ސަލާހު ދެން ބަދަލުވާނެ ކްލަބެއް ވަރަށް އަވަހަށް އިއުލާނުކުރާނެ

Apr 29, 2026, 8:50 AM
ލިވަޕޫލްގެ ތަރި މުހައްމަދު ސަލާހު

ލިވަޕޫލްގެ ތަރި މުހައްމަދު ސަލާހު

ގާހިރާ، މިސްރު (އޭޕްރީލް 29) - ލިވަޕޫލްގެ ތަރި މުހައްމަދު ސަލާހު، ދެން ބަަދަލުވާނެ ކްލަބެއް ވަރަށް އަވަހަށް އިއުލާނުކުރާނެ ކަމަށް މިސްރު ޓީމުގެ މީޑިއާ ކޯޑިނޭޓަރު، މުހައްމަދު މުރާދު ބުނެފި އެވެ. 

މިދިޔަ ސީޒަނުގެ ނިޔަލަށް ލިވަޕޫލްގެ ކޮންޓްރެކްޓްގައި ހުރި، އުމުރުން 33 އަހަރުގެ ސަލާހު ވަނީ ދެ އަހަރަށް އެއްބަސްވުން އާ ކޮށްފަ އެވެ. އެކަމަކު، އެ ކޮންޓްރެކްޓްގެ ފުރަތަމަ އަހަރު ނިމުމުން، މި ސީޒަނަށް ފަހު، ބާކީ އެއް އަަަހަރު އޮއްވައި، ސަލާހު މި ވަނީ ލިވަޕޫލާ އެކު އެއްބަސްވުމަކަށް އަތުވެ، ޓީމު ދޫކޮށްލަން ނިންމައިފަ އެވެ.

ކުރިން ޗެލްސީ އަށް ކުޅުނު ސަލާހު، ލިވަޕޫލާ ގުޅުނީ، 2017 ވަނަ އަހަރު އިޓަލީގެ ރޯމާ ދޫކޮށް ޖުމްްލަ އެކު، 45 މިލިއަން ޑޮލަރުގެ ޕެކޭޖެއްގަ އެވެ. އޭގެ ފަހުން، ތިން ފަހަރެއްގެ މަތިން ސަލާހު ލިވަޕޫލާ އެކު، އެއްބަސްވުމެއް ހަދައި، އެ ޓީމު ދޫކޮށްލަން މި ނިންމީ ނުވަ އަހަރު އެ ޓީމަށް ކުޅުމަށް ފަހު އެވެ. ސަލާހު، މި ވަގުތު އަންނަނީ ފަލަމަސްގަނޑަށް ލިބުނު އަނިޔާއަށް ފަރުވާ ހޯދަމުންނެވެ. 

މިސްރުގެ މީޑިއާ އަކަށް މުރާދު ދިން އިންޓަވިއުއެއްގައި ބުނީ، ސައުދީ އަރަބިއްޔާ، އެމެރިކާ އަދި ޔޫރަޕްގެ ގިނަ ކްލަބްތަކަކުން ސަލާހަށް ހުށަހެޅުން ލިބިފައިވާ ކަމަށެވެ. އަދި، ސަލާހުގެ މުސްތަގުބަލާ ގުޅޭގޮތުން، ކޮންމެ ދުވަހަކު އާ ވާހަކަތަކެއް މީޑިއާގައި ލިޔަމުން އަންނަ ކަމަށާއި އެކަންކަމަށް ނިމުމެއް އަންނާނީ ސަލާހު ދެން ބަަދަލުވާނެ ޓީމެއް ރަސްމީކޮށް އިއުލާނުކުރުމުން ކަމަށް ވެސް މުރާދު ވަނީ ބުނެފަ އެވެެ. 

"ކޮންމެ ޓީމަކަށް ސަލާހު ދިޔަސް އަހަރެމެން ސަޕޯޓްކުރާނަން. ވަރަށް އަވަހަށް ދެން ދާނެ ޓީމެއް ސަލާހު އިއުލާނުކުރާނެ،" ފޯފޯޓޫ އަށް ދިން އިންޓަވިއުއެއްގައި މުރާދު ބުންޏެވެ. 

ސަލާހު ވަނީ ލިވަޕޫލަށް ކުޅެދިން 435 މެޗުން 255 ގޯލު ޖަހައިފަ އެވެ. ސަލާހު، މަސައްކަތް ކުރަމުން އަންނަނީ ސީޒަން ނިމުމުގެ ކުރިން ފިޓްވެގެން އެނބުރި އައިސް އަދި އެއް މެޗު ލިވަޕޫލަށް ކުޅެދިނުމަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox