ބަންގްލަދޭޝް އިން ޔޫރަޕްގައި ކުޅޭ ފުރަތަމަ މެޗު ސެން މެރީނޯއާ ދެކޮޅަށް

ބަންގްލަދޭޝްގެ ތަރި ހަމްޒާ ޗޯދުރީ: އޭނާ ކުޅެމުން އަންނަނީ އިނގިރޭސި ކްލަބް ލެސްޓާ ސިޓީ އަށް.--- ފޮޓޯ: ގެޓީ އިމޭޖަސް

ބަންގްލަދޭޝްގެ ތަރި ހަމްޒާ ޗޯދުރީ: އޭނާ ކުޅެމުން އަންނަނީ އިނގިރޭސި ކްލަބް ލެސްޓާ ސިޓީ އަށް.--- ފޮޓޯ: ގެޓީ އިމޭޖަސް

ޑާކާ، ބަންގްލަދޭޝް (އޭޕްރީލް 7) - ބަންގްލަދޭޝްގެ ގައުމީ ފުޓްބޯޅަ ޓީމުން ޔޫރަޕްގައި ކުޅޭ ފުރަތަމަ މެޗުގައި އަންނަ ޖޫން މަހު، ސެން މެރީނޯއާ ދެކޮޅަށް ކުޅޭ ގޮތަށް ހަމަޖެހިއްޖެ އެވެ. 

ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަން (ބީއެފްއެފް) އިން މިއަދު އިއުލާނުކުރި ގޮތުގައި، ދުނިޔޭގެ ރޭންކިން އެންމެ ފުލުގައި، 211 ވަނައިގައި އޮތް ސެން މެރީނޯއާ ދެކޮޅަށް ބަންގްލަދޭޝް އިން ކުޅޭ މެޗު އޮންނާނީ ޖޫން ފަސް ވަަނަ ދުވަހު އެވެ. މިއީ، ފީފާގެ އެކުވެރިކަމުގެ މެޗުތަކުގެ ލެވަލްގެ ތެރެއިން އެއް ވަނަ ފަންތީގައި ގިންތި ކުރެވޭ ލެވަލްގެ މެޗެކެވެ. 

މިއީ، ބަންގްލަދޭޝްގެ ތާރީހުގައި ޔޫރަޕްގައި ކުޅޭ އެންމެ ފުރަތަމަ މެޗު ކަމަށްވާއިރު، މި މެޗު ސެން މެރީނޯ އަށް ވެސް ތާރީހީ އެވެ. ސަބަބަކީ، މިއީ، ސެން މެރީނޯ އިން އޭޝިއާގެ ގައުމަކާ ދެކޮޅަށް ކުޅޭނެ ފުރަަތަމަ މެޗެވެ. ބައިނަލްއަގުވާމީ ވާދަވެރި މެޗަކުން ސެން މެރީނޯ އިން މޮޅުވެފައިވަނީ ދެ ފަހަރު އެވެ. އެންމެ ފަހުން އެ ޓީމުން މޮޅުވީ، ނޭޝަންސް ލީގުގައި ލިޗެސްޓައިން އަތުންނެވެ. 

Advertisement

ފީފާ އިން އެންމެ ފަހުން އާންމުކުރި ރޭންކިންގައި ބަންގްލަދޭޝް އޮތީ 181 ވަނައިގަ އެވެ. ސެން މެރީނޯއާ ދެކޮޅަށް ކުޅޭ މެޗަކީ ބަންގްލަދޭޝް ފުޓްބޯޅަ އަށް ހުރިހާ ގޮތަކުން ބެލިޔަސް ވަރަށް މުހިންމު މެޗެއްގެ ގޮތުގައި ބީއެފްއެފް އިން ވަނީ ހާމަކޮށްފަ އެވެ. 

ބަންގްލަދޭޝް އިން ސެން މެރީނޯއާ ދެކޮޅަށް ކުޅޭ މެޗު ވެގެންދާނީ އެ ޓީމުގެ އާ ކޯޗުގެ އިރުޝާދުގެ ދަށުން ކުޅޭ މެޗަކަށެވެ.

ބަންގްލަދޭޝްގެ ކޯޗަކަށް ހުރި ސްޕެއިނުގެ ހަވިއޭ ކަބްރޭރާއާ އެކު، ހަދާފައިވާ އެއްބަސްވުން މި މަހުގެ ނިޔަލަށް ހަމަވާނެ އެވެ. ބަންގްލަދޭޝްގެ ކޯޗުކަން 2022 ވަނަ އަހަރުގެ ކުރީކޮޅުން ފެށިގެން ކުރަމުން އަންނަ ކަބްރޭރާގެ އެއްބަސްވުން އާ ނުކުރަން ބަންގްލަދޭޝްގެ ފުޓްބޯޅަ ފެޑެރޭޝަންގެ ނެޝަނަލް ޓީމްސް ކޮމިޓީ (އެންޓީސީ) އިން ވަނީ ލަފާދީފަ އެވެ. އެހެންވެ، ބަންގްލަދޭޝް އިން ވަނީ އާ ކޯޗެއް ހޯދުމުގެ މަސައްކަތް ފަށައިފަ އެވެ. 

ކަބްރޭރާގެ ކޯޗުކަމުގައި ބަންގްލަދޭޝް އިން ހޭދަކުރި ހަތަރު ވަރަކަށް އަހަރު ތެރޭ ކުޅުނު މެޗުތަކަށް ބަލާއިރު، 10 މެޗުން މޮޅުވެ، 10 މެޗުން އެއްވަރުވިއިރު، 19 މެޗުން ވަނީ ބަލިވެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

އެމެރިކާ ދޫކޮށް ޔުނައިޓެޑާ ހަވާލުވުން ޕޮޗެޓީނޯ އަށް ހިތްދަތި

އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވުމަކީ ކެރިއަރުގައި ނިންމި އެންމެ ހިތްދަތި ނިންމުން ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ޔުނައިޓެޑުން 10 މިލިއަން ޑޮލަރުގެ ބަދަލެއް ދީގެން އޭނާ ގެންނަން ނިންމާފައިވާއިރު، ޕޮޗެޓީނޯ ބުނީ ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކުން ލިބުނު ފުރުސަތު ދޫކޮށްލަން އުނދަގޫވީ ކަމަށެވެ. އޭނާ އެ ޓީމާ ރަސްމީކޮށް ހަވާލުވާނީ މި މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ މެޗުތަކަށް ފަހުގައެވެ.

ޖަވާބު ދޭން ވެސް، ޖަވާބުދާރީކުރުވަން ވެސް އުރްބާނީ! އެފްއޭއެމް؟

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ތާރީޚީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ. ކޯޗު އުރްބާނީ ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ކޯޗުގެ މަގާމު އެކުގައި އަދާކުރަން ޖެހުމުން، ޖަވާބުދާރީކުރުވުމުގެ ނިޒާމު އޮތް ގޮތާ މެދު ސުވާލު އުފައްދާފައި

އިޓަލީން އަމިއްލަ ދަނޑުގައި 64 އަހަރަށް ފަހު ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ފްރާންސް އަތުން 3-1 އިން މޮޅުވެ، އިޓަލީން 64 އަހަރަށް ފަހު އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމުގެ ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ފްރާންސުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އިޓަލީން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ ޕިއޯ އެސްޕޮސީޓޯގެ ދެ ގޯލާއި ފްރަޓޭސީ ޖެހި ލަނޑުން

ގަތަރުގައި އޮތް ވޯލްޑް ކަޕުން އެމެރިކާ ނަން ނަގައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަލާމަތީ ނުރައްކާތަކެއް ހުރި ކަމަށް ބުނެ، ގަތަރުގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުން އެމެރިކާ ވަކިވެއްޖެ. އެމެރިކާގެ ފުޓްބޯޅަ އިދާރާއިން މި ނިންމުން ނިންމީ އެ ސަރަހައްދަކީ މިވަގުތު އެމެރިކާގެ ޓީމަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ލަފާދީފައިވާތީ

ވެންގާ، ފީފާ ރައީސަކަށް ގެންނަން ފްރާންސުން މަސައްކަތްކުރަނީ

ފީފާގެ ރައީސްކަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ގެނައުމަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން އިސްނަންގަވައިގެން އެ ގައުމުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން. މިހާރުގެ ރައީސް އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އާއި ފްރާންސް ސަރުކާރުން ވެންގާ ނެރުމަށް ބޭނުންވި ނަމަވެސް، އޭނާ އަދި ރަސްމީކޮށް އެކަމަށް ޝައުގުވެރިކަން ފާޅެއް ނުކުރޭ

Newsletter

Get the latest news delivered straight to your inbox