ޔޫރޮޕާ ލީގު: ވިލާ ސެމީއާ ގާތަށް، ފޮރެސްޓުން ޕޯޓޯއާ އެއްވަރުކޮށްފި

Apr 10, 2026, 7:18 AM
އޮލީ ވަޓްކިންސް: ބޮލޯނިއާ ކޮޅަށް އެސްޓަން ވިލާގެ އިން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ގޯލު ޖެހި.

އޮލީ ވަޓްކިންސް: ބޮލޯނިއާ ކޮޅަށް އެސްޓަން ވިލާގެ އިން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ގޯލު ޖެހި.

މިލާން (އޭޕްރީލް 10) - ޔުއެފާ ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ރޭ އެސްޓަން ވިލާ އިން 3-1 އިން ބޮލޯނިއާ ބަލިކޮށް ސެމީ ފައިނަލުގެ ޖާގަައަކާ ގާތަށް ޖެހިލިއިރު، ނޮޓިންހަމް ފޮރެސްޓުން 1-1 އިން ޕޯޓޯއާ އެއްވަރުކޮށްފި އެވެ.

ބޮލޯނިއާ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އެޒްރީ ކޮންސާ ޖެހި ލަނޑުން ވިލާ އިން ލީޑުނެގިއިރު، ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން ހަ މިނިޓް ތެރޭ ވިލާ އިން ލީޑުފުޅާކުުރި އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ 51 ވަނަ މިނިޓްގައި އޮލީ ވަޓްކިންސް އެވެ. ޔޫރީ ޓީލަމަންސް ދިން ބޯޅައަކުން ކޮންސާ ލަނޑު ޖެހިއިރު، ވަޓްކިންސްގެ ގޯލަށް ފުރުސަތު ހޯދައިދިނީ އެމީ ބުއެންޑީއާ އެވެ. 

މެޗުގެ 90 މިނިޓްގައި ބޮލޯނިއާ އިން ލަނޑެއް ޖެހި އެވެ. މިއީ، ބޮލޯނިއާ އަށް ކުޅޭ އިނގިރޭސި ފޯވާޑް، ޖޮނަތަން ރޯވް ޖެހި ގޯލެކެވެ. އެކަމަކު، މި ލަނޑު ޖެހިތާ ހަތަރު މިނިޓް ފަހުން، އިތުރު ވަގުތުގެ ވެސް ފަހު ވަގުތު ވަޓްކިންސް ވަނީ އިތުރު ގޯލެއް ޖަހައި، ވިލާ އަށް ސެމީ ފައިނަލުގެ އުންމީދު ބޮޑުކޮށްދީފަ އެވެ.  

Advertisement

ފޮރެސްޓުން ރޭގެ މެޗުގައި ޕޯޓޯ ދަނޑުގައި ވަނީ ހިތްވަރުގަދަ ކުޅުމެއް ދައްކައިފަ އެވެ. އެ ގޮތުން، އަމިއްލަ ދަނޑުގައި ކުޅުނު ޕޯޓޯ އިން 11 ވަނަ މިނިޓްގައި ވިލިއަމް ޖެހި ލަނޑުން ލީޑުނެގި އެވެ. ފޮރެސްޓުން އޭގެ ތިން މިނިޓް ފަހުން އެއްވަރުކުރީ ޕޯޓޯގެ މާޓީން ފެނާނޭސް އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ. ޕޯޓޯގެ ކީޕަރު ޑިއޯގޯ ގޯމޭސް ނުވިސްނައި ހުއްޓައި، ފެނާންޑޭސް ފަހަތަށް ދިން ބޯޅަ ވަނީ ބައިކޮޅަށެވެ. 

އަންނަ ހަފްތާގައި ފޮރެސްޓުން އަމިއްލަ ދަނޑުގައި ޕޯޓޯ ބަލިކޮށްފިނަމަ، 40 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ޔޫރަޕްގެ މުބާރާތެއްގެ ސެމީ ފައިނަލުން ޖާގަ ލިބޭނެ އެވެ. 

ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލުގެ އަނެއް މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، ފްރެއިބާގުން ވަނީ އަމިއްލަ ދަނޑުގައި 3-0 އިން ސްޕެއިނުގެ ސެލްޓަ ވީގޯ ބަލިކޮށްފަ އެވެ. ރެއާލް ބެޓިސް އާއި ބްރާގާ ވަނީ 1-1 އިން އެއްވަރުވެފަ އެވެ. 

ޔޫރަޕްގެ ތިން ވަނަ ފަންތީގެ ކްލަބް ފުޓްބޯޅަ މުބާރާތް، ކޮންފަރެންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގެ މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، ކްރިސްޓަލް ޕެލަސް އިން ވަނީ 3-0 އިން ފިއޮރެންޓީނާ ބަލިކޮށްފަ އެވެ. މައިންޒް އިން 2-0 އިން ސްޓްރާސްބޯގެ މައްޗަށް ކުރިހޯދިއިރު، ޝަހުތަރު ޑޮނެސްކުން ވަނީ 3-0 އިން އޭޒެޑް އަލްކްމާރު ބަލިކޮށްފަ އެވެ. އަދި، ރަޔޯ ވަޔެކާނޯ އިން އޭއީކޭ އެތަންސްގެ މައްޗަށް ކާމިޔާބު ހޯދީ 3-0 އިންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox