އީދު ބަންދުގައި އެމްއައިބީ ހުޅުވާނެ ވަގުތުތައް އިއުލާނުކޮށްފި
މި އަހަރުގެ އަޟުޙާ ޢީދު ބަންދުގައި ކަސްޓަމަރުންނަށް ޚިދުމަތް ދިނުމަށްޓަކައި، މި މަހުގެ 28 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 9:30 އިން މެންދުރުފަހު 13:30 އަށް އެމްއައިބީގެ ބްރާންޗުތައް ހުޅުވާނެކަން އެ ބޭންކުން އިޢުލާނުކޮށްފިއެވެ. ބޭންކު ބަންދު ދުވަސްތަކުގައިވެސް އޮންލައިންކޮށް އެކައުންޓް ހުޅުވުމާއި، ޓީޓީ ފޮނުވުމާއި، ފައިނޭންސިންގ އަށް އެދުމުގެ ޚިދުމަތް ޑިޖިޓަލް ޕްލެޓްފޯމްތައް މެދުވެރިކޮށް ލިބޭނެއެވެ.