ލިވަަޕޫލުން ފަހު މެޗުގައި ސަލާހަށް ފުރުސަތު ނުދޭން ރޫނީ ގޮވާލައިފި

May 20, 2026, 7:50 PM
ޔުނައިޓެޑްގެ ކުރީގެ ތަރި، ވޭން ރޫނީ: އޭނާ ވަނީ ލިވަޕޫލްގެ ސަލާހަށް ފާޑުކިޔައިފައި.

ޔުނައިޓެޑްގެ ކުރީގެ ތަރި، ވޭން ރޫނީ: އޭނާ ވަނީ ލިވަޕޫލްގެ ސަލާހަށް ފާޑުކިޔައިފައި.

ލަންޑަން (މެއި 20) - އަންނަ އާދިއްތަ ދުވަހު ލިވަޕޫލުން މި ފަހަރުގެ އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅޭ ފަހު މެޗުގައި މުހައްމަދު ސަލާހަށް ފުރުސަތު ދޭން ނުޖެހޭ ކަަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ފޯވާޑް، ވޭން ރޫނީ ބުނެފި އެވެ.

ރޫނީ، 40، މި ގޮތަށް ބުނެފައިވަނީ، ސޯޝަލް މީޑިއާ މެދުވެރިކޮށް، ސަލާހު ލިވަޕޫލްގެ މިހާރުގެ ކަންކަމަށް ފާޑުކިޔައި، ނުސީދާގޮތަކަށް ނަމަވެސް އެ ޓީމުގެ ކޯޗު އާނާ ސްލޮޓަށް ރައްދުވާ ގޮތަށް ތަކުރާރުކޮށް ވާހަކަ ދައްކާފައިވާތީ އެވެ. 

ސަލާހު، 33، މި ސީޒަނަށް ފަހު ލިވަޕޫލް ދޫކޮށްލާނީ ނުވަ އަހަރު އެ ކްލަބްގައި ހޭދަކޮށްފަ އެވެ. ބްރެންޓްފޯޑާ ދެކޮޅަށް ކުޅޭ މެޗަކީ ސަލާހު ލިވަޕޫލް ޖޯޒީގައި ފެންނާނެ ފަހު މެޗެވެ. އެ މެޗުން ނަތީޖާއެއް ނެރެގެން، ލިވަޕޫލަށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ޖާގައެއް ޔަގީންވާނެ އެވެ. އެހެން ނަމަވެސް އެ މެޗުގެ ކުރިން، ސަލާހު މި ވަނީ، ސޯޝަލް މީޑިއާގައި ބަޔާނެއް ނެރެ، ކްލަބްގެ ހާލަތު ދާ މިސްރާބާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. 

ލިވަޕޫލް ވާން ޖެހޭނީ އިދިކޮޅު ޓީމުތަކުން ޖެހިލުންވާ ޓީމަކަށް ކަަމަށާއި އެއީ، "ހެވީ މެޓަލް އެޓޭކިން" ފުޓްބޯޅަ ކުޅޭ ޓީމެއްގެ ގޮތުގައި ކަަމަށް ވެސް ސަލާހު ވަނީ ބުނެފަ އެވެ. އަދި، ލިވަޕޫލުން މި ކުޅުން ދަށްކަން ޖެހޭ ކަމާ މެދު އިތުރު މަޝްވަރާ އަކަށް ދާން ޖެހޭނެ ސަބަބެއް އޮންނާނެ ކަމަށް ގަބޫލުނުކުރާ ކަމަށް ސަލާހުގެ ވާހަކަގައި ފާހަގަކުރި އެވެ. 

ލިވަޕޫލްގެ ހާލަތު ދަށްވާތީ ސަލާހުގެ ކެތްތެރިކަން ކޮޅުންލައިފި

ލިވަޕޫލުން މިހާރު ދަށްކަމުން އަންނަ ކުޅުމަަށް ބަލާއިރު، އޮތީ ގަބޫލުކުރަން ދަށް ހާލަތެއް ކަމަށް ބުނެ، މި ސީޒަނަށް ފަހު އެ ޓީމު ދޫކޮށްލަން ނިންމާފައިވާ މިސްރުގެ ތަރި، މުހައްމަދު ސަލާހު ވަަރަށް ބޮަޑަށް ހިތްހަމަނުޖެހުން ވަނީ ފާޅުކޮށްފައި.

ސަލާހުގެ ވާހަކަތަކާ ގުޅޭގޮތުން، ރޫނީ ބުނީ، ލިވަޕޫލްގައި ސަލާހު އެ ހޯދިހާ ކާމިޔާބީތަކަށް ފަހު، އެ ކްލަބް ދޫކޮށްލާ ވަގުތު މި ކަންތައް ކުރަނީ އެންމެ ރަނގަޅު ގޮތަށް ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އަދި، މިއީ، ކްލަބްގެ ކޯޗަކަށް ހުންނަ މީހާ އަށް ރައްދުވާ ގޮތަށް ފާޑުކިޔަން ޖެހޭ ވަގުތެއް ނޫން ކަމަށް ވެސް ރޫނީ ވަނީ ބުނެފަ އެވެ.

"އޭނަ (ސަލާހު) ބޭނުންވަނީ ހެވީމެޓަލް ފުޓްބޯޅަ ކުޅެން، މާނަަ އަކީ ޔާގަން ކްލޮޕްގެ ފުޓްބޯޅަ ކުޅޭށޭ. އެކަމަކު، އަހަންނަށް ހިއެއްނުވޭ ސަލާހު އަށް ވެސް މިހާރު އެ ފުޓްބޯޅަ ކުޅެވޭނެހެން. އޭނަގެ ފަޔަކު އެ ހައި އިންޓެސިޓީ ފުޓްބޯޅަ ކުޅެވޭނެ ވަރެއް ނެތް،" ރޫނީ ބުންޏެވެ. 

"އަހަންނަކީ ސްލޮޓް ނަމަ، ސަލާހު ސްޓޭޑިއަމާ ކައިރި ހިސާބަކަށް ވެސް ނުގެންނާނަން. އަހަރެން ވެސް އެ ކަހަލަ ކަމަކާ ކުރިމަތިލިން. ފާގަސަން، ޔުނައިޓެޑްގެ ކޯޗަކަށް އޯލްޓް ޓްރެފޯޑްގައި ހުރި ފަހު މެޗުގައި، އަހަންނާ އުފެދުނު ދެބަސްވުމަކާ ހެދި، އެ މެޗުގެ ސްކޮޑުން ވެސް ޖާގަ ނުލިބުނު،" 

ރޫނީ ބުނީ ސަލާހުގެ ފަރާތުން ފެނިގެންދިޔަ ކަމަކީ ސީޒަނުގެ އެންމެ މުހިންމު ވަގުތުގައި ޓީމުގެ ކޯޗަށް ނުރަނގަޅު ޕްރެޝަރެއް އަންނާނެ ކަމެއް ކަމަށެވެ. އަދި، މިއީ ހަމައެކަނި ކޯޗަށް ދެވުނު ޕްރެޝަރެއްގެ ބަދަލުގައި މުޅި ޓީމަށް ކުރިމަތިކުރުވި ނުރަނގަޅު ހާލަތެއް ކަމަށް ރޫނީ ވަނީ ބުނެފަ އެވެ. 

ސަލާހު ވަނީ މިދިޔަ ޑިސެމްބަރު މަހު، ލިވަޕޫލްގެ ކޯޗު އާނާ ސްލޮޓަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. އެ ގޮތުން، ސަލާހު ބުނީ، ލިވަޕޫލްގެ މައްސަލަތައް އޭނާ ބޮލުގައި އަޅުވާ ކަމަށެވެ. މެނޭޖްމަންޓަށް ފާޑުކިޔުމާ ގުޅިގެން، ސަލާހު އަށް އަދަބެއްގެ ގޮތުގައި އެއް މެޗުން ޓީމުން ބާކީކުރި އެވެ. ޖެނުއަރީ ޓްރާންސްފާގައި ސަލާހު ލިވަޕޫލް ދޫކޮށްލާނެ ކަމަށް ބެލެވުނު ނަމަވެސް އޭނާ މަޑުކުރީ އެވެ. އެކަމަކު، މިދިޔަ މާޗް މަހު  ވަނީ ލިވަޕޫލް ދޫކޮށްލަން ނިންމިކަން އިއުލާނުކޮށްފަ އެވެ. 

އޭގެ ފަހުން، ވެސް ސަލާހު އާއި ސްލޮޓްގެ ނުސީދާ ބަހުގެ ހަމަލާތަކެއް ވަނީ މީޑިއާ މެދުވެރިކޮށް ބަދަލުކޮށްފަ އެވެ. އެ ގޮތުން، ސަލާހު ދިން އިންޓަވިއުއަކާ ގުޅޭގޮތުން، ސްލޮޓް ވަނީ މީޑިއާ އިން ކުރި ސުވާލުތަކަށް ޖަވާބުދީފަ އެވެ. އަދި، އެ އަށް ފަހު، ސަލާހު މި ވަނީ، ލިވަޕޫލަށް ކުޅޭ ފަހު މެޗުގެ ކުރިން ސޯޝަލް މީޑިއާގައި ލިވަޕޫލާ ގުޅޭގޮތުން މުހިންމު ވާހަކަތަކެއް ހިއްސާކޮށް، ބަަޔާނެއް ނެރެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox