ބަންގްލަދޭޝްގެ ކޯޗުކަން ވޭލްސްގެ ކުރީގެ ކޯޗު ކޯލްމަން އަށް ދޭން މަޝްވަރާކުރަނީ: ރިޕޯޓް

May 9, 2026, 3:47 PM
ވޭލްސްގެ ކުރީގެ ކޯޗު، ކްރިސް ކޯލްމަން: އޭނާ ވަނީ ބަންގްލަދޭޝްގެ ކޯޗުކަމަށް ޝައުގުވެރިކަން ފާޅުކޮށްފައި.

ވޭލްސްގެ ކުރީގެ ކޯޗު، ކްރިސް ކޯލްމަން: އޭނާ ވަނީ ބަންގްލަދޭޝްގެ ކޯޗުކަމަށް ޝައުގުވެރިކަން ފާޅުކޮށްފައި.

ޑާކާ، ބަންގްލަދޭޝް (މެއި 9) - ހުސްވެފައިވާ ބަންގްލަދޭޝްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަން، 2016 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލަށް ވޭލްސް ގެންގޮސްދިން ކޯޗު، ކްރިސް ކޯލްމަންއާ ހަވާލުކުރަން މަޝްވަރާ ކުރަމުން އަންނަ ކަމަށް މީިޑިއާތަކުން ރިޕޯޓްކޮށްފި އެވެ. 

ވޭލްސް ގައުމީ ޓީމަށް ކުރިން ކުޅުނު ކޯލްމަން، 55، އާ އެކު ބަންގްލަދޭޝްގެ ފުޓްބޯޅަ ފެޑެރޭޝަން (ބީއެފްއެފް) އިން މަޝްވަރާކުރަމުން އަންނަ ކަމަށް ބަންގްލަދޭޝްގެ ނޫސްތަކުން ރިޕޯޓްކުރި ނަމަވެސް ރަސްމީކޮށް އެއްވެސް އިދާރާ އަކުން މި ކަމާ ގުޅޭގޮތުން ވާހަކަ ދައްކާފައިނުވެ އެވެ. 

ސެގާޓް، ބަންގްލަދޭޝްގެ ކޯޗުކަމަށް ޝައުގުވެރިވެއްޖެ: ރިޕޯޓް

ރާއްޖެ އާއި އަފްގާނިސްތާނަށް ސާފް ޗެމްޕިއަންޝިޕްގައި ކޯޗުކޮށްދިން ކްރޮއޭޝިއާގެ ކޯޗު، ޕީޓަ ސެގާޓް، ހުސްވެފައިވާ ބަންގްލަދޭޝްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުގެ މަގާމަށް އައުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނޭ،

ބަންގްލަދޭޝްގެ ކޯޗަކަށް ހުރި ސްޕެއިނުގެ ހަވިއޭ ކަބްރޭރާއާ އެކު، އެ ޓީމުން ހަދާފައި އޮތް އެއްބަސްވުން މިދިޔަ މަހުގެ ނިޔަލަށް ހަމަވާއިރު، އޭނާ އަށް އާ ކޮންޓްރެކްޓެއް ނުދޭން ބީއެފްއެފް އިން އޮތީ ނިންމައިފަ އެވެ. އަދި، އާ ކޯޗެއް ހޯދަން ބީއެފްއެފް އިން އިއުލާނުކޮށްފައިވާއިރު، ޝައުގުވެރިކަން ފާޅުކުރި ކޯޗުންގެ ތެރޭގައި، ކޯލްމަންގެ އިތުރުން، ރާއްޖެ އާއި އަފްގާނިސްތާން އަދި ތަޖިކިސްތާންގެ ކުރީގެ ކޯޗު، ކްރޮއޭޝިއާގެ ޕީޓަ ސެގާޓް އާއި އިންޑިއާގެ ކުރީގެ ކޯޗު، ކްރޮއޭޝިއާގެ އީގޯ ސްޓިމަކް ވެސް ހިމެނެ އެވެ. 

ޔުއެފާ ޕްރޯ ލައިސަންސް ހާސިލްކޮށްފައިވާ ކޯލްމަން، ކޯޗިން ކެރިއަރު ފެށީ 2003 ވަނަ އަހަރު އިނގިރޭސި ޕްރިމިއާ ލީގުގެ ފުލަމް އިންނެވެ. އެ ޓީމަށް 2007 އާ ހަމައަށް ކޯޗުކޮށްދިން ކޯލްމަން ވަނީ ރެއާލް ސޮސިއެޑާޑްގައި ވެސް އެއް ސީޒަން ހޭދަކޮށްފަ އެވެ. 

ވޭލްސް ގައުމީ ޓީމަށް 2012 އިން 2017 އަށް ކޯޗުކޮށްދިން ކޯލްމަންގެ ކޯޗުކަމުގައި އެ ޓީމުން 2016 ވަނަ އަހަރު ފްރާންސްގައި ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި ކުޅުނެވެ. އިނގިރޭސި ޕްރިމިއާ ލީގުގެ ސަންޑަލެންޑަށް ވެސް ކޯޗުކޮށްދިން ކޯލްމަން، މިދިޔަ އަހަރު ހުރީ ގްރީސްގެ ކްލަބެއް ކަމަށްވާ އަސްޓެރާސް ޓްރިޕޯލިސްގެ ކޯޗަކަށެވެ. 

ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަނުން އާ ކޯޗެއް ހަމަޖެއްސުމުގެ މަސައްކަތް ވަރަށް އަވަހަށް ނިންމާލާނެ ކަމަށް ދާދި ފަހުން ވެސް ވަނީ ބުނެފަ އެވެ. އެއީ، އެ ޓީމުން އަންނަ މަހު، 1-10 އަށް މާލޭގައި ބާއްވާ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތުގެ އިތުރުން، އަންނަ މަހު ފަސް ވަނަ ދުވަހު ސެން މެރީނޯއާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރީތައް ފެށުމުގެ ގޮތުންނެވެ.

އެ ގޮތުން، ބަންގްލަދޭޝް އިން ވަނީ އާ ކޯޗެއްގެ ބެލުމުގެ ދަށުން ބޮޑު ޕްރިލިމިނަރީ ސްކޮޑެއް ނަގައި، ސެން މެރީނޯ އާއި ރާއްޖެ އަށް ވެސް ސީނިއާ ގައުމީ ސްކޮޑެއް ފޮނުވަން ނިންމައިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox