އެމްއައިބީގެ އެސެޓް އެއް ބިލިއަން ޑޮލަރަށް އަރައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް: އެ ބޭންކުގެ އެސެޓް ވެލިއު އެއް ބިލިއަން ޑޮލަރަށް ވަނީ އަރާފައި -- ފޮޓޯ: އެމްއައިބީ

މޯލްޑިވްސް އިސްލާމިކް ބޭންކް: އެ ބޭންކުގެ އެސެޓް ވެލިއު އެއް ބިލިއަން ޑޮލަރަށް ވަނީ އަރާފައި -- ފޮޓޯ: އެމްއައިބީ

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ އެސެޓް ވެލިއު އެއް ބިލިއަން ޑޮލަރަށް އަރައި، އެ ބޭންކްގެ މާލީ ތާރީހުގައި ފާހަގަކޮށްލެވޭ ބޮޑު ކާމިޔާބީއެއް ހޯދައިފި އެވެ. 

ރާއްޖޭގައި އިސްލާމީ ބޭންކިންގެ ހިދުމަތް ތައާރަފުކުރި ފުރަތަމަ ބޭންކުގެ ގޮތުގައި މީގެ 15 އަހަރު ކުރިން މަސައްކަތް ފެށި އެމްއައިބީން މި ލަނޑުދަނޑި ހާސިލުކުރީ މިދިޔަ ތިން އަހަރުގެ ތެރޭގައި އެ ބޭންކުގެ ފައިދާ ތިން ގުނަ އިތުރުކޮށް، ކަސްޓަމަރުންގެ އަދަދު ދެގުނައަށް އިތުރު ކުރުމާއެކީގަ އެވެ. 

މި ކާމިޔާބީއާއެކު އެމްއައިބީ ދެ ލައްކަ ކަސްޓަމަރުންނާއެކު މިހާރު ވެފައިވަނީ ރާއްޖޭގެ ބޭންކިން ދާއިރާގައި ދެވަނައަށް އެންމެ ބޮޑު ބޭންކަށެވެ.

މިދިޔަ އަހަރުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އެ ބޭންކުގެ ޖުމްލަ އެސެޓް ވަނީ 16.65 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. މިއީ ރާއްޖޭގެ ބޭންކިން ނިޒާމުގެ ޖުމްލަ އެސެޓްގެ ގާތްގަނޑަކަށް 16 ޕަސަންޓެވެ. އަދި ކަސްޓަމަރުން ބޭންކުގައި ބަހައްޓާފައިވާ ޑިޕޮސިޓްގެ މިންވަރު 5.14 ބިލިއަން ރުފިޔާއިން 13 ބިލިއަން ރުފިޔާއަށް ވަނީ އުފުލިފަ އެވެ. މިއީ 153 ޕަސަންޓުގެ ކުރިއެރުމެކެވެ.

އެމްއައިބީގެ މި ހަލުވި ކުރިއެރުމުގެ ފަހަތުގައިވަނީ ބޭންކުން ގެންގުޅޭ ހަރުދަނާ އުސޫލުތަކާއި ޒަމާނީ ޓެކްނޮލޮޖީ ކަމަށް އެ ބޭންކުން ފާހަގަކުރެ އެވެ.

އެ ބޭންކުގެ އޮޕަރޭޓިން އިންކަމް 897 މިލިއަން ރުފިޔާއަށް އަރާފައިވާއިރު، ފީ އާއި ކޮމިޝަނުން ލިބޭ އާމްދަނީ ވަނީ 300 އިންސައްތައަށްވުރެ އިތުރުވެފަ އެވެ. ހަމައެއާއެކު، ބޭންކުގެ އެސެޓްތަކުގެ ފެންވަރު ހިފެހެއްޓުމުގައިވެސް ބޮޑު ކުރިއެރުމެއް ވަނީ ހޯދާފަ އެވެ. އެގޮތުން ނުދައްކާ ހުރި ފައިނޭންސިން ނުވަތަ އެންޕީއޭ ރޭޝިއޯ ވަނީ 4.59 ޕަސަންޓުން 2.97 ޕަސަންޓަށް ދަށްކުރެވިފަ އެވެ. 

ޑިޖިޓަލް ބޭންކިންގެ ދާއިރާއިން އެމްއައިބީން ވަނީ ރާއްޖޭގައި އިންގިލާބީ ބަދަލުތަކެއް ގެނެސްފައެވެ. އީ-ފާސް މެދުވެރިކޮށް ވަގުތުން އެކައުންޓް ހުޅުވޭ ހިދުމަތާއި، ފައިސާވިއާ ފަދަ ޒަމާނީ ވަސީލަތްތައް ތައާރަފުކުރުމުގެ ނަތީޖާއެއްގެ ގޮތުން، ބޭންކުގެ ކަސްޓަމަރުންގެ 90 ޕަސަންޓަށްވުރެ ގިނަ މީހުން މިހާރު ހިދުމަތް ހޯދަނީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށެވެ. 

ފައިނޭންސިންގެ ދާއިރާއަށް ބަލާއިރު، ކުރިން ހަމައެކަނި އާންމު ފަރުދުންނަށް ހާއްސަވެފައި އޮތް އޮތުން ބަދަލުކޮށް، ކޯޕަރޭޓް ފައިނޭންސިންގެ ދާއިރާއިން ބޭންކު ވަނީ ވަރަށް ބޮޑަށް ފުޅާވެފަ އެވެ.

މިގޮތުން އެމްއައިބީގެ ފައިނޭންސިން ޕޯޓްފޯލިއޯގެ 40 ޕަސަންޓަކީ ކޯޕަރޭޓް ދާއިރާ އެވެ. އޭގެ ތެރޭގައި ފަތުރުވެރިކަމާއި، އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ހިމެނެ އެވެ. ވަކިން ހާއްސަކޮށް ފަތުރުވެރިކަމުގެ ދާއިރާއަށް ދޫކުރި ފައިނޭންސިން ވަނީ 385 އިންސައްތަ އިތުރެވެ.

އެމްއައިބީގެ މި ކާމިޔާބީތައް ބައިނަލްއަގުވާމީ ފެންވަރުގައިވެސް ވަނީ ބަލައިގެންފައެވެ. އެގޮތުން މިދިޔަ އަހަރު އަހަރުގެ އައިއެފްއެފްއެސްއޭ އެވޯޑްސްގައި "އިސްލާމިކް ބޭންކް އޮފް ދަ ޑެކޭޑް" ގެ ޝަރަފުވެރި އެވޯޑާއި، އެންމެ މޮޅު ޑިޖިޓަލް ބޭންކިން އިސްނެގުމުގެ އެވޯޑް އެ ބޭންކަށް ވަނީ ލިބިފައެވެ.

އެމްއައިބީން ހޯދި ކާމިޔާބީއަކީ އިސްލާމީ ބޭންކިން ނިޒާމަކީ ކާމިޔާބު އަދި އިތުބާރު ހުރި ނިޒާމެއްކަން ސާބިތުކޮށްދިން ހެއްކެއް ކަމަށާއި ބޭންކުގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައިވެސް ޑިޖިޓަލް ވަސީލަތްތައް އިތުރަށް ފުޅާކޮށް، ރާއްޖޭގެ އިގްތިސާދީ ތަރައްގީގައި މުހިންމު ބައިވެރިއެއްގެ ގޮތުގައި ދެމިއޮތުން ކަމަށް އެ ބޭންކުން ބުންޏެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox