ވިސްނުން ބަދަލުކޮށް ބަންގްލަދޭޝް އިން ސީނިއާ ޓީމެއް ރާއްޖޭގެ ޑައިމަންޑް ޖުބިލީ މުބާރާތަށް ފޮނުވަނީ

2023 ވަނަ އަހަރު އިންޑިއާގެ ބެންގަލޫރުގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ބަންގްލަދޭޝްގެ ރަކިބް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް

2023 ވަނަ އަހަރު އިންޑިއާގެ ބެންގަލޫރުގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ބަންގްލަދޭޝްގެ ރަކިބް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް

އަންނަ މަހު މާލޭގައި ބާއްވާ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތުގައި ވާދަކުރަން ބަންގްލަދޭޝް އިން 23 އަހަރުން ދަށުގެ ޓީމެއް ފޮނުވަން ނިންމި ނިންމުން ބަދަލުކޮށް، ސީނިއާ ކުޅުންތެރިން ހިމެނޭ ޓީމެއް ފޮނުވާ ގޮތަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަން (ބީއެފްއެފް) އިން ނިންމައިފި އެވެ. 

ރާއްޖޭގެ ފުޓްބޯޅަ އަށް 75 އަހަރު ފުރުމުގެ މުނާސަަބަތުގައި، ޑައިމަންޑް ޖުބިލީ އިންވިޓޭޝަނަލް ކަޕްގެ ނަމުގައި މި އަހަރުގެ ޖޫން 1-10 އަށް ސީނިއާ ގައުމީ ޓީމުތަކަށް ބާއްވާ މުބާރާތެއް ބާއްވަން އެފްއޭއެމް އިން އޮތީ ނިންމައިފަ އެވެ.

އެ މުބާރާތުގައި ކުޅެން ބަންގްލަދޭޝް އިން ސިނިއާ ޓީމުގެ ބަދަލުގައި 23 އަހަރުން ދަށުގެ ޓީމު ފޮނުވަން ނިންމީ، ބަންގްލަދޭޝްގެ ސީނިއާ ޓީމުން ފުރަތަމަ ފަހަރަށް ޔޫރަޕްގައި މެޗެއް ކުޅެން ސެން މެރީނޯ އަށް ދާން ހަމަޖެހުމުންނެވެ. 

Advertisement

އެކަމަކު، ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން، އެފްއޭއެމްއާ ވާހަކަ ދައްކައި، ބަންގްލަދޭޝް އިން މިހާރު ނިންމާފައިވަނީ، ސީނިއާ ގައުމީ ޓީމުގެ ކުޅުންތެރިން ދެ ބަޔަކަށް ބަހާލައިގެން، ސެން މެރީނޯ މެޗާއި ޑައިމަންޑް ޖޫބިލީ މުބާރާތުގައި ވެސް ބަންގްލަދޭޝްގެ ވަރުގަދަ ދެ ޓީމު ކުޅޭ ގޮތަށް ހެދުމަށެވެ. 

ބަންގްލަދޭޝްގެ ގައުމީ ޓީމުގެ މެނޭޖްމަންޓް ކޮމިޓީގެ މެމްބަރު، ޝަހާދަތު ހުސެއިން، އެ ގައުމުގެ މީޑިއާ އަށް ބުނެފައިވަނީ، ބަންގްލަދޭޝްގެ ލީގު ފުޓްބޯޅަ ވަރުގަދަ ވަމުން އަންނާތީވެ، ގައުމީ ޓީމަށް ކުޅެވޭ ލެވަލްގައި ގިނަ ކުޅުންތެރިންތަކެއް އެބަތިބި ކަމަށެވެ. 

"އަހަރެމެންގެ ލީގު ވަރަށް ވަރުގަދަވެފައި ވާދަވެރި، އަހަަރެމެންގެ ލީގަށް ބަލާއިރު ޓީމުތައް ލީގު ތާވަލުގައި ވެސް އެ އޮތީ ކައިރިކައިރީގައި. އެހެންވީމަ އެބަތިބި ގައުމީ ޓީމަށް ކުޅެވޭ ލެވަލްގެ ގިނަ ކުޅުންތެރިން، އެހެންވެ، އަހަރެމެން ނިންމީ ހަމައެކަނި 23 އަހަރުން ދަށުގެ ޓީމެއް ގޮތަށް ހާއްސަ ނުކޮށް، ސީނިއާ ޓީމެއް ރާއްޖެ އަށް ވެސް ފޮނުވަން. އެހެންވެ، ދެ ޓީމެއް އެކުލަވާލާނަން، އެއް ޓީމު ދާނީ ސެން މެރީނޯ އަށް، އަނެއް ޓީމު ދާނީ ރާއްޖެ އަށް،" ޝަހާދަތު ބުންޏެވެ. 

ޖޫން 5 ވަނަ ދުވަހު ސެން މެރީނޯއާ ދެކޮޅަށް ކުޅޭ މެޗަށް ބަންގްލަދޭޝް އިން ދާނީ ސީނިއާ އެންމެ ވަރުގަދަ ކުޅުންތެރިން ހިމެނޭ ޓީމެކެވެ. އޭގެ ތެރޭގައި، ލެސްޓާ ސިޓީ އަށް ކުޅޭ މިޑްފީލްޑަރު، ހަމްޒާ ޗޯދުރީ ހިމެނެ އެވެ. 

ސެން މެރީނޯ އަށް ދާނެ ޓީމަކާއި ރާއްޖޭގެ މުބާރާތުގައި ވާދަކުރާ ޓީމެއް ފައިނަލް ވެގެންދާނީ ބަންގްލަދޭޝްގެ ގައުމީ ޓީމުގެ އާ ކޯޗެއް ހަމަޖެހުމުންންނެވެ. އާ ކޯޗެއް ގެނައުމުގެ މަސައްކަތް ލަސްވެގެން ކުރިއަށް އޮތް ހަފްތާ ތެރޭގައި ނިންމާލުމަށް ބީއެފްއެފް އިން ވަނީ އަމާޒުހިފައިފަ އެވެ. 

މި މުބާރާތުގައި ބައިވެރިވުމުގެ ދައުވަތު އެންމެ ފުރަތަމަ ފޮނުވީ ސްރީ ލަންކާ، ބަންގްލަދޭޝް އަދި ނޭޕާލަށެވެ. ނޭޕާލު ފުޓްބޯޅަ ހާލަތު އޮތްގޮތުން މުބާރާތުގައި ކުޅެވެން ނެތްކަން އެންގިއިރު، ލަންކާ އިން ވަނީ، އެ މުބާރާތުގައި ކުޅެން ނިންމިކަން އިއުލާނު ވެސް ކޮށްފަ އެވެ. ނޭޕާލްގެ ބަދަލުގައި ޕާކިސްތާނުން. މުބާރާތުގައި ކުޅޭއިރު، ދާދި ފަހުން ލަންކާ އިން މުބާރާތުން ވަކިވުމާ ގުޅިގެން އެ ޓީމުގެ ބަދަލުގައި އަފްގާނިސްތާން މި މުބާރާތުގައި ކުޅެން ވަނީ ނިންމައިފަ އެވެ. 

އެހެންކަމުން، އަންނަ މަހު ގަލޮޅު ދަނޑުގައި ކުޅޭ މުބާރާތުގައި ރާއްޖެއާ ވާދަކުރާނީ ޕާކިސްތާން، އަފްގާނިސްތާން އަދި ބަންގްލަދޭޝް އެވެ. މި މުބާރާތަކީ، ފީފާ ދުވަސްވަރު ބާއްވާ މުބާރާތެއް ކަމުން ޓީމުތަކަށް ރޭންކިންގެ ކުރިއަށް ޖެހިލުމަށް މުހިންމުވާނެ އެވެ. އަދި، މި އަހަރަކީ ސާފް ޗެމްޕިއަންޝިޕް ބާއްވާ އަހަރެއް ކަމަށް ވުމުން އެ މުބާރާތަށް ތައްޔާރުވުމަށް ވެސް ބޭނުންހިފޭނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ކެރިކް ވަކިކޮށްފިނަމަ ޔުނައިޓެޑްގެ ކޯޗުކަން ޕޮޗެޓީނޯ އަށް: ރިޕޯޓް

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކް މަގާމުން ވަކިކޮށްފިނަމަ، އެ މަގާމަށް އެމެރިކާ ގައުމީ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ގެނައުމަށް އެ ކްލަބުން އަންނަނީ ވިސްނަމުންނެވެ. ލީގުގެ ރެލިގޭޝަން ޒޯނަށް ވެއްޓިފައިވާ ޔުނައިޓެޑުން ކެރިކާ މެދު ގޮތެއް ނިންމުމަށް ބޯޑު ބައްދަލުވުންތައް ބާއްވަމުންދާއިރު، ޕޮޗެޓީނޯގެ އިތުރުން ނާގަލްސްމަން އާއި އެޑީ ހޯވް ފަދަ ކޯޗުންނަށްވެސް އެ ކްލަބުން ފާރަލަމުންދެއެވެ.

ޕާކިސްތާނުން ތަށްޓާ މެދު އަދި ނުވިސްނާ

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ބަލިކޮށް ޕާކިސްތާނުން ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކުރި ނަމަވެސް، އެ ޓީމުގެ މިހާރުގެ އަމާޒަކީ ހަމައެކަނި ފައިނަލަށް ދިއުން ކަމަށް ކޯޗު ސޮލާނޯ ބުނެފި. އަށް އަހަރަށްފަހު ސެމީއަށް ދަތުރުކުރި ޕާކިސްތާނުން ތަށްޓާ މެދު ވިސްނުމުގެ ބަދަލުގައި މިވަގުތު އިސްކަންދެނީ ކުރިއަށް އޮތް ސެމީ މެޗަށް ރަނގަޅަށް ތައްޔާރުވުމަށް

ރައުލް، ރެއާލް އޮވިއޭޑޯގެ ކޯޗަކަށް ހަމަޖައްސައިފި

ރެއާލް މެޑްރިޑްގެ ލެޖެންޑް ރައުލް ގޮންޒާލޭޒް، ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ ކްލަބް ރެއާލް އޮވިއޭޑޯގެ ކޯޗަކަށް 2028 ވަނަ އަހަރުގެ ނިޔަލަށް ހަމަޖައްސައިފި. އޭނާ މި މަގާމާ ހަވާލުވީ ރެއާލް މެޑްރިޑްގެ ރިޒާވް ޓީމުގައި ހަ އަހަރު ދުވަހު ކޯޗުކަން ކުރުމަށްފަހު، ނަތީޖާ ދަށްވުމުގެ ސަބަބުން ވަކިކުރި ޖޫލިއަން ކަލޭރޯގެ ބަދަލުގައި

ތަޖުރިބާ ރަނގަޅު، ބޭނުމީ ވަރުގަދަ ޓީމުތަކާ ކުޅެން: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ތިންވަނަ ރާއްޖެއަށް ލިބުނުއިރު، މިއީ ގައުމީ ޓީމުގެ ކުރިއެރުމަށް ލިބުނު ވަރަށް ރަނގަޅު ތަޖުރިބާއެއް ކަމަށް ކެޕްޓަން އިމްރާން (އިންމި) ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ރާއްޖޭގެ ޓީމުން މިހާރު ބޭނުންވަނީ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅެގެން ފެންވަރު ރަނގަޅުކުރަން ކަމަށް

ރާއްޖެ ކައިރިން މޮޅުވެ ޗައިނާ އަށް ޗެމްޕިއަންކަން

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ފަހު މެޗުގައި ރާއްޖެ 8-3 އިން ބަލިކޮށް، ކުޅުނު ތިން މެޗުން މޮޅުވެގެން ޗައިނާ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި. މި މުބާރާތުގައި ރާއްޖެއަށް ލިބުނީ ތިން ވަނަ މަގާމު ކަމަށްވާއިރު، ރާއްޖެއިން ވަނީ ހޮންގް ކޮންގް އަތުން ބޮޑު މޮޅެއް ހޯދައި ދެކުނު ކޮރެއާ އަތުން ބަލިވެފައި

ގަލޮޅު ދަނޑު ފުޓްބޯޅަ ކުޅުމާއި މުނިފޫހިފިލުވޭނެ ތަނަކަށް ހަދަނީ

ގަލޮޅު ދަނޑު ތަޅާލުމަށްފަހު، އެތަނަކީ ފުޓްބޯޅައިގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް ބޭއްވޭނެ ފަދަ ހިތްގައިމު މަރުކަޒަކަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމާފައި. މި މަޝްރޫޢުގެ ދަށުން ދަނޑުގެ ޕިޗާއި ސިޑިބަރިތައް އައުކޮށް، އާންމުންނަށް ފަސޭހައިން ވަދެނިކުމެ އުޅެވޭނެހެން އެ ސަރަހައްދު ތަރައްގީކުރާނެ

ޔުނައިޓެޑްގެ ކޯޗުކަމުން އިސްތިއުފާ ނުދޭނެ ކަމަށް ކެރިކް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވެ ޓީމު ރެލިގޭޝަން ޒޯނަށް ވެއްޓިފައިވީ ނަމަވެސް، މަގާމުން އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް ކަމަށް ކޯޗު މައިކަލް ކެރިކް ބުނެފި. ކެރިކް ގަބޫލުކުރާ ގޮތުގައި ހެދޭ ގޯސްތައް ރަނގަޅުކޮށްގެން ޓީމުގެ ހާލަތު ބަދަލުކުރެވޭނެ ކަމުގެ އުންމީދު އެބައޮތް.

Newsletter

Get the latest news delivered straight to your inbox