ފެންނަނީ ލިވަޕޫލްގެ ފެންވަރަށް ވުރެ ދަށް ކުޅުމެއް: ވެން ޑައިކް

May 4, 2026, 10:21 PM
ލިވަޕޫލްގެ ކެޕްޓަން ވެން ޑައިކް: ޓީމުގެ ކުޅުން މި ސީޒަނުގައި ދަށް ކަމަށް ވަނީ ބުނެފައި.

ލިވަޕޫލްގެ ކެޕްޓަން ވެން ޑައިކް: ޓީމުގެ ކުޅުން މި ސީޒަނުގައި ދަށް ކަމަށް ވަނީ ބުނެފައި.

ލިވަޕޫލް (މެއި 4) - މި ސީޒަނުގައި ލިވަޕޫލްގެ ފަރާތުން ފެންނަ ކުޅުމަކީ އެ ޓީމުގެ ފެންވަރުގެ ކުޅުމަށް ވުރެން ދަށް ކުޅުމެއް ކަމަށް ލިވަޕޫލްގެ ކެޕްޓަން ވާޖިލް ވެން ޑައިކް ބުނެފި އެވެ. 

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑް އަތުން 3-2 އިން ލިވަޕޫލް ބަލިވިއިރު، މިއީ، މި ސީޒަނުގައި ލިވަޕޫލުން ކުޅުނު ހުރިހާ މުބާރާތެއްގެ މެޗުތަކަށް ބަލާއިރު، ބަލިވި 19 ވަނަ މެޗެވެ. ސސ

ލިވަޕޫލުން 21 ވަނަ ގަރުނުގައި، 19 މެޗުން މީގެ ކުރިން ބަލިވީ ދެ ފަހަރު އެވެ. އެއީ، 2005 އާއި 2010 ވަަނަ އަހަރު އެވެ. އަނެއްކޮޅުން ލިވަޕޫލް އަތުން ލީގުގެ އެއް ސީޒަނެއްގައި ދެ މެޗުން ޔުނައިޓެޑް މޮޅު މިވީ 10 އަހަރު ފަހުންނެވެ. 

Advertisement

ރޭގެ މެޗަށް ފަހު ވެން ޑައިކް ބުނީ، މެޗުން ބަލިވުމުން އުޒުރެއް ދެއްކުމަށް ވުރެން ހަގީގަތާ ކުރިމަތިލުން މުހިންމު ކަމަށެވެ. 

"ވަރަށް ދަށް ސީޒަނެއް މިއީ. އެއްވެސް ގޮތަކަށް ގަބޫލު ވެސް ކުރެވޭނެ ވަރެއް ނޫން މިއީ. ވަރަށް އުނދަގޫ. އެކަމަކު، އަމިއްލަ އަށް ދެރަވެގެން ތިބެގެން މި ކަމުގައި ހައްލެއް ނެތް. އަހަރެމެން މަސައްކަތް ކުރަން އެބަޖެހޭ. އަހަރެމެން އެބަޖެހޭ މަސައްކަތްކޮށްގެން ވެސް މި ކަންކަން އަންނަ ސީޒަނުގައި ތަކުރާރުވިޔަ ނުދޭން. އެއީ، މިއީ ލިވަޕޫލްގެ ފެންވަރެއް ނޫން،" ވެން ޑައިކް ބުންޏެވެ. 

އިނގިރޭސި މީޑިއާތަކުން ލިވަޕޫލްގެ ކޯޗު އާނާ ސްލޮޓް އާއި ޓީމުގެ ކުޅުންތެރިންނަށް ފާޑުކިޔަމުން އަންނަ އެއް ސަބަބަކީ، ސީޒަނުގެ މުހިންމު ހިސާބެއްގައި، ޔުނައިޓެޑްގެ މެޗުގެ ކުރިން ކުޅުންތެރިން ކުރު ޗުއްޓީއެއްގައި އުޅޭ މަންޒަރު މީޑިއާގައި ދައުރުވުމުންނެވެ. 

ވެން ޑައިކް ބުނީ، އެއީ ޗުއްޓީއެއް ގޮތުގައި ބެލެވޭނެ ގޮތެއް އޭނާ އަށް ނުވިސްނޭ ކަމަށެވެ. 

"އެއީ ސިޓީ ޓްރިޕެއް. އެންމެ ދުވަހެއް އޮފްކޮށް (ޗުއްޓީއެއްގެ ގޮތުގައި) ލިބުނަސް އޭގެ މާނަ އަކީ އެއީ ގިނަ ދުވަސްތަކެއް ނޫނޭ. އެ ލިބޭ ދުވަހެއްގައި އާއިލާއާ އެކު ވަގުތު ހޭދަކުރާނެ ގޮތެއް ނިންމުމަކީ އަމިއްލަ ނިންމުމެއް. އަަހަރެމެންނަކީ ކުޑަކުދިންނެއް ނޫން. އެންމެން މިއީ ބޮޑެތި މީހުން،" ވެން ޑައިކް ބުންޏެވެ. 

އޭނާ ބުނީ، މައްސަލައެއްގެ ގޮތުގައި ލިވަޕޫލް ފެންނަން އޮތީ ޓީމުގެ ހާލަތު އޮތްގޮތުން ކަމަށާއި މިސާލަކަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ، އެ ޓީމުގެ ކުޅުންތެރިންނަށް ތިން ދުވަހުގެ އޮފް (ބްރޭކެއް) ދިނުމުން އޭގެ ނަތީޖާ އެ ޓީމުން ފެންނަ ކަމަށެވެ. 

ލިވަޕޫލަށް މި ސީޒަނުގައި ބާކީ އޮތީ އިނގިރޭސި ޕްރިމިއާ ލީގުގެ ތިން މެޗެވެ. އެއީ، އަމިއްލަ ދަނޑުގައި ޗެލްސީ އާއި ބްރެންޓްފޯޑާ ދެކޮޅަށް ކުޅޭ މެޗުތަކުގެ އިތުރުން، ރަށުންބޭރުގައި އެސްޓަން ވިލާއާ ބައްދަލުކުރާ މެޗެވެ. 

އިނގިރޭސި ޕްރިމިއާ ލީގު ތާވަލުގެ ހަތަރެއްގައި އޮތް ލިވަޕޫލަށް 35 މެޗުން 58 ޕޮއިންޓް ލިބިފައިވާއިރު، ފަސް ވަނައިގައި އޮތް އެސްޓަން ވިލާ އަށް ވަަނީ 34 މެޗުން 58 ޕޮއިންޓް ލިބިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

އެމެރިކާ ދޫކޮށް ޔުނައިޓެޑާ ހަވާލުވުން ޕޮޗެޓީނޯ އަށް ހިތްދަތި

އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވުމަކީ ކެރިއަރުގައި ނިންމި އެންމެ ހިތްދަތި ނިންމުން ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ޔުނައިޓެޑުން 10 މިލިއަން ޑޮލަރުގެ ބަދަލެއް ދީގެން އޭނާ ގެންނަން ނިންމާފައިވާއިރު، ޕޮޗެޓީނޯ ބުނީ ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކުން ލިބުނު ފުރުސަތު ދޫކޮށްލަން އުނދަގޫވީ ކަމަށެވެ. އޭނާ އެ ޓީމާ ރަސްމީކޮށް ހަވާލުވާނީ މި މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ މެޗުތަކަށް ފަހުގައެވެ.

ޖަވާބު ދޭން ވެސް، ޖަވާބުދާރީކުރުވަން ވެސް އުރްބާނީ! އެފްއޭއެމް؟

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ތާރީޚީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ. ކޯޗު އުރްބާނީ ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ކޯޗުގެ މަގާމު އެކުގައި އަދާކުރަން ޖެހުމުން، ޖަވާބުދާރީކުރުވުމުގެ ނިޒާމު އޮތް ގޮތާ މެދު ސުވާލު އުފައްދާފައި

އިޓަލީން އަމިއްލަ ދަނޑުގައި 64 އަހަރަށް ފަހު ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ފްރާންސް އަތުން 3-1 އިން މޮޅުވެ، އިޓަލީން 64 އަހަރަށް ފަހު އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމުގެ ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ފްރާންސުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އިޓަލީން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ ޕިއޯ އެސްޕޮސީޓޯގެ ދެ ގޯލާއި ފްރަޓޭސީ ޖެހި ލަނޑުން

ގަތަރުގައި އޮތް ވޯލްޑް ކަޕުން އެމެރިކާ ނަން ނަގައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަލާމަތީ ނުރައްކާތަކެއް ހުރި ކަމަށް ބުނެ، ގަތަރުގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުން އެމެރިކާ ވަކިވެއްޖެ. އެމެރިކާގެ ފުޓްބޯޅަ އިދާރާއިން މި ނިންމުން ނިންމީ އެ ސަރަހައްދަކީ މިވަގުތު އެމެރިކާގެ ޓީމަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ލަފާދީފައިވާތީ

ވެންގާ، ފީފާ ރައީސަކަށް ގެންނަން ފްރާންސުން މަސައްކަތްކުރަނީ

ފީފާގެ ރައީސްކަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ގެނައުމަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން އިސްނަންގަވައިގެން އެ ގައުމުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން. މިހާރުގެ ރައީސް އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އާއި ފްރާންސް ސަރުކާރުން ވެންގާ ނެރުމަށް ބޭނުންވި ނަމަވެސް، އޭނާ އަދި ރަސްމީކޮށް އެކަމަށް ޝައުގުވެރިކަން ފާޅެއް ނުކުރޭ

Newsletter

Get the latest news delivered straight to your inbox