އާ ކޯޗު ޑޫލޭގެ އަމާޒަކީ ބަންގްލަދޭޝް ފީފާ ރޭންކިން 160 އަށް މަތިކުރުން

May 24, 2026, 7:30 AM
ބަންގްލަދޭޝްގެ ކޯޗުކަމާ ހަވާލުވި ތޯމަސް ޑޫލޭ.

ބަންގްލަދޭޝްގެ ކޯޗުކަމާ ހަވާލުވި ތޯމަސް ޑޫލޭ.

ބަންގްލަދޭޝްގެ ގައުމީ ފުޓްބޯޅަ ޓީމާ އެކު، އޭނާގެ އަމާޒެއް އެބައޮތް ކަމަށާއި އެންމެ ބޮޑު ޓާގެޓަކީ ފީފާ ރޭންކިންގެ ގަދަ 160 ގައުމުގެ ތެރޭގައި ހިމެނޭ ވަރަށް އެ ޓީމުގެ ނަތީޖާތައް ރަނގަޅުކުރުން ކަމަށް ބަންގްލަދޭޝްގެ ކޯޗުކަމާ ހަވާލުވެފައިވާ އެމެރިކާގެ ކޯޗު ތޯމަސް ޑޫލޭ ބުނެފި އެވެ. 

މި މަހު 22 ވަނަ ދުވަހުން ފެށިގެން ބަންގްލަދޭޝްގައި މަސައްކަތް ފަށާފައިވާ ޑޫލޭ އަށް އަދި ރަސްމީކޮށް ކޮންޓްރެކްޓެއް ދީފައިނުވެ އެވެ. ބަންގްލަދޭޝްގެ ސްޕޯޓްސް/ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަމީނުލް ހައްގު ވިދާޅުވީ، ޑޫލޭ އަށް ރަސްމީކޮށް ކޮންޓްރެކްޓެއް ދޭނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު ސެން މެރީނޯއާ ދެކޮޅަށް ކުޅޭ މެޗު ޓެސްޓެއްގެ ގޮތުަގއި ބެލުމަށް ފަހު ކަމަށެވެ. 

މިދިޔަ ދެ އަހަރު ބަންގްލަދޭޝްގެ ކޯޗުކަން ކޮށްފައިވާ ހަވިއޭ ކަބްރޭރާގެ ކޮންޓްރެކްޓް ހަމަވުމުން އޭނާ ދޫކޮށްލުމަށް ފަހު، ބަންގްލަދޭޝް ޓީމުން އާ ކޯޗެއް ހޯދިއިރު، މަޝްހޫރު ކޯޗުން އެ މަގާމަށް ޝައުގުވެރިކަން ފާޅުކުރި އެވެ. އެ ގޮތުން، ވޭލްސް ގައުމީ ޓީމުގެ ކުރީގެ ކޯޗު، ކްރިސް ކޯލްމަން އާއި ރާއްޖެ އާއި އަފްގާނިސްތާން އަދި ތަޖިކިސްތާންގެ ކޯޗުކަން ކުރި ޕީޓަ ސެގާޓް ވެސް ވަނީ ބަންގްލަދޭޝް ކޯޗަކަށް ވުަމަށް އެޕްލިކޭޝަން ހުށަހަޅައިފަ އެވެ. 

Advertisement

ބަންގްލަދޭޝްގެ ކޯޗުކަން ވޭލްސްގެ ކުރީގެ ކޯޗު ކޯލްމަން އަށް ދޭން މަޝްވަރާކުރަނީ: ރިޕޯޓް

ހުސްވެފައިވާ ބަންގްލަދޭޝްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަން، 2016 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލަށް ވޭލްސް ގެންގޮސްދިން ކޯޗު، ކްރިސް ކޯލްމަންއާ ހަވާލުކުރަން މަޝްވަރާ ކުރަމުން އަންނަ ކަމަށް މީިޑިއާތަކުން ވަނީ ރިޕޯޓްކޮށްފައި.

އެކަމަކު، ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަން (ބީއެފްއެފް) އިން ނިންމާފައި މި އޮތީ، އެމެރިކާ ގައުމީ ޓީމުގެ ކުރީގެ އެސިސްޓަންޓް ކޯޗުކަމުގެ އިތުރުން، ފިލިޕީންސް ގައުމީ ޓީމަށް ދެ ފަހަރެއްގެ މަތިން ކޯޗުކޮށްދިން ޑޫލޭއާ އެ ޓީމު މި ވަގުތު ހަވާލުކުރާާށެވެ. 

ބަންގްލަދޭޝާ އެކު ދިގު މުއްދަތަކަށް މަސައްކަތްކުރުމުގެ އުންމީދުގައި ހުރި ޑޫލޭ ބުނީ، އެ ގައުމުގެ ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެންދެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ. 

"އަހަރެންގެ ގޯލަކީ ރޭންކިން މައްޗަށް ގެންދިއުން، ރަނގަޅު ފުޓްބޯޅަ އެއް ކުޅެ، ރަނގަޅު ނަތީޖާތަކެއް ނެރެގެން ބަންގްލަދޭޝް އަށް ރޭންކިންގެ 160 ނޫނީ 160 އަށް ވެސް ދެވިދާނެ،" ޑޫލޭ ބުންޏެެވެ. 

ފީފާ އިން އެންމެ ފަހުން ނެރުނު ރޭންކިންގައި ބަންގްލަދޭޝް އޮތީ 181 ވަނައިގަ އެވެ. 

އެންމެ ފަހުން ގުޔާނާ ގައުމީ ޓީމަށް ކޯޗުކޮށްދިން ޑޫލޭ ވަނީ މީގެ ކުރިން، ފިލިޕީންސް ގޮވައިގެން، 2014 ވަނަ އަހަރު ރާއްޖޭގައި ބޭއްވި އޭއެފްސީ ޗެލެންޖު ކަޕްގައި ވާދަކޮށްފަ އެވެ. ސެމީ ފައިނަލުގައި ރާއްޖެ ބަލިކޮށް، ފައިނަލަށް ދަތުރުކުރި، ފިލިޕީންސް ވަނީ ފައިނަލުގައި ފަލަސްތީން އަތުން ބަލިވެފަ އެވެ. 

ބަންގްލަދޭޝް އިން ވަނީ އަންނަ މަހު ރާއްޖޭގައި ބާއްވަން ނިންމާފައިވާ ޑައިމަންޑް ޖޫބިލީ އިންޓަނޭޝަނަލް މުބާރާތުގައި ކުޅެން ނިންމައިފަ އެވެ. އެންމެ ފުރަތަމަ 23 އަހަރުން ދަށުގެ ޓީމެއް ފޮނުވަން ނިންމި ބަންގްލަދޭޝް އިން މިހާރު ފޮނުވަނީ ސީނިއާ ކުޅުންތެރިން ވެސް ހިމެނޭ ޓީމެކެވެ.

ރާއްޖޭގެ މުބާރާތުގައި ޑޫލޭ މަސައްކަތް ކުރުމުގެ ފުރުސަތު ކުޑަ އެވެ. އެއީ، އޭނާގެ މައިގަނޑު އަމާޒަކަށް އޮތީ ސެން މެރީނޯގައި ކުޅޭ މެޗަށް ބަންގްލަދޭޝް ޓީމު ތައްޔާރުކުރުމެވެ. އެކަމަކު، ރާއްޖެ މުބާރާތަށް ވެސް ބަންގްލަދޭޝްގެ ޓްރެއިނިންތައް ކުރިއަށްގެންދާނީ ޑޫލޭގެ ބެލުމުގެ ދަށުންނެވެ. 

ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތުގައި ރާއްޖެ އާއި ބަންގްލަދޭޝްގެ އިތުރުން ދެން ކުޅެނީ ޕާކިސްތާން އާއި އަފްގާނިސްތާން އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox