ސެގާޓް، ބަންގްލަދޭޝްގެ ކޯޗުކަމަށް ޝައުގުވެރިވެއްޖެ: ރިޕޯޓް

Apr 10, 2026, 7:54 AM
ރާއްޖެ އާއި އަފްގާނިސްތާނަށް ކުރިން ކޯޗުކޮށްދިން ސެގަޓް، ބަންގްލަދޭޝަށް ކޯޗުކޮށްދޭން ޝައުގުވެރިވޭ.

ރާއްޖެ އާއި އަފްގާނިސްތާނަށް ކުރިން ކޯޗުކޮށްދިން ސެގަޓް، ބަންގްލަދޭޝަށް ކޯޗުކޮށްދޭން ޝައުގުވެރިވޭ.

ޑާކާ، ބަންގްލަދޭޝް (އޭޕްރީލް 10) - ރާއްޖެ އާއި އަފްގާނިސްތާނަށް ސާފް ޗެމްޕިއަންޝިޕްގައި ކޯޗުކޮށްދިން ކްރޮއޭޝިއާގެ ކޯޗު، ޕީޓަ ސެގާޓް، ހުސްވެފައިވާ ބަންގްލަދޭޝްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުގެ މަގާމަށް އައުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ. 

ސެގާޓް، 59، ވަނީ، 2015 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް އަފްގާނިސްތާން ގެންގޮސްދީ، 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން، ރާއްޖެ އަށް ހޯދައިދީފަ އެވެ. ރާއްޖޭގެ ކޯޗުކަމުން، 2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ ނާކާމިޔާބީ އަށް ފަހު ވަކިކުރިއިރު، ސެގާޓް އެ ފަހުން ވަނީ، ތަޖިކިސްތާން ގައުމީ ޓީމާ ހަވާލުވެ، އެ ޓީމަށް 2024 ވަނަ އަހަރުގެ އޭޝިއަން ކަޕްގެ ދެ ވަނަ ބުރުން ޖާގަ ހޯދައިދީފަ އެވެ. 

ބަންގްލަދޭޝްގެ ކޯޗަކަށް ހުރި ސްޕެއިނުގެ ހަވިއޭ ކަބްރޭރާއާ އެކު، އެ ޓީމުން ހަދާފައި އޮތް އެއްބަސްވުން މި މަހުގެ ނިޔަލަށް ހަމަވާއިރު، އޭނާ އަށް އާ ކޮންޓްރެކްޓެއް ނުދޭން ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަން (ބީއެފްއެފް) އިން ވަނީ ނިންމައިފަ އެވެ. އަދި، އާ ކޯޗެއް ހޯދަން ބީއެފްއެފް އިން އިއުލާނުކޮށްފައިވާއިރު، ޝައުގުވެރިކަން ފާޅުކުރި އެއް ކޯޗަކީ، މި ސަރަހައްދުގެ ފުޓްބޯޅައިގެ ތަޖުރިބާހުރި ސެގާޓް އެވެ.  

ޔުއެފާ ޕްރޯ ލައިސަންސް ހޯދާފައިވާ ސެގާޓް ވަނީ، ޖޯޖިއާގެ 21 އަހަރުން ދަށުގެ ޓީމަށް ވެސް ކޯޗުކޮށްދީފަ އެވެ. އަފްގާނިސްތާނަށް 10 މެޗުގައި ކޯޗުކޮށްދިންއިރު، ރާއްޖެ އަށް 11 މެޗުގައި އަދި ތަޖިކިސްތާނަށް 23 މެޗުގައި އިރުޝާދުދިނެވެ. ތަޖިކިސްތާނުން މީގެ ދެ އަހަރު ކުރިން ވަކިވި، ސެގާޓް އެ ފަހުން ހުރީ ރަސްމީކޮށް ޓީމަކާ ހަވާލުނުވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ވިއްސާރައާ ހެދި ބުރު އާއި ނިއު މެޗު ފަސްކުރަން ޖެހިއްޖެ

މޫސުން ގޯސްވެ ގަލޮޅު ދަނޑުގައި ފެންބޮޑުވުމުގެ ސަބަބުން، ދިވެހި ޕްރިމިއާ ލީގުގައި މިރޭ ނިއު ރޭޑިއަންޓާއި ބުރު ސްޕޯޓްސް ކްލަބް ބައްދަލުކުރަން އޮތް މެޗު އެފްއޭއެމް އިން ފަސްކޮށްފި. މިއަދު ހަވީރު ކުޅުނު މެޗަށްވެސް ވިއްސާރައިގެ އަސަރުކޮށްފައިވާއިރު، މިރޭގެ މެޗު ފަސްކުރަން ނިންމީ މެޗު ކުޅެވޭނެ ފަދަ ހާލަތެއް ދަނޑުގައި ނެތުމުން.

އޮޑި އާއި އީގަލްސްގެ ކުރިމަތިލުމަށް ހަމަހަމަ ނިމުމެއް

ދިވެހި ޕްރިމިއާ ލީގުގައި ކްލަބް އީގަލްސް އާއި އޮޑި ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗު 0-0 އިން އެއްވަރުވުމުން، ލީގުގެ އެއް ވަނަ އަށް އެރުމަށް އީގަލްސް އަށް ލިބުނު ފުރުސަތު ގެއްލުނު. ވިއްސާރައިގެ ސަބަބުން ކުޅުމަށް ހުރަސްތަކެއް ކުރިމަތިވި މި މެޗުގައި، ދެ ޓީމުން ލަނޑެއް ޖެހުމަށް ކުރި މަސައްކަތް ކާމިޔާބުނުވީ ދެ ޓީމުގެ ކީޕަރުންގެ ކުޅުން ރަނގަޅުވުމުން

ކްވަރަޝްކޭލިއާ އަށް ސީޒަން ނިމުމުގެ ބިރު

ޗެމްޕިއަންސް ލީގުގައި ބާސެލޯނާއާ ދެކޮޅަށް ކުޅުނު މެޗުގައި ޕީއެސްޖީގެ ކްވަރަޝްކޭލިއާގެ ކަކުލަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން އޭނާއަށް މި ސީޒަން ނިމިއްޖެ. ޓެސްޓްތަކުން ދައްކާގޮތުގައި އޭނާގެ އޭސީއެލް އިރައިގެން ގޮސްފައިވާއިރު، މި އަނިޔާއިން ރަނގަޅުވުމަށް ގާތްގަނޑަކަށް 6 މަހާއި 9 މަހާ ދެމެދުގެ މުއްދަތެއް ނަގާނެ

އިންގްލެންޑުން ރިޓަޔާނުކުރާ ކަމަށް ހެންޑަސަން ބުނެފި

މިހާރު ޗެލްސީއަށް ކުޅެމުން އަންނަ ތަޖުރިބާކާރު މިޑްފީލްޑަރު ހެންޑަސަން، އިންގްލެންޑް ގައުމީ ޓީމުން ރިޓަޔާނުކުރާ ކަމަށާއި އަދިވެސް ގައުމީ ޓީމަށް ކުޅުމުގެ ޝައުގުވެރިކަން އެބަހުރި ކަމަށް ބުނެފި. އޭނާ ގަބޫލުކުރާ ގޮތުގައި ޗެލްސީގައި ރަނގަޅު ކުޅުމެއް ދައްކައިގެން އަދިވެސް އެންމެ މަތީ ފަންތީގައި ގައުމީ ޓީމަށް ޚިދުމަތް ކުރުމުގެ ފުރުސަތު އޭނާއަށް އެބައޮތް

އިހުތިރާމް ކުރާތީ ފަބްރެގަސް ސުވާލަކަށް ޖަވާބު ނުދިން

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވުމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދޭން ކޯމޯގެ ކޯޗު ސެސްކް ފަބްރެގަސް ދެކޮޅުހަދައިފި. ފަބްރެގަސް ބުނީ މިވަގުތު ޔުނައިޓެޑްގެ ކޯޗަކަށް ހުރި މައިކަލް ކެރިކަށް އިހުތިރާމް އަދާކުރުމުގެ ގޮތުން އެ ސުވާލަށް ޖަވާބުދޭން ބޭނުންނުވާ ކަމަށް

ނިއު އަކީ ވަރުގަދަ ޓީމެއް ވިޔަސް ބުރަށް ވާދަކުރެވޭނެ

ނިއު ރޭޑިއަންޓަކީ ވަރުގަދަ ޓީމެއް ނަމަވެސް، ބުރު ސްޕޯޓްސް ކްލަބުން އެ ޓީމާ ދެކޮޅަށް ރަނގަޅު ވާދައެއްކޮށް ކާމިޔާބު ހޯދޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ކޯޗު ރޮޑްރިގޭޒް ބުނެފި. ކޯޗު ފާހަގަކުރި ގޮތުގައި ޓީމުގެ ކުޅުން ދުވަހުން ދުވަހަށް ކުރިއަރަމުން އަންނާތީ، ކޮންމެ ޓީމެއް އަތުންވެސް މޮޅުވެވޭނެ ކަމުގެ އިތުބާރު މިހާރު އެބައޮތް

ލިވަޕޫލަށް ތަފާތު މޮޅެއް، ޕީއެސްޖީން ބާސެލޯނާ ބަލިކޮށްފި

ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން ޕީއެސްޖީން 4-2 އިން ބާސެލޯނާ ބަލިކުރިއިރު، ލިވަޕޫލުން ވަނީ ފަހަތުން އަރައި 4-3 އިން ވިޔަރެއާލްގެ މައްޗަށް ކުރިހޯދާފައި މީގެ އިތުރުން މެންޗެސްޓާ ސިޓީން 5-1 އިން އޭއީކޭ އެތަންސް ބަލިކުރިއިރު، އެ މެޗުގައި ފިލް ފޯޑެން ވަނީ ހެޓްރިކެއް ހަދާފައި

Newsletter

Get the latest news delivered straight to your inbox