ވަނަ ލެގު ކުޅޭއިރު، ފަައިނަލުގެ ޖާގައެއް ހޯދަން، މޮޅުވެގެން ނަތީޖާ ނެރެން ވަނީ މަޖުބޫރުވެފަ އެވެ.

ކޮންފަރެންސް ލީގުގެ ސެމީ ފައިނަލުގައި ޝަހުތަރު ޑޮނެސްކް ކޮޅަށް ފޮރެސްޓުގެ ޖޯގެން ސްޓްރޭންޑް ލާސެން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.
ކޮންފަރެންސް ލީގުގެ ސެމީ ފައިނަލުގައި ޝަހުތަރު ޑޮނެސްކް ކޮޅަށް ފޮރެސްޓުގެ ޖޯގެން ސްޓްރޭންޑް ލާސެން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ޔޫރޮޕާ ލީގުގެ ސެމީ ފައިނަލް އަނެއް މެޗުގައި ޕޯޗުގަލްގެ ބްރާގާ އިން ވަނީ ޖަރުމަނުގެ ފްރެއިބާގް އަތުން 2-1 އިން މޮޅުވެފަ އެވެ. 

ކޮންފަރެންސް ލީގުގެ ސެމީ ފައިނަލްގައި ޝަހުތަރު ދަނޑުގައި ކުޅުނު މެޗުގެ 21 ވަނަ ސިކުންތުގައި ޕެލަސް އިން ލީޑުނެގީ އިސްމާއިލާ ސާ ޖެހި ގޯލުންނެވެ. މިއީ، ޔޫރަޕްގެ ތިން ވަނަ ފަންތީގެ ކްލަބް ފުޓްބޯޅަ މުބާރާތް ކޮންފަރެންސް ލީގުގެ ތާރީހުގައި ފެނުނު އެންމެ އަވަސް ގޯލެވެ. 

ދެ ވަަނަ ހާފުގެ ކުޅުން ފެށިގެން ތިން މިނިޓް ތެރޭ ކޯނަރަކުން އޮލެ އޮޗެރެޓްކޯ ޖެހި ގޯލުން ޝަހުތަރުން އެއްވަރުކުރި އެވެ. އެކަމަކު، 58 ވަނަ މިނިޓްގައި ޑައިޗީ ކަމާޑާ ވަނީ ލަނޑު ޖަހައި އަލުން ޕެލަސް އަށް ލީޑުނަގައިދީފަ އެވެ. މެޗުގެ ފުރިހަަމަ ވަގުތު ހަމަވުމުގެ ކުރިން ޕެލަސް އިން ދެ ގޯލުގެ ލީޑެއް ނަގައި ހަމަޖެހިލި އެވެ. މި ލަނޑު މެޗުގެ 84 ވަނަ މިނިޓްގައި ޖެހީ ޖޯގެން ސްޓްރޭންޑް ލާސެން އެވެ. 

އަންނަ ހަފްތާގައި ޕެލަސް ދަނޑުގައި އެއްވަރު ނޫނީ އެއް ގޯލުގެ ފަރަގަކުން އެ ޓީމު ބަލިވި ކަމުގައި ވިޔަަސް، އެ ކްލަބްގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޔޫރަޕްގެ މުބާރާތެއްގެ ފައިނަލުން ޖާގަ ލިބޭނެ އެވެ. 

ކޮންފަރެންސް ލީގުގެ އަނެއް ސެމީ ފައިނަލުގައި، ސްޕެއިނުގެ ރަޔޯ ވަޔެކާނޯ އިން ވަނީ އަމިއްލަ ދަނޑުގައި 1-0 އިން ފްރާންސްގެ ސްޓްރާސްބޯ އަތުން މޮޅުވެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox